Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަންނު އެކްސްޕޯ

ފަންނު އެކްސްޕޯގެ ތެރެއިން ރަން ފަސް ވަނަ ހޮވާ، އެއް މިލިއަން ރުފިޔާގެ ލޯނެއް

16 އޮކްޓޯބަރު 2019 | ބުދަ 07:01

މި އެކްސްޕޯ ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 22 އިން 28 އަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޮކްޓޯބަރު 2019 | ބުދަ 07:01
ނައިބު ރައީސް ފައިސަލް ނަސީމް \"ފަންނު އެކްސްޕޯ 2019\" ލޯންޗުކޮށްދެއްވަނީ

ނައިބު ރައީސް ފައިސަލް ނަސީމް \"ފަންނު އެކްސްޕޯ 2019\" ލޯންޗުކޮށްދެއްވަނީ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމުކޮށްގެން ބޭއްވުމަށް ނިންމާފައިވާ ފަންނު އެކްސްޕޯގެ ތެރެއިން އެންމެ މޮޅު ފަސް ވަނަ ހޮވާ، ކޮންމެ ފަރާތަކަށް އެއް މިލިއަން ރުފިޔާގެ ލޯނެއް ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އެ މިނިސްޓްރީން ބުނީ އެ ލޯންތައް ދިނުމަށް ހަމަޖެހިފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރތަކަށް ހާއްސަކޮށްފައިވާ ބޭންކް އެސްޑީއެފްސީ އިން ކަމަށާއި އެކްސްޕޯގެ އެންމެ ފަހުގެ ތައްޔާރީތަކަށް ބަލާއިރު މިހާރު ކުރިއަށްދާ މަސައްކަތަކީ ވަނަތަކަށް ވާދަކުރާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިގަތުން ކަމަށެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް ހުށަހެޅުންތައް ބަލައިގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފަންނު އެކްސްޕޯ މިއަހަރުގެ ސެޕްޓެމްބަރު މަހު ލޯންޗުކޮށްފައިވާއިރު މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި ކަލާފާނު ސްކޫލާއި ކުޑަކުދިންގެ ބަގީޗާގައެވެ.

މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނެ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މަޢުރަޒެކެވެ.

މި މަޢުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުން ހިމެނެއެވެ.

ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކުގެ އިތުރުން ފެޝަން އެންޑް ޑިޒައިނިންގ އާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އުފެއްދުންތައް މި މައުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

03 ޖުލައި 2017

ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި

03 ޖުލައި 2017
ކޮންޓްރޯލެއް ނެތި އިންޑިއާއިން ރާއްޖެއަށް ކާޑު އެތެރެކުރަން ފަށައިފި
14 ޖޫން 2017

އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި

14 ޖޫން 2017
އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި
12 ޖޫން 2017

ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި

12 ޖޫން 2017
ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް އަދި ގާޑިޔާތަށް ކުއްޔަށް ދޫކުރަން ނިންމައިފި
11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
06 އެޕްރީލު 2017

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

06 އެޕްރީލު 2017
އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
28 ފެބުރުއަރީ 2017

އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

28 ފެބުރުއަރީ 2017
އައްޑޫ އިންވެސްޓާސް ފޯރަމް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް