Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ ކައުންސިލް

މީޑިއާ ކައުންސިލުން ހުސްވި މެމްބަރު ކަމުގެ މަގާމަށް ނާއިފް އިންތިހާބުކޮށްފި

2 މާރިޗު 2019 | ހޮނިހިރު 11:31

ނާއިފަށް ލިބިވަޑައިގެންނެވީ 63 ވޯޓު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 2 މާރިޗު 2019 | ހޮނިހިރު 11:31
މީޑިއާ ކައުންސިލްގެ މެމްބަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ނާއިފު (ވ) ވޯޓުލަނީ: އޭނާ އިންތިހާބުވެވަޑައިގެންނެވީ 63 ވޯޓުން

މީޑިއާ ކައުންސިލްގެ މެމްބަރު ހޮވުމަށް ބޭއްވި އިންތިހާބުގައި ނާއިފު (ވ) ވޯޓުލަނީ: އޭނާ އިންތިހާބުވެވަޑައިގެންނެވީ 63 ވޯޓުން

މީޑިއާތަކަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް "އަވަސް އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފް އިންތިހާބު ކޮށްފިއެވެ.

ނާއިފު އެމްއެމްސީގެ މެމްބަރު ކަމުގެ މަގާމަށް އިންތިހާބު ކުރީ، އެ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި "ނޫނު އިންފޯ"އިން ވާދަ ކުރި އަހުމަދު ނައުޝާދާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި 85 މީޑިއާގެ ތެރެއިން، ނާއިފަށް ލިބިވަޑައިގެންނެވީ 63 ވޯޓެވެ. ނައުޝާދަށް ލިބިވަޑައިގެންނެވީ ނުވަ ވޯޓެވެ.

Advertisement - newsAdvertisement

ނޫސްވެރިކަމުގައި މެދުނުކެނޑި، އަށް އަަހަރު މަސައްކަތް ކުރަމުންދާ ނާއިފު ވަނީ ސަން އޮންލައިންނާއި ހަވީރު ނޫހުގެ އިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ އަމިއްލަ ރޭޑިއޯ ސްޓޭޝަން ދިއެފްއެމްގައި ވެސް މަސައްކަތް ކޮށްފައެވެ.

މީޑިއާ ކައުންސިލު އިންތިހާބުގައި ވާދަ ކުރެއްވި ދެ ކެންޑިޑޭޓުން-- ފޮޓޯ/ އަވަސް

މީޑިއާ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރީ އެ ކައުންސިލްގެ މެމްބަރު ކަމުގައި ހުންނެވި، ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފްގެ މެމްބަރުކަމުގެ ދައުރު ހަމަވުމުންނެވެ. މީޑިއާ ކައުންސިލްގައި ތިއްބަވަނީ 15 މެމްބަރުންނެވެ. އެއީ މީޑިއާތައް ތަމްސީލު ކުރާ އަށް މެމްބަރުންނާއި އާންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިހާބު ކުރާ ހަތް މެމްބަރުންނެވެ.

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކަށެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ އާއި އޮންލައިން މީޑިއާތަކުގެ އަދަދަކީ 108 އެކެވެ. އަދި ޓީވީ އާއި ރޭޑިއޯ ސްޓޭޝަން ހިމެނޭ ގޮތަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ 37 ފަރާތަކަށް ދީފައިވެއެވެ.

އެތަންތަނާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމުގެ ހައްގު، ގާނޫނުން ދީފައި ވަނީ މީޑިއާ ކައުންސިލަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް