Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާގެ ޕައިލެތް މިނިވަންކުރުން

އިންޑިއާގެ ޕައިލެޓް ޕާކިސްތާނުން މިނިވަންކޮށްފި

2 މާރިޗު 2019 | ހޮނިހިރު 04:12

ޕައިލެޓް ހަވާލުކުރީ ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގައި އޮންނަ ވާގާ ބޯޑަރު ކްރޮސިންގ ސަރަހައްދުން

އަމަން ހަލީމް
އަމަން ހަލީމް | 2 މާރިޗު 2019 | ހޮނިހިރު 04:12
ޕައިލެޓް ގޮވައިގެން ދިޔަ އިންޑިއާ ސިފައިންގެ ގާފިލާ

ޕައިލެޓް ގޮވައިގެން ދިޔަ އިންޑިއާ ސިފައިންގެ ގާފިލާ

ޕާކިސްތަނުން ހައްޔަރުކުރި އިންޑިއަން އެއަރ ފޯސްގެ ވިންގް ކޮމާންޑަރު އަބީނަންދަން ވަރްތަމަން މިނިވަންކުރުމަށް ފަހު އިންޑިއާއާ ހަވާލުކޮށްފިއެވެ.

ޕާކިސްތާނުން ހުކުރު ދުވަހުގެ ރޭ އިންޑިއާގެ ޕައިލެޓް ހަވާލުކުރީ ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގުގައި އޮންނަ ވާގާ ބޯޑަރު ކްރޮސިންގ ސަރަހައްދުންނެވެ. އޭނާ އިންޑިއާ އަށް އެތެރެވުމާ އެކު އެ ގައުމުގެ ސިފައިން ވަނީ އެ ސަރަހައްދުން އޭނާ ގެންގޮސްފައެވެ. ޕައިލެޓު ގެންދިޔައީ މެޑިކަލް ޗެކްއަޕެއް ހެދުމަށް ކަމަށް އިންޑިއާ ސިފައިން ވަނީ މައުލޫމާތު ދީފައެވެ.

ޕައިލެޓު ދޫކޮށްލާ މަންޒަރު ބަލަން އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް އެއްވިއެވެ. މެންދުރުން ފެށިގެން އެއްވި މީހުން ވަނީ ޕައިލެޓު އައުމުގެ އުފާ ފާޅުކުރުމުގެ ގޮތުން އެ ސަރަހައްދުގައި އިންޑިއާ ދިދަ ހިފައިގެން ތިބެ ބެރު ޖަހާ ނަށާފައެވެ.

ޕައިލެޓް މިނިވަންވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެ، އޭނާ ކުރި ހިތްވަރަށް މުޅި ގައުމު ފަހުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

ސުލްހައިގެ އަތެއް ދިއްކޮށްލުމުގެ ރަމްޒެއްގެ ގޮތުން ޕައިލެޓް މިނިވަން ކުރަން ނިންމެވީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނެވެ. ނަމަވެސް އޭނާގެ އެ އަމަލު ބަލައިގަތުމުގެ ބަދަލުގައި އިންޑިއާ ސަރުކާރުން ވަނީ އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި ވަރަކުން ނުފުދޭ ކަމަށް ބުނެ، އިންޑިއާ ސަރުކާރުން ވަނީ ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމްކުރުމަށް ޕާކިސްތާނުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ބުނެފައެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާ އިން ވަނީ މި ހަމަލާ ދިން ޖައޭޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތްދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
13 މެއި 2017

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
06 މާރިޗު 2017

ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ

06 މާރިޗު 2017
ތުރުކީއަށް ވެއްޓުނު ޖެޓަކުން ޕައިލެޓް ދިރި ހުއްޓާ ފެނިއްޖެ
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް