Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯޅްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ރިފޯރމް ސިމްޕޯޒިއަމްގައި މިނިވަން މުއައްސަސާތަކުގެ ބައި ފަށައިފި

މިހާތަނަށް 14 ފޯރަމެއް ވަނީ ބާއްވާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 5 މާރިޗު 2019 | އަންގާރަ 07:10
އަންގާރަ ދުވަހު ބޭއްވި ޕޮލިސް ރިފޯރމް ސިމްޕޯޒިއަމްގެ ތެރެއިން

އަންގާރަ ދުވަހު ބޭއްވި ޕޮލިސް ރިފޯރމް ސިމްޕޯޒިއަމްގެ ތެރެއިން

ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ އިދާރާ ބައްޓަން ކުރުމަށް ބާއްވާ ޕޮލިސް ރިފޯރމް ސިމްޕޯޒިއަމްގައި މިނިވަން މުއައްސަސާތަކުގެ ބައި ފަށައިފިއެވެ.

އެކަމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހިމަނާފައިވާ ކަމެއްކަމަށާއި އުއްމީދު ކުރައްވަނީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ މުއައްސަސާއަކަށް ފުލުހުން ވުން ކަމަށެވެ.

"އަޅުގަނޑުގެ ހިތުން މި މަސައްކަތުގައި ވެސް ކުރިއަށް އޮތް ފަސްއަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދުމުގައި ވެސް އެންމެ ހަރުދަނާކަމާ އެކު މަސައްކަތް ކުރެވޭ މުއައްސަސާއަކަށް މި މުއައްސަސާވުން. އަޅުގަނޑު އެ ދެނީ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނެއް ހެދި ގިނަ މުއައްސަސާތަކާ އެކީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން," އިމްރާން ވިދާޅުވިއެވެ.

އެކްޓިން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ މަދަނީ މުއައްސަސާއަކަށް ވީތާ 14 އަހަރު ވެފައިވާ ކަމަށާއި އެ 14 އަހަރުގެ ތެރޭގައި އިޖުތިމާއީ، ސިޔާސީ އަދި ގާނޫނީ ކަންތައްތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ފުލުހުންގެ ތެރޭގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަ ވާކަމަށާއި އެ ސިމްޕޯޒިއަމްއަކީ އެކަންތައްތައް ރަނގަޅުމަށް ފަށާފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަންތައް ކަމަށް ހަމީދު ވިދާޅުވިއެވެ.

"ޒަމާނީ ޑިމޮކްރަޓިކް ވެއްޓެއްގައި ފުލުހުން މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ވަނީ ކުރިމަތި ވެފައި. އެގޮތުން ޑިމޮކްރަޓިކް ވެއްޓެއްގައި އަދި ބަދަލުވަމުން އަންނަ ކުށުގެ ވެއްޓެއްގައި ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރުމާއި ހައްގުތައް ރައްކާތެރިކޮށް ނެގެހެއްޓުމާ އެކު މަސައްކަތް ކުރުމުގެ ވައްޓަފާޅި ނުވަތަ ސިފަ އެންމެ އެކަށީގެންވާ ގޮތެއްގައި ނެތް ކަން ފާހަގަކުރެވޭ،" ހަމީދު ވިދާޅުވިއެވެ.

ޕޮލިސް ރިފޯރމް ސިމްޕޯޒިއަމް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މިހާތަނަށް 14 ފޯރަމެއް ބާއްވާފައިވާ އިރު މި ސިމްޕޯޒިއަމް ނިންމާލަނީ މި މަހުގެ 29 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އަންގާރަ ދުވަހު ބާއްވާ ފުލުހުންގެ ސިމްޕޯޒިއަމްގައި ހުށައެޅުންތައް ހުށައަޅާނީ އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)، ޖެންޑަރ މިނިސްޓްރީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ނެޝަނަލް އިންޓެގްރިޓީ ކަމިޝަން، ޓްރާޏްސްޕޭރެންސީ މޯލްޑިވްސް، ވިމެން އެންޑް ޗިލްޑްރެން އެންޖީއޯސް، އިމިގްރޭޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް، މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް، އައިސީޓީ ކޮމިއުނިޓީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު