Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ ޚާއްސަ އޮޑިޓް: ކުރީގެ ފަސްޓް ލޭޑީ ފާތުންގެ މައިންބަފައިންގެ ހަނދާނުގައި އެޅި މިސްކިތަށް އެ ކުންފުނިން 2.5 މިލިއަން!

މަސްޖިދުލް ވާލިދައިންގެ ނަމުގައި  700 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭގޮތަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 މާރިޗު 2019 | އަންގާރަ 11:02
ފާތުމަގެ މައިންބަފައިންގެ ހަނދާނުގައި އިމާރަތްކުރި މިސްކިތް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ފާތުމަގެ މައިންބަފައިންގެ ހަނދާނުގައި އިމާރަތްކުރި މިސްކިތް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ހަދާނުގައި ހުޅުމާލޭ ރެހެންދި ސްކޫލް ކައިރީގައި އަޅާފައިވާ މިސްކިތަށް މޯލްޑިވް ގޭސްގެ ނަމުގައި 2.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މަސްޖިދުލް ވާލިދައިންގެ ނަމުގައި އިމާރާތްކުރި 700 މީހުންގެ ޖާގައިގެ މިސްކިތް ރައީސް ޔާމީން ހުޅުވައިދެއްވި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމް ވިދާޅުވީ މިސްކިތަށް ބޭނުންވާ ސާމާނު ގަނެފައި ވަނީ ގދ. ތިނަދޫގައި އެ ކުންފުނިން ހިންގި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނުގެ ނަމުގައި ކަމަށެވެ. އަދި ގޭސް ޕްލާންޓަށް ބޭނުންވާ ސާމާނު ތިނަދޫއަށް ގެންގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިނަދޫ ގޭސް ޕްލާންޓް ހަދައި އިމާރާތުގެ ނަމުގައި ނަގާފައިވާ ސާމާނުތައް ބަދަލުކޮށްފައި ވަނީ މިސްކިތް އެޅުމަށް ހުޅުމާލެ. 2.5 މިލިއަން ރުފިޔާއަށް ވުރެ އިތުރަށް އެތަނަށް ވަނީ މޯލްޑިވް ގޭހުގެ ނަމުގައި ޚަރަދު ކޮށްފައި. ލިޔެކިޔުންތަކާ އެކު ސާފު ހެކި އެބަހުރި،" ޝަޒައިލް ވިދާޅުވިއެވެ.

ތިނަދޫގައި ހަދާ ގޭސް ޕްލާންޓްގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. ޝަޒައިލް ވިދާޅުވީ އެ ކުންފުނިން ސީއެސްއާރުގެ ނަމުގައި ގިނަ ފަރާތްތަކަށް ފައިސާ ބޭރުވެފައި އެބަހުރި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރަކީ ފާތިމްތު އިބްރާހީމްގެ ގާތް ބޭފުޅެއް ކަމަށްވާ އަބްދުﷲ މައުމޫން (މާނު) އެވެ. ޝަޒައިލް ވިދާޅުވީ އެ ކުންފުނީގެ އަމަލީ މަސައްކަތްތަކުގައި އުޅުއްވީ މާނު ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ.

ހުޅުމާލޭގައި ފާތިމަތު އިބްރާހިމް އިމާރަތްކޮށްފައިވާ މިސްކިތް -- ފޮޓޯ: ޓުވިޓަރ

މޯލްޑިވް ގޭހުގެ ޚާއްސަ އޮޑިޓެއް ކުރިއަށްދާ އިރު އެތަނުގައި ހިންގާފައިވާ ޖަރީމާތައް އެނގިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އޮޑިޓް ނިމުނުހާ އަވަހަކަށް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެ އޮޑިޓްގެ ތެރެއިން އެ ކުންފުނީގެ މެނޭޖަރަކު ވަނީ މި ހަފްތާގައި ސަސްޕެންޑް ކޮށްފައެވެ.

މިސްކިތް އަޅަން މޯލްޑިވް ގޭހުން ހަރަދުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނަމާދުކުރައްވަނީ -- ފޮޓޯ: ޕީއެސްއެމް

ރައީސް ޔާމީންގެ ވެރިކަމުގައި އަނބިކަނބަލުންގެ ނަމުގައި ހުޅުމާލޭގައި ބޭއްވި ހިތާނީ ކޭމްޕަށް ވެސް މޯލްޑިވް ގޭހުގެ ނަމުގައި ޚަރަދުކުރި ކަމަށް ތުހުމަތުތައް ވަނީ ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތާނީ ކޭމްޕަށް މޯލްޑިވް ގޭހުން ފައިސާ ހޭދަ ކޮށްފައި ވަނީ އެންސްޕާގެ ނަމުގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ކެމްޕޭނުގައި މޯލްޑިވް ގޭހުން ބޮޑު ހޭދައެއް ކުރި ކަމުގެ ތުހުމަތު ވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ސަދަގާތު ފައުންޑޭޝަނުން، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދައްކާފައި ވަނީ ވެސް ދާދި ފަހުން ތަހުގީގު ފެށުމުން ކަން ވަނީ ހާމަވެފައެވެ. އެކަމަނާގެ ސަދަގާތު ފައުންޑޭޝަނުގެ ނަމުގައި ކާޑުގެ އިތުރުން ކަދުރާއި ޕެނެޑޯލު ފަދަ ތަކެތި ބަހާފައިވެއެވެ. މީގެ އިތުރުން ސައުދީ ސަރުކާރުން ރާއްޖެ އަށް ދިން ކަދުރު ވެސް އެ ފައުންޑޭޝަންގެ ނަމުގައި ބެހި މައްސަލައެއް ފެންމަތިވެފައި ވެއެވެ. އެކަންތައްތަކުގައި ކަރަޕްޝަންގެ ތުހުމަތުތަކެއް އެކަމަނާގެ މައްޗަށް ދަނީ ކުރެވެމުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު