Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންޑަން ހަމަލާ

ލަންޑަންގައި ދިން ހަމަލާ: ދެމީހެއްގެ ނަން ފުލުހުން އާއްމުކޮށްފި

އެކަކީ އީސްޓް ލަންޑަންގައި އުޅެމުންދާތާ އެތައް އަހަރެއް ވެފައިވާ އުމުރުން 27 އަހަރުގެ ޚޫރަމް ބަޓް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 ޖޫން 2017 | ހޯމަ 22:44
ހަމަލާއަށްފަހު ހަ އަންހެނަކާއި ހަތަރު ފިރެހެނަކު ހައްޔަރުކޮށްގެން މިހާރުވެސްދަނީ ސުވާލު ކުރެވެމުން

ހަމަލާއަށްފަހު ހަ އަންހެނަކާއި ހަތަރު ފިރެހެނަކު ހައްޔަރުކޮށްގެން މިހާރުވެސްދަނީ ސުވާލު ކުރެވެމުން

ހޮނިހިރު ދުވަހުގެ ރޭ ލަންޑަންގައި ދިން ޓެރެރިސްޓް ހަމަލާގައި ބައިވެރިވި ދެމީހެއްގެ ނަން ފުލުހުން އާއްމުކޮށްފިއެވެ.

ނަންހާމަކުރި އެކަކީ އީސްޓް ލަންޑަންގައި އުޅެމުންދާތާ އެތައް އަހަރެއް ވެފައިވާ އުމުރުން 27 އަހަރުގެ ޚޫރަމް ބަޓްއެވެ.

ބާކިންގގައި އޭނާ ދިރިއުޅެމުން ދިޔައީ އަންހެނުންނާއި ކުދިންނާވެސް އެކުގައެވެ.

ދެވަނަ މީހެއްކަމަށް ފުލުހުން ބުނެފައިވަނީ އުމުރުން 30 އަހަރުގެ ރާޝިދް ރިދުއާނީއެވެ. މި ދެ މީހުންގެ އިތުރުން ހަމަލާގައި ބައިވެރިވި އެހެން ފިރެހެނަކުވެސް ފުލުހުންވަނީ ހަމަލާ ދިނުމާއެކު މަރާލާފައެވެ.

ހުދު ކުލައިގެ ވޭނެއްވަނީ ހޮނިހިރު ދުވަހު ލަންޑަނުގަޑިން 22:00 ހާއިރު ލަންޑަން ބްރިޖްގައި ކައިރިން ބާރަށް ދުއްވާފައި އައިސް ވެހިކަަލުން މީހުންގެ ގައިގައި ގަސްތުގައި ޖައްސާ އެތައް ބަޔަކަށްވަނީ އަނިޔާ ދީފައެވެ. އޭގެ ކުރިން އެ ވޭނުން ނުކުތް ތިން މީހަކުވަނީ ބޮރޯ މާކެޓް ކައިރީ މީހުންގެ ގަޔަށް ތޫނު އެއްޗެހިން ހަމަލާދީފައެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާވިސަސްއިން ބުނީ ޒަޚަމްވި މީހުންގެ ތެރެއިން 36 މީހަކު އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު 18 މީހެއްގެ ހާލަތު ނާޒުކު ކަމަށެވެ.

މެޓްރޮޕޮލިޓަން ފުލުހުން ބުނީ ބަޓް އަކީ ޕާކިސްތާނަށް އުފަން އިނގިރޭސި ރައްޔިތެއް ކަމަށާއި އަދި ރިދުއާނީ އަކީ ބާކިންގގައި ދިރިއުޅޭ މޮރޮކޯ-ލީބިޔާގެ ރައްޔިތެއްކަމަށެވެ.

އެސިސްޓެންޓް ކޮމާންޑަރ މާކް ރައުލީ ވިދާޅުވީ ބަޓްއާ ބެހޭގޮތުން މީގެ ދެ އަހަރު ކުރިން ތަހުގީގު ފެށުނު ކަމަށާއި ނަމަވެސް މި ހަމަލާ ރާވާފައިވާކަމުގެ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ"އެމީހުންނާ ބެހޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން" ކަމަށެވެ. "އަދި އިތުރު އެއްވެސް ބަޔަކު ނޫނީ މީހަކު އެމީހުންނަށް އެހީތެރިވެ ނޫނީ ހިތްވަރުދީފައި ވޭތޯ " ބަލަމުން ދާކަމަށެވެ.

ހަމަލާއަށްފަހު ހަ އަންހެނަކާއި ހަތަރު ފިރެހެނަކު ހައްޔަރުކޮށްގެން މިހާރުވެސްދަނީ ސުވާލު ކުރެވެމުން ކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު