Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުހަބީބު ބޭންކު

ހަބީބު ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފަސްއަހަރު ވަންދެން ހުއްޓިފައިވާ އެކައުންޓުތައް ބަންދުކުރަނީ

13 ފަރާތެއްގެ އެކައުންޓުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 2 މާރިޗު 2019 | ހޮނިހިރު 07:55
ހަބީބް ބޭންކް

ހަބީބް ބޭންކް

ހަބީބް ބޭންކްގައި ހުޅުވާއިފައިވާ އެކައުންޓްތަކުގެ ތެރެއިން ފަސް އަހަރު ވަންދެން އެއްވެސް މުއަމާލާތެއް ކޮށްފައިނުވާ އެކައުންޓުތަކުގެ ވެރިފަރާތުން ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ބޭންކަށް ހާޒިރުވެ، އެކައުންޓް އަލުން އޮޕަރޭޓްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ނުކޮށްފި ނަމަ، އެ އެކައުންޓުތަކުގައި ހުރި ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ހަވާލުކުރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ހަބީބް ބޭންކުން ނެރެފައިވާ ނޯޓިސްގައި ބުނީ އެ ބޭންކްގެ މާލޭ ބްރާންޗްގެ ރެކޯޑްތައް ދައްކާ ގޮތުން 31 ޑިސެމްބަރ 2018 ވަނަ ދުވަހާ ހަމައަށް ހިނގައިދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ބޭންކްގައި ހުޅުވާފައިވާ 13 ފަރާތެއްގެ އެކައުންޓުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ ކަމަށެވެ.

އެގޮތުން، ވެރިފަރާތްތަކުން ބޭންކަށް އެއްވެސް ލިޔެކިއުމެއް ފޮނުވާފައި ނުވިނަމަވެސް، އެ ފަރާތްތަކުން ބޭންކަށް ލިބިފައިވާ އެންމެ ފަހުގެ އެޑްރެހަށް އެ އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ބޭންކުން ގަވާއިދުން ފޮނުވާފައިވާ ކަމަށެވެ.

ހަބީބް ބޭންކުން ބުނީ ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ރަޖިސްޓްރީ ޕޯސްޓުގެ ޛަރިއްޔާއިން 10 ޖަނަވަރީގައި ކަމާ ގުޅޭ ގޮތުން ވަކިވަކިން ސިޓީ ފޮނުވައި، ސިޓީ ފޮނުވި ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި، މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑު/ޕާސްޕޯޓު ހިފައިގެން ބޭންކަށް ޙާޟިރުވުމަށް އަންގާފައިވާ ކަމަށެވެ.

އެއީ، އެފަރާތްތަކުގެ އެންމެ ފަހުގެ އިރުޝާދުތަކާ އެއްގޮތަށް ބޭންކުން އަމަލުކުރުމަށް ކަމަށާއި، ނަމަވެސް އެމުއްދަތުގެ ތެރޭގައި އެއިން ފަރާތަކުން ބޭންކަށް ހާޒިރުވެފައި ނުވާތީ އާއި އެންގުމެއް ވެސް އަންގާފައިނުވާ ކަމަށެވެ. އަދި އެ ނޯޓިސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި، މުއްދަތު ހަމަނުވާ އައިޑެންޓިޓީ ކާޑު/ޕާސްޕޯޓު ހިފައިގެން ބޭންކަށް ހާޒިރުވެ، ބޭންކުގައި ހުޅުވާފައިވާ އެކައުންޓް އަލުން އޮޕަރޭޓްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން އެދޭ ކަމަށެވެ.

ނަމަވެސް 60 ދުވަހުގެ މުއްދަތުގެ ތެރޭގައި އެއިން ފަރާތެއްގެ ކިބައިން އެއްވެސް އިރުޝާދެއް ބޭންކަށް ނުލިބިއްޖެ ނަމަ، އެފަރާތްތަކުގެ އެކައުންޓްތައް ބަންދުކޮށް، ހުރިހާ ޗެކުތަކާއި ބޭންކަށް ދީފައިވާ އެހެނިހެން އިރުޝާދުތައް ކެންސަލުކުރެވޭނެ ކަމަށެވެ. އަދި އެކައުންޓް ބަންދުކުރުމަށް ފަހު، ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމުގެ ގޮތުން، އެއެކައުންޓްތަކުގައި ވާ ހުރިހާ ފައިސާ އެމްއެމްއޭ އަށް ފޮނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2022

އެސްއޯއީތަކުގެ ތެރެއިން އާމްދަނީގެ އެންމެ ބޮޑު ކުރިއެރުން އެސްޓީއޯއަށް

23 އޮކްޓޯބަރު 2022
އެސްއޯއީތަކުގެ ތެރެއިން އާމްދަނީގެ އެންމެ ބޮޑު ކުރިއެރުން އެސްޓީއޯއަށް
24 އޮކްޓޯބަރު 2021

މިއަހަރު އިއުލާނުކުރި ރިސޯޓުތަކުގެ ތެރެއިން ކުއްޔަށް ދޫކުރެވުނީ އެންމެ ރިސޯޓެއް: ފިނޭންސް

24 އޮކްޓޯބަރު 2021
މިއަހަރު އިއުލާނުކުރި ރިސޯޓުތަކުގެ ތެރެއިން ކުއްޔަށް ދޫކުރެވުނީ އެންމެ ރިސޯޓެއް: ފިނޭންސް
13 އޯގަސްޓު 2021

ޓެކްސް ދައްކާ މީހުންގެ ހައްގުތައް ނުގެއްލޭގޮތަށް، ޤާނޫނީ އިމުގެ ތެރެއިން މަޢުލޫމާތު ބަދަލުކުރެވޭނެ އެއްބަސްވުމެއްގައި މީރާއިން ސޮއިކޮށްފި

13 އޯގަސްޓު 2021
ޓެކްސް ދައްކާ މީހުންގެ ހައްގުތައް ނުގެއްލޭގޮތަށް، ޤާނޫނީ އިމުގެ ތެރެއިން މަޢުލޫމާތު ބަދަލުކުރެވޭނެ އެއްބަސްވުމެއްގައި މީރާއިން ސޮއިކޮށްފި
12 ޖޫން 2021

ޖޫން 17އާ ހަމަޔަށް ބޭންކުގައި މަސައްކަތް ކުރާނެ ގަޑިތައް އާންމުކޮށްފި

12 ޖޫން 2021
ޖޫން 17އާ ހަމަޔަށް ބޭންކުގައި މަސައްކަތް ކުރާނެ ގަޑިތައް އާންމުކޮށްފި
12 ޑިސެމްބަރު 2019

އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަނުގެ ތެރެއިން ހުރިހާ ސާމާނަކުން ބޮޑެތި ޑިސްކައުންޓު!

12 ޑިސެމްބަރު 2019
އެމްޓީސީސީ ކަށަވަރު ޕްރޮމޯޝަނުގެ ތެރެއިން ހުރިހާ ސާމާނަކުން ބޮޑެތި ޑިސްކައުންޓު!
16 އޮކްޓޯބަރު 2019

ފަންނު އެކްސްޕޯގެ ތެރެއިން ރަން ފަސް ވަނަ ހޮވާ، އެއް މިލިއަން ރުފިޔާގެ ލޯނެއް

16 އޮކްޓޯބަރު 2019
ފަންނު އެކްސްޕޯގެ ތެރެއިން ރަން ފަސް ވަނަ ހޮވާ، އެއް މިލިއަން ރުފިޔާގެ ލޯނެއް
27 ފެބުރުއަރީ 2019

އެޑިއުކޭޝަން އެކްސްޕޯގެ ތެރެއިން 4 ސެމިނަރ ކުރިއަށްދާނެ: އަސަރީ ސާރވިސަސް

27 ފެބުރުއަރީ 2019
އެޑިއުކޭޝަން އެކްސްޕޯގެ ތެރެއިން 4 ސެމިނަރ ކުރިއަށްދާނެ: އަސަރީ ސާރވިސަސް
06 އޯގަސްޓު 2018

އީދު ބަންދުގެ ތެރެއިން މިމަހުގެ 22 ގައި އެމްއެމްއޭއާއި ބޭންކްތައް ހުޅުވާނެ

06 އޯގަސްޓު 2018
އީދު ބަންދުގެ ތެރެއިން މިމަހުގެ 22 ގައި އެމްއެމްއޭއާއި ބޭންކްތައް ހުޅުވާނެ
04 މެއި 2018

އެފްއެންޑްބީ ޝޯ ތެރެއިން ޔޫއެޗްބީއޭ އިން ޕްރޮޑަކްޓުތަކެއް ލޯންޗުކޮށްފި

04 މެއި 2018
އެފްއެންޑްބީ ޝޯ ތެރެއިން ޔޫއެޗްބީއޭ އިން ޕްރޮޑަކްޓުތަކެއް ލޯންޗުކޮށްފި
19 ޖެނުއަރީ 2018

އަތޮޅުތެރޭގެ ވިޔަފާރިތަކުގެ ތެރެއިން ޓެކްސް ނުދައްކާ ފަރާތްތައް އާންމުކޮށްފި

19 ޖެނުއަރީ 2018
އަތޮޅުތެރޭގެ ވިޔަފާރިތަކުގެ ތެރެއިން ޓެކްސް ނުދައްކާ ފަރާތްތައް އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު