Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑްކަޕް 2022

ގަތަރުގައި ވޯލްޑްކަޕް ބާއްވަން 6 ގައުމަކުން ދެކޮޅުހަދައިފި

ދެކޮޅު ހަދާފައިވަނީ ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލި ގައުމުތަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 17 ޖުލައި 2017 | ހޯމަ 12:15
ގަތަރު 2022 ވޯލްޑްކަޕްގެ ލޯގޯ

ގަތަރު 2022 ވޯލްޑްކަޕްގެ ލޯގޯ

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް އެގައުމުގައި ނުބޭއްވުމަށް ހަ ގައުމަކުން ފީފާގައި އެދިއްޖެއެވެ.

ދުނިޔޭގެ ފުޓުބޯޅަ މައި އިދާރާ (ފީފާ) އިން ބުނެފައުވާ ގޮތުގައި އެއިދާރާއަށް މައްސަލަ ހުށަހަޅާފައިވަނީ ދާދި ފަހުން ގަތަރާ ގުޅުން ކަނޑާލާފައިވާ ހަ ގައުމުންނެވެ. އެއީ ސައުދީ އަރަބިއާ، ޔަމަން، އެކުވެރި އަރަބި އިމާރާތް، މޮރިޓޭނިއާ، މިސްރު، އަދި ބަހްރެއިންނެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ ވިދާޅުވެފައިވާ ގޮތުގައި، މި ގައުމުތަކުން ވަނީ ގަތަރަކީ ޓެރަރިޒަމްގެ އަމަލުތަށް ހައްދުފަހަނަ އަޅާމިންވަރަށް އޮތް ތަނެއް ކަމަށާއި، ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ނުރައްކާތެރި ތަނެއް ކަމަށް ބުނެފައެވެ. އެގޮތުން އެގައުމުތަކުން ވަނީ ގަތަރު ނޫން އެހެން ގައުމެއްގައި މުބާރާތް ބޭއްވުމަށް އެދިފައެވެ. ގަތަރުގައި މުބާރާތް ބާއްވާނަމަ މުބާރާތް ބޮއިކޮޓް ކުރާނެ ކަމަށް އެ ގައުމުތަކުން ބުނެފައިވާ ކަމަށްވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.

ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ ވޯލްޑްކަޕް މުބާރާތް ބާއްވަން ހަމަޖެހިފައިވާ ގައުމު ނޫން އެހެން ގައުމަކަށް މުބާރާތް ބަދަލުކުރުމުގެ ބާރު، ފީފާގެ ގަވައިދުގެ 85 ވަނަ މާއްދާގެ ދަށުން އެއިދާރާއަށް ލިބިގެންވެއެވެ. ނަމަވެސް ފީފާއިން މީގެ ކުރިން ބުނެފައިވާނީ، ގަތަރުގައި ޑިޕްލޮމެޓިކް މައްސަލަތަކެއް ހުރިނަމަވެސް އެއީ އެއިދާރާއިން ކަންބޮޑުވާން ޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެގައުމުގެ ހާލަތު އެއިދާރާއިން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ.

ގަތަރުން 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ބިޑް ކާމިޔާބުކުރުމަށް ކޮރަޕްޝަނުގެ އަމަލުތަކެއް ކޮށްފައިވާ ކަމަށްބުނާ ޑޮކިއުމެންޓް ރިޕޯޓްތަކެއްވެސް ދާދި ފަހުން ވަނީ އާންމު ވެގެން ގޮސްފައެވެ. އެ ރިޕޯޓްތަކުގައި ވާގޮތުން، ގަތަރުން ވަނީ ފީފާގެ އޭރުގެ އިސް ވެރިއެއްގެ ދަރިއެއްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައެވެ. އަދި އެގައުމުގެ ފުޓުބޯޅަ މައި އިދާރާގެ ޕްރައިވެޓް ޖެޓެއްގައި ފީފާގެ އިސް ވެރިންތަކެއްވަނީ ދަތުރުތަކެއްވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން

05 ޖޫން 2017
2022 ގައި ގަތަރުގައި އޮންނަ ވޯލްޑްކަޕަށް އަސަރެއް ކޮށްފާނެ ކަމާމެދު ފީފާއިން ސީދާ ޖަވާބެއް ނުދިން
09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
30 މާރިޗު 2017

މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް

30 މާރިޗު 2017
މަސައްކަތް މިކުރަނީ އަންނަ އަހަރުވެސް އޭވީސީ މުބާރާތް ރާއްޖޭގައި ބާއްވަން: ލަތީފް
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
25 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު