Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އެހެން ފަރާތްތަކުން މަޖިލީހަށް ވަޑައިގަންނަވާ ސަބަބު ރައްޔިތުންނަށް ސާފެއް ނޫން: އެމްޑީޕީ

ސިޔާސަތުތަކެއް ދެއްކީ ހަމައެކަނި އެމްޑީޕީން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މާރިޗު 2019 | އާދީއްތަ 08:01
އެމްޑީޕީން މަޖިލިސް 19 އަށް ތައްޔާރުވަނީ

އެމްޑީޕީން މަޖިލިސް 19 އަށް ތައްޔާރުވަނީ

އެހެން ސިޔާސީ ޕާރޓީތަކުންނާއި، އަމިއްލަ ފަރާތްތަކުން މަޖިލީހަށް ކުރިމަތިލައްވާ ސަބަބު ސާފު ނުވާ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ސިޔާސަތުތަކާއި ވައުދުތަކަކާ އެކު މަޖިލީހަށް ކުރިމަތިލައްވާފައި ވަނީ ހަމައެކަނި އެމްޑީޕީން ކަމަށާއި، އެހެން ފަރާތްތަކުން މަޖިލީހަށް ވަޑައިގަންނަވަން ބޭނުންވާ ސަބަބު ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ.

"އަޅުގަނޑުމެން ސާފުކޮށްލަން ބޭނުންވޭ އެހެން ޕާރޓީތަކުން އެހެން ފަރާތްތަކުން މަޖިލީހަށް ވަޑައިގަންނަވަނީ ކީއްކުރައްވަން ކަން. އަދިވެސް ސިޔާސަތުތަކެއް ހުށައަޅާފަ، އޯރގަނައިޒްޑް ސިޔާސީ ހަރަކާތްތައް ނޫނީ އިންތިޒާމު ކުރެވިގެން ސިޔާސީ ހަރަކާތެއް މި ހިންގާތަން މި ފެންނަނީ އެމްޑީޕީން. އެމްޑީޕީން އެޖެންޑާ 19 ގެ ދަށުން އަޅުގަނޑުމެން ހުށައަޅާ ކަންތައްތަކުގެ ތެރެއިން ސަރރުކާރުގެ ވައުދުތައް ފުއްދުމާ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ޤާނޫނީ ބާރު ހޯދުމަށް މި މަސައްކަތް ކުރަނީ އެމްޑީޕީން،" އަފްޝަން ވިިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، ރައީސްގެ ވައުދުފުޅުތައް ފުއްދުމަަށްޓަކައި މަޖިލީހަށް އެމްޑީޕީގެ މެޖޯރިޓީ ބޭނުންވާކަން ސާފުވެއްޖެ ކަމަށާއި، ކޯލިޝަނެއްގެ ތެރެއިން އައި ސަރުކާރެއްގެ ވައުދުތައް ފުއްދަން، ކޯލިޝަންގެ މެމްބަރުންގެ އެއްބާރުލުން ބޭނުންވި ނަމަވެސް އެކަން ނުވާ ކަމަށެވެ. އަދި، މަޖިލީހަށް ކޯލިޝަންގެ މެޖޯރިޓީ ލިބިފައިވި ނަމަވެސް އެކަމުން ވާ ފައިދާއެއް ނޯންނަ ކަމަށާއި، ރައްޔިތުންނާ ނުހަނު ގުޅުން ހުރި ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލް ފާސްނުވުމަކީ ހިތާމަހުރި ކަމެއް ކަމަށް އަފްޝަން ވަނީ ވިދާޅުވެފައެވެ.

އަފްޝަން އެހެން ވިދާޅުވެފައިވާއިރު, ރައީސް ސޯލިހުގެ މުހިއްމު ވައުދުފުޅެއް ކަމަށްވާ، ގޮތް ނޭނގޭ މަރުތަކާއި، ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލް ތިން ފަހަރަށް އެޖެންޑާ ކޮށްގެން ވެސް ވޯޓަށް އަހާ މިންވަރަށް މެމްބަރުން ހަމަ ނުވުމުގެ ސަބަބުން އެ ބިލަށް ވޯޓަށް ނާހައި ވަނީ ފަސްކޮށްފައެވެ. އަދި 4 ވަނަ ފަހަރަށް އެޖެންޑާ ކުރުމުން ބިލު ދިރާސާކުރި ކޮމިޓީން ނިންމާފައިނުވާ ކަންތައްތަކެއް އޭގައި ހިމެނޭ ކަމަށް ބުނެ އެ ބިލް އަނބުރާ ވަނީ ކޮމިޓީއަށް ފޮނުވާލާފައެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
10 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު

10 ފެބުރުއަރީ 2017
ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނަމަ އެކަން ހުއްޓުވާނަން: ރިޔާޒު
09 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު

09 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރެވޭނެ، ކެރިވަޑައިގަންނަވާ ނަމަ ރައީސް ޔާމީން ވާދަކުރައްވާ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު