Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވާވޭގެ ސީއެފްއޯގެ މައްސަަލަ

ވާވޭގެ ސީއެފްއޯ މެންގް ކެނެޑާގެ ބޯޑަރ އެޖެންސީއާއި ފުލުހުންގެ މަައްޗަށް ދައުވާކުރަނީ

4 މާރިޗު 2019 | ހޯމަ 01:35

އެމެރިކާގެ އެދުމުގެ މަތިން މެންގް ހައްޔަރު ކުރީ ޑިސެމްބަރު 1ވަނަ ދުވަހު

އަމަން ހަލީމް
އަމަން ހަލީމް | 4 މާރިޗު 2019 | ހޯމަ 01:35
ވާވޭގެ ސީއެފްއޯ މެންގް ވަންޖޫ

ވާވޭގެ ސީއެފްއޯ މެންގް ވަންޖޫ

އެމެރިކާއިން އެދިގެން ކެނެޑާއިން ހައްޔަރު ކުރި ވާވޭގެ ސީއެފްއޯ މެންގް ވަންޖޫ، ކެނެޑާގެ ބޯޑަރ އެޖެންސީއާ ފުލުހުންގެ މައްޗަށް އޭނާ ގަވައިދާ ހިލާފަށް ހައްޔަރު ކުރި ކަމަށް ތުހުމަތުކޮށް، މަދަނީ ދައުވާކުރަން ނިންމައިފިއެވެ.

މެންގްގެ ވަކީލުން ބުނެފައިވަނީ ދައުވާކުރަން ނިންމީ އޭނާ ފާސްކޮށް ތަހުގީގު ހިންގީ ހައްޔަރު ކުރި ކަމުގެ މައުލޫމާތު ދިނުމުގެ ކުރިން ކަމަށް ވުމުން ކަމަށެވެ. އެމެރިކާގެ އެދުމުގެ މަތިން ޑިސެމްބަރު 1 ވަނަ ދުވަހު މެންގް ހައްޔަރުކުރީ ކެނެޑާގެ ވެންކޫވަރ އިންޓަނޭޝަނަލް އެއަރޕޯޓުންނެވެ.

ދައުވާ ކުރި ފޯމުގައި ހިމަނާފައިވާ މައުލޫމާތަށް ބަލާއިރު، އޭގައި ވަނީ ކެނެޑާގެ ކަސްޓަމްސް އެޖެންޓުން މެންގް ތަހުގީގު ކުރީ ކަސްޓަމްސްއިން އަބަދުވެސް ސުވާލުކުރާ އުސޫލުގެ ދަށުން ބުނެ ކަމަށެވެ. އޭނާ އަސްލު ހައްޔަރު ކުރި ސަބަބެއް ބަޔާން ކުރުމެއް ނެތި، އޭނާގެ ފޯނާއި ލެޕްޓޮޕް އަދި ޕާސްވޯޑުތައް ވެސް ކަސްޓަމްސް އެޖެންޓުން އަތުލި ކަމަށް ވެސް މެންގްގެ ދައުވާގައި ވެއެވެ.

މެންގް ހައްޔަރު ކުރި އަސްލު ސަބަބު އޭނާއަށް އަންގާފައިވަނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނަތާ ތިން ގަޑިއިރު ފަހުން ކަމަށް ވެސް ދައުވާގައި ވެއެވެ. އަދި އޭނާއަށް ލޯޔަރެއް އައްޔަނު ކުރުމުގެ ފުރުސަތު ދީފައި ވަނީ ވެސް ތިން ގަޑި ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.

ކަފާލާތުގެ ދަށުން ގޭބަންދުގައި ހުރި މެންގް އެމެރިކާގެ އެދުމާއި އެއް ގޮތަށް އެ ގައުމުގެ ކޯޓަށް ހާޒިރުކުރަން ފެނޭތޯ ބަލަން އަޑުއެހުމެއް ބާއްވަން ހަމަޖެހިފައިވަނީ މާރިޗު މަހުގެ 6 ވަނަ ދުވަހުގައެވެ. އެމެރިކާއިން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ އެ ގައުމުން އިރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިލާފަށް މަސައްކަތް ކުރި ކަމަށެވެ.

މެންގް ހައްޔަރު ކުރުމާއި ގުޅިގެން ކެނެޑާއާއި ޗައިނާގެ ގުޅުން ގޯސްވެފައިވާ އިރު، ކެނެޑާގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައިވަނީ އޭނާ ހައްޔަރު ކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި މި ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާއާއި އެކު ހެދޭ ވިޔަފާރި އެއްބަސްވުމެއްގެ ދަށުން މެންގް ދޫކޮށްލެވި ދާނެ ކަމަށް ވިދާޅުވެފައި ވުމުން މިކަމަށް ވަނީ އިތުރަށް ބާރު ލިބިފައެވެ.

ދުނިޔޭގެ މުއާސަލާތީ އާލާތްތައް އުފައްދާ އެއްމެ ބޮޑު އެއް ކުންފުނި ކަމުގައިވާ ވާވޭއަކީ ދުނިޔޭގެ 170 ގައުމެއްގައި ވިޔަފާރި ކުރަމުން އަންނަ ޗައިނާގެ ކުންފުންޏެކެވެ. ވާވޭއިން ދަނީ 2020ވަނަ އަހަރު ބޭނުންކުރަން ފަށަން ހަމަޖެހިފައިވާ 5ޖީ ނެޓްވޯކުތަކަށް ބޭނުންވާ ގިނަ އާލާތްތައް ވެސް އުފައްދަމުންނެވެ. ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި ވާވޭއިން ވަނީ ވާދަވެރި އެމެރިކާގެ އެޕަލް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ ސްމާޓް ފޯނު ބާޒާރުގެ ދެވަނަ ދަރަޖަ ހޯދާފައެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
26 އެޕްރީލު 2017

މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި

26 އެޕްރީލު 2017
މެކްސިކޯ ބޯޑަރުގެ ކަންތަކުގައި ޓްރަމްޕް ގޮތްދޫކުރައްވަން ނިންމަވައިފި
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
04 ފެބުރުއަރީ 2017

ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް

04 ފެބުރުއަރީ 2017
ކެނެޑާގެ މުސްލިމުން ތިބީ ބިރުގެންފައި އަދި ހިތްތައް ވަނީ ކުދިކުދި ވެފައި: ނެޝަނަލް ކައުންސިލް އޮފް ކެނޭޑިއަން މުސްލިމްސް
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް