Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެޗްއައިވީ

ދެވަނަ މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެކަމަށް ބެލެވިއްޖެ

މި ވަގުތުވެސް ދުނިޔޭގައި އެޗްއައިވީ ޖެހިފައިވާ 37 މިލިއަނެއްހާ މީހުން އެބަތިބި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 މާރިޗު 2019 | އަންގާރަ 15:39
2019 މާޗް 4 ހޯމަ ދުވަހު ޓިމޮތީ ރޭ ބްރައުން ފޮޓޯއަކަށް ހުއްޓިލައިގެން. އޭނާއަީ އެޗްއައިވީ ވައިރަސް ޖެހި ރަނގަޅުވީ ފުރަތަމަ މީހާ

2019 މާޗް 4 ހޯމަ ދުވަހު ޓިމޮތީ ރޭ ބްރައުން ފޮޓޯއަކަށް ހުއްޓިލައިގެން. އޭނާއަީ އެޗްއައިވީ ވައިރަސް ޖެހި ރަނގަޅުވީ ފުރަތަމަ މީހާ

ބޯން މެރޯ ސްޓެމް ސެލް ޓްރާންސް ޕްލާންޓް ކުރެވުނު ހިއުމަން އިމިއުނޯ ޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ހުރި މީހެއްގެ ގައިން ބަލީގެ އުނދަގޫ ނުފެނި ޒަމާންތަކެއް ވުމުން އޭނާއަކީ އެ ބަލިން ފަސޭހަވާ ދެވަނަ މީހާއަށް ވެދާނެކަމުގެ އުއްމީދު ލިބިއްޖެއެވެ.

ބަލިމީހާގެ ގައިން ބަލީގެ އަލާމާތެއް ނުފެނި 18 މަސް ވެފައިވާކަމަށް އިނގިރޭސި ވިލާތުގެ ސައިންސް ޖާނަލް ނޭޗަރގައި އަންގާރަ ދުވަހު ޝާއިއުކުރި ލިއުމުގައިވެއެވެ. ނަމަވެސް ބަލި މުޅިން ފަސޭހަވީކަމަށް ބުނަން އަވަސްކަމަށް އެ ޖާނަލްގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެންނަށް ވަޒަންކޮށްލެވޭނެ އެއްވެސް ވައިރަސްއެއް ނުފެނުނު. އަޅުގަނޑުމެންނަކަށް ވައިރަސްއެއް ނުފެނު" ބަލިމީހާއަށް ފަރުވާދިން ޓީމުގައި ދެވަނައަށް އިސްކޮށް ހުންނެވި އަދި އެޗްއައިވީ ބައޮލޮޖިސްޓެއްކަމަށްވާ ޕްރޮފެސަރ ރަވިންދްރަ ގުޕްތާ ވިދާޅުވިއެވެ.

މިހާތަނަށް އެޗްއައިވީ ޖެހިގެން ރަނގަޅުކުރެވިފައިވާކަމަށް ރެކޯޑްތަކުން ދައްކަނީ އެންމެ މީހެކެވެ. އެއީ މީގެ ބާރަ އަހަރުކުރިން ބޯން މެރޯ ސްޓެމް ސެލް ޓްރާންސް ޕްލާންޓްކޮށްގެން ރަނގަޅުކުރެވުނު ޖަރުމަނުގެ ރައްޔިތެކެވެ.

އޭނާއަށް ދެވުނު ފަރުވާ ދާއިމީ ގޮތެއްގައި ބޭނުންކުރަން ހުއްދަ ދެވުނު ނަމަވެސް އެ ފަރުވާ ނަކަލުކޮށްގެން މިހާތަނަށްވެސް އިތުރު މީހަކު ބަލިން ފަސޭހަވާގޮތްވެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

05 ޖޫން 2017

ލަންޑަންގައި ދިން ހަމަލާ: ދެމީހެއްގެ ނަން ފުލުހުން އާއްމުކޮށްފި

05 ޖޫން 2017
ލަންޑަންގައި ދިން ހަމަލާ: ދެމީހެއްގެ ނަން ފުލުހުން އާއްމުކޮށްފި
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާ: 34 މީހެއްގެ ހަށިގަނޑު ފެނިއްޖެ
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
29 މެއި 2017

އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ

29 މެއި 2017
އިންޑިއާ އިން ޒިކާ ވައިރަސް ފެނިއްޖެ
21 މެއި 2017

ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި

21 މެއި 2017
ހަމާސްގެ އަސްކަރީ ކޮމާންޑަރު މަރާލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޣައްޒާގެ ކޯޓަކުން މަރުގެ ހުކުމް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު