Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

އީސީގެ މެމްބަރު ކަމަށް ހަބީބް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ރުހުން ދީފި

6 މާރިޗު 2019 | ބުދަ 08:54

ހަބީބަށް ލިބިވަޑައިގެންނެވީ 58 ވޯޓް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 6 މާރިޗު 2019 | ބުދަ 08:54
އިސްމާއިލް ހަބީބް

އިސްމާއިލް ހަބީބް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގައި ބުދަ ދުވަހު ނެގި ވޯޓުގައި ހަބީބަށް ލިބިވަޑައިގެންނެވީ 58 ވޯޓެވެ.

Advertisement - newsAdvertisement

އީސީގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތަކަށް ރުހުން ދިނުމުގެ މައްސަލަ އަންގާރަ ދުވަހު ވެސް ތާވަލްކުރި އެވެ. ނަމަވެސް ވޯޓަށް ނާހައި އެ ޖަލްސާ ނިންމާލާފައި ވަނީ އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، ހަބީބަށް އެންމެ މަތިން މާސް ލިބިވަޑައިގެންނެވި ކޮމެޓީ ރިޕޯޓާ މެދު، އެމްޑީޕީން ސުވާލު އުފެއްދުމުނެވެ. އެމްޑީޕީން ބުނެފައިވަނީ އެ ރިޕޯޓަކީ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށެވެ. ނަމަވެސް ބުދަ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ އެ ރިޕޯޓްގައި އެއްވެސް މަައްސަލައެއް ނެތް ކަމަށް ވިދާޅުވެ ކޮމިޓީގެ މުގައްރިރު ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލި 16 މީހުން މަޖިލީހަށް ހާޒިރުކޮށް އިންޓަވިއު ކުރީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. ހަބީބަށް ލިބިވަޑައިގެންނެވީ 90.28 ޕަސެންޓް މާކުހެވެ. ދެ ވަނައަށް އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވީ ހ. އަމްސާވިލާ، އަހުމަދު މޫސާއަށެވެ. އޭނާއަށް ލިބިވަޑައިގެންނެވީ 75.57 ޕަސެންޓެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކަށް އިންޓަވިއުކުރުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކޮމެޓީ ރިޕޯޓުގައި ބުނެފައި ވަނީ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ރުހުން ދިނުމަށް އެކަށީގެންވާ ބޭފުޅުން ކަމަށެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ހަބީބާއި އަހުމަދު މޫސާއަށް އެކަންޏެވެ. އެ މަގަމަށް ކުރިމަތިލެއްވި އީސީގެ ކުރީގެ މެމްބަރު އަލީ މުހައްމަދު މަނިކަށް ލިބިވަޑައިގެންނެވީ 68.33 ޕަސެންޓް މާކްސްއެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލެެއްވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށް ފަހު، މާކްސް ދީފައި ވަނީ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ އާއި ލީޑާޝިޕާއި ނަޒާހަތްތެރިކަމަށް ބެލުމަށްފަހުގައެވެ.

އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ މެމްބަރަކަށް މިހާރު ހުންނެވި އިސްމާއިލް ހަބީބުގެ މަގާމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވާތީއެވެ.

ހަބީބް އަށް އެންމެ މަތިން މާކްސް ލިބުނު އިރު ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހަބީބް ހިމެނިވަޑައިގަންނަވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި މެމްބަރު ނަޝީދު އިއްނެވި ކަމަށް ބުނާ ކާރެއް އެކްސިޑެންޑް ވެއްޖެ
02 ފެބުރުއަރީ 2017

ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް

02 ފެބުރުއަރީ 2017
ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް