Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަން

ނާއިންސާފުން ފްލެޓުތައް ދޭން ނިންމި މީހުންނަށް ދައުވާ ކުރެވޭނެ: ފައްޔާޒު

6 މާރިޗު 2019 | ބުދަ 12:36

އެކަން ހިނގި ގޮތް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 މާރިޗު 2019 | ބުދަ 12:36
އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާއިންސާފުން ފްލެޓުތައް ދޭން ނިންމި މީހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ގަބޫލުފު ކުރައްވާ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ ޕްރޮގްރާމް"ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރު ޒިންމާދާރު ކުރުވުމަށް، އިދިކޮޅުގައި ތިބިގެން މައްސައްކަތް ކުރިއިރު، ސިޔާސީ ބޭނުމަށްޓަކާ ކޮރަޕްޝަން ހިންގާފައިވާތަން ފެނުނު ކަމަށެވެ. ހައްގުވެރި ފަރާތްތައް ތިއްބައި ހައްގު ނޫން ބަޔަކަށް، ފްލެޓް ދިން ކަން، ލިސްޓަށް ބެލުމުން އެނގޭ ކަމަށާއި ސަރުކާރުން އެކަން ހިނގި ގޮތް ބެލުމަށް ފަހު، ރައްޔިތުންނަށް އެކަން ކިޔައިދޭންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެކަންކަން ގެންގޮސްފައި އޮތީ ސިޔާސީ ބޭނުމަަށްޓަކާ ކޮރަޕްޝަން ހިމެނޭ ގޮތަށް. ކަނޑައެޅިގެން އެނގޭ ހައްގު ނޫން ފަރާތްތަކަށް ކަން ދީފައި އޮތީ. ހައްގުވެރި ފަރާތްތައް ތިއްބާ. އެބޭފުޅުން ނެރުއްވި ކްރައިޓީރިއާތަކުގެ ތެރެއިން، އެހެންވީމަ ދައުވާ ކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އަވަސް އަރުވާލައިގެން ފްލެޓްތައް ބަހައި ނިންމާލި މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔުން އަމާޒުވުމުން، އޭނާ ވިދާޅުވެފައި ވަނީ ފްލެޓްތައް ދީފައި ވަނީ ހައްގުވެރިންނަށް ކަމަށެވެ. ފްލެޓް ލިބުނު މީހުންގެ ނަންތައް އޭރުގެ ސަރުކާރުން އާންމު ނުކޮށް، ސިއްރު ކޮށްފައިވާއިރު، ޕޮއިންޓް ދިން ގޮތް ކިޔައިދޭން އޭރުގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

ނަމަވެސް ރައީސް ސޯލިހު އުފެއްދެވި ކޮމެޓީން އާންމު ކުރި ފްލެޓް ލިބުނު މީހުންގެ ލިސްޓުތަކުން އެނގޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ބައެއް މެމްބަރުންގެ އާއިލީ ގިނަ ބަޔަކަށް ފްލެޓް ދިންކަން ވަނީ ފަޅާއަރާފައެވެ. އެގޮތުން ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލްގެ އަނބިކަނބަލުންނާއި އެއްބަނޑުއެއްބަފާ ކޮއްކޮއިންނާއި އެ މީހުންގެ އަނބިންނާއި ފިރިން ހިމެނޭ ގޮތަށް 12 މީހަކަށް ފްލެޓް ވަނީ ދީފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް