Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލުއިލޯނު

ދިގު މުއްދަތުގައި ފައިސާ ދައްކާ ގޮތަށް ގެދޮރު އަޅަން ލޯނު ލިބޭނެ: ނަޝީދު

2 މާރިޗު 2019 | ހޮނިހިރު 18:03

އެޖެންޑާ 19 އަކީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދައި ދިނުމުގެ މެދުވެރިއެއް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 2 މާރިޗު 2019 | ހޮނިހިރު 18:03
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީސް 19 ވެގެންދާނީ އެ މަޖިލީހުން ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ގެދޮރު އެޅުމަށް ރައްޔިތުންނަށް ލުއި ލޯނު ލިބޭނެ މަގުފަހިކޮށްދޭނެ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބާރަށު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާފައިވާ އަހުމަދު އަބްދުﷲގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބޭނުންތައް އެތައް ގޮތަކުން ފުއްދައިދޭނެ މަޖިލީހެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ލުއި ލޯނުތައް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ރައްޔިތުން ދަނޑުތަކުގައި ހައްދާ މޭވާއާއި ތަރުކާރީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ގަންނާނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމާއި ތައުލީމާއި ވަޒީފާގެ ފަހި ފުރުސަތުތައް ރައްޔިތުންނަށް ހޯދައި ދިނުން ހިމެނޭ ކަމަށެވެ.

" އަޅުގަނޑަށް ވުރެން މާރަނގަޅަށް ތިޔަބޭފުޅުންނަށް އެނގޭނެ ގެއެއް އަޅަން ކުރަންޖެހޭ މަސައްކަތްތައް. ގެވަޅެއް ލިބުނީމަ ފުރަތަމަ އަހަރު ފައުންޑޭޝަން ދަމާލާނެ. ދެން އަންނަ އަހަރު ކޮންމެވެސް ވަރަކަށް ފާރުތައް ރާނާލާނެ. ދެން އަންނަ އަހަރު ހިޔާކުރާނެ. ދެން އަންނަ ރޯދައަށް އިރުމަތީ ބިތުގައި ސިމެންތި ޖަހާލެވިދާނެ. އަނެއް އަހަރު ދޮރުތައް ބަހައްޓާނެ. ގެއެއް އަޅާނިމޭއިރު އާދައިގެ ކައިވެންޏެއް މިއޮންނަނީ މެދުޖެހިފަ. ހަގީގަތުގައި ގެއަކާއި އެކު ރީތިކޮށް ދިރިއުޅުމުގެ ފުރުސަތު އަޅުގަނޑުމެންނަށް މިއޮންނަނީ ނުލިބިފަ. އެޖެންޑާ 19 ތިޔަ ބޭފުޅުންނަށް ކޮށްދޭނެ އެއްކަމަކީ ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ގެދޮރު އެޅުމަށްޓަކައި ލުއި ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދިނުން." ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 އަކީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދައި ދިނުމުގެ މެދުވެރިއަކަށް ވެގެންދާނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ހުރިހާ ވައުދުތަކަކީ ވެސް އިލްމީ އަންދާޒާ ތަކަށް ފަހު ވެފައިވާ ވައުދު ތަކެއް ކަމަށާއި އެއީ ހަމަ ތިބެލާފައި ވެފައިވާ ވައުދު ތަކެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް