Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލް

ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލް 2019 ވަނައަހަރުގެ 5 ވަނަ ޖަލްސާއަށް ވެސް އެޖެންޑާއެއް ނުކުރި

4 މާރިޗު 2019 | ހޯމަ 08:05

މިހާރު ކޮމެޓިގެ މުގައްރިރުކަން ކުރައްވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 4 މާރިޗު 2019 | ހޯމަ 08:05
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީސް | ޓްވިޓަރ

ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލު މިދިޔަ ހަފްތާގެ ހުރިހާ ޖަލްސާއެއްގައި އެޖެންޑާ ކުރުމަށް ފަހު 2019 ވަނަ އަހަރުގެ 5 ވަނަ ޖަލްސާއަށް އެޖެންޑާ ނުކޮށް ކޮމެޓީގައި ބާއްވައިފިއެވެ.

ބިލު ދިރާސާ ކުރި ކޮމިޓީން ނިންމާފައިނުވާ ކަންތައްތަކެއް ބިލްގައި ހިމެނޭ ކަމަށް ބުނެ އެ ބިލް އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ. އެ ދުވަހުގެ ޖަލްސާގައި 60 އަށް ވުރެ ގިނަ މެންބަރުން ތިއްބެވި ނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ އެ ބިލް ދިރާސާ ކުރި ކޮމިޓީގެ މައްސަލައެއް ފާހަގަކުރެވިގެން އެ މައްސަލަ ބަލަމުން ދާތީ އެ ބިލަށް ވޯޓަށް ނާހަން ރިޔާސަތުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މުގައްރިރުކަމުން ދުރުކުރުމުގެ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން ރޮޒެއިނާ ވަނީ ކޮމެޓީން އޭނާގެ ނަން ނަންގަވާފައެވެ. އެގޮތުން އެމްޑީޕީން ވަނީ ރޮޒެއިނާގެ ބަދަލުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެކޮމެޓީއަށް އައްޔަން ކުރައްވާފައެވެ. މިހާރު ކޮމެޓީގެ މުގައްރިރު ކަން ކުރައްވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.

ރޮޒައިނާ ވަނީ ރިޔާސަތުން ފާހަގަކުރީ ދޮގު ވާހަކަތަކެއް ކަމަށާއި ކޮމިޓީން ނުނިންމާ އެއްވެސް ކަމެއް އެ ބިލްގައި ނުހިމެނޭނެ ކަމަށް މީގެކުރިން ވިދާޅުވެފައެވެ. އަދި ވޯޓަށް ނޭހުމަށް ނިންމީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށާއި އެ ގޮތަށް އަމަލުނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ . އެ ބިލް ފާސްކުރަން ބޭނުން ނުވަނީ މަރުތަކާއި ކޮރަޕްޝަންގެ ކަންކަމުގައި ބައިވެރިވާ ބަޔަކު މަޖިލީހުގައި ތިބުމުން ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލު ފާސްކުރަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އަދި މިދިޔަ ހަފުތާގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން ވެސް 43 މެންބަރުން ހަމަނުވުމުން އެ ބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ. މެމްބަރުން ހާޒިރުނުވުމުގެ ސަބަބުން ތިން ދުވަހުގެ ޖަލްސާގައި ވެސް ބިލަށް ވޯޓަށް އެހިފައެއް ނުވެއެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު 47 އަށް އަރައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް