Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކުންފުނިތަކުގެ މާލީ ހާލަތު

އެސްއޯއީތަކުގެ ތެރެއިން އާމްދަނީގެ އެންމެ ބޮޑު ކުރިއެރުން އެސްޓީއޯއަށް

އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވަނީ ތެލުން ލިބުނު އާމްދަނީ އިތުރުވުމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2022 | އާދީއްތަ 13:13
އެސްޓީއޯ

އެސްޓީއޯ

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުގެ ތެރެއިން ފާއިތުވި އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑަށް އާމްދަނީ އިތުރުވެފައިވާ ކުންފުންޏަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ކާމަކޮށްފައިވަނީ އެ އިދާރާއިން އާންމުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ ރިވިއު ރިޕޯޓުގައެވެ. މި ރިޕޯޓު އެކުލަވާލާފައިވަނީ ކުންފުނިތަކުގެ އާމްދަނީއާއި، ފައިދާގެ އިތުރުން ލިކުއިޑިޓީ ހާލަތުގެ މައްޗަށެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ހާލަތަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ މި ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އެސްޓީއޯއަށެވެ. އެ ކުންފުންޏަށް 4،041،839،000 (ހަތަރު ބިލިއަން ސާޅީސްއެއްމިލިއަން އަށްލައްކަ ތިރީސްނުވަހާސް) ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. އެއީ ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެއްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 2,155,646,645 (ދެބިލިއަން ސަތޭކަ ފަންސާސްފަސްމިލިއަން ހަލައްކަ ސާޅީސްހަހާސް ހަސަތޭކަ ސާޅީސްފަހެއް) ރުފިޔާގެ އާމްދަނީއެކެވެ. އެހެންކަމުން މިއަހަރު ލިބުނު އާމްދަނީ 1.88 ބިލިއަން ރުފިޔާއިން އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

މި ކުއާޓަރުގައި އެސްޓީއޯއަށް ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެޔޮ ވިއްކައިގެން ރަނގަޅު އާމްދަނީއެއް ލިބިފައިވާތީކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީގެ ކުރިއެރުމެއް ލިބިފައިވަނީ އެމްއޭސީއެލްއަށެވެ. ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްއަށް ލިބިފައިވަނީ 1,696,470,000 (އެއްބިލިއަން ހަސަތޭކަ ނުވަދިހަ ހަމިލިއަން ހަތަރުލައްކަ ހަތްދިހަހާސް) ރުފިޔާގެ އާމްދަނީއެކެވެ. 2021 ގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 1,047,648,000 (އެއްބިލިއަން ސާޅީސް ހަތްމިލިއަން ހަލައްކަ ސާޅީސްއަށްހާސް) ރުފިޔާގެ އާމްދަނީއެކެވެ. މިއަހަރު 648 މިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އާމްދަނީ އިތުރުވެފައިވާ ތިންވަނަ ކުންފުންޏެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އެވެ. އެކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ 314 މިލިއަން ރުފިޔާއިން އިތުރުވެފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކުންފުނިތަކަށް ލިބުނު ފައިދާއަށް ބަލާއިރު ކުއާޓަރުގައިޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ކުރިއެރުން އެންމެ ބޮޑަށް ލިބިފައިވަނީ އެމްއޭސީއެލްއަށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްއޭސީއެލްއަށް 667,556,000 (ހަސަތޭކަ ފަސްދޮޅަސްހަތްމިލިއަން ފަސްލައްކަ ފަންސާސްހަހާސް) ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު ފައިދާ ވަނީ 1,086,008,000 (އެއްބިލިއަން އަށްޑިހަ ހަމިލިއަން އަށްހާސް) ރުފިޔާއަށް އަރާފައެވެ. މިއީ 63 އިންސައްތައިގެ ކުރިއެރުމެއްކަމަށް ފިނޭންސުން ހާމަކުރެއެވެ. އެއީ 1.08 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެވަރޭޖުކޮށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 36 އިންސައްތައިން ކުރިއަރާފައިވާކަމަށެވެ. ސާފު ފައިދާއަށް ބަލާއިރުވެސް ކުންފުނިތަކުން 66 އިންސައްތައިގެ ކުރިއެރުން ހޯދާފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017
ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

ކޮޓަރިތައް ފުރާނެ ގޮތެއް ނެތި ރިސޯޓުތަކުގެ ވެރިން ކަންބޮޑުވެފައި

19 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު