Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީއަކީ ގޮތުގައި ތިބޭ ބައެއް، އަމާޒުން ކައްސާލާ ބައެއް ނޫން: ރައީސް ނަޝީދު

ގޮއިދޫއާއި ހުޅުލެ ދަތުރު ފަތުރުގެ ނިޒާމުން ގުޅުވާލަންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2019 | ބުރާސްފަތި 10:14
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންނަށް ކޮށްދޭ ވެރިކަމަކީ ސާފުވާން ޖެހޭ އެއްޗެއް ކަމަށާއި އެމްޑީޕީއަކީ ގޮތުގައި ތިބޭ ބަޔަކަށް ވެފައި، އަމާޒުން ކައްސާލާ ބައެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާއިން ވާދަކުރައްވާ ހިސާން ހުސެއިންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވުމަށް ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ގޮއިދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ކޮށްދޭ ވެރިކަމަކީ ސާފުވާން ޖެހޭއިރު، އެ ވެރިކަމަކީ ގިނަ ޕާޓީ އެކުލެވޭ ރިޔާސީ ނިޒާމެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން އެމްޑީޕީއަކީ އަބަދުވެސް ގޮތުގައި އޮންނަ ޕާޓީއެއް ކަމަށާއި އަމާޒުން ކައްސާލާ ބައެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް ލިބޭ ތަރައްޤީއަކީ ލިބޭ އާމްދަނީ އިތުރުވުން ކަމަށާއި، ގައުމީ އުފެއްދުން ތެރިކަމަކީ ތިމާއަށް ލިބޭ ތަރައްޤީއަށްވާއިރު މިތަރައްޤީގެ އަސްލަކީ ސަރުކާރު އެކީގައި އާއިލާއެއްގެ ފަހަތުގައި ތިބުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމެއްގެ ތަރައްޤީ ލިބެނީ ވަކި ހާއްސަ ކަންތައްތައް ވަކި އިރެއްގައި ލިބިގެން ކަމަށްވާއިރު، އެޖެންޑާ 19 ރައްޔިތުންނަށް މި ގެނެސްދެނީ އެކަންތައްތައް ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަނީ އެމްޑީޕީން ކަމަށެވެ.

ދިވެހިންނަށް އައިސްފައިވާ ބަދަލު އަބަދުވެސް އެމްޑީޕީއަށް އެނގޭ ކަމަށާއި އެގޮތުން ގޮއިދޫގެ ތަރައްޤީއަށް ކުރަން ހުރި ކަންކަން އޮޅުން ފިލުވާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ރައްޔިތުންގެ ބޭނުންތައް އެމްޑީޕީއަށް ނޯޅޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އިންތިހާބަކާއި ދިމާކޮށް އެމްޑީޕީން އަބަދުވެސް ރައްޔިތުންގެ ގާތަށް ގޮސް އެރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ އޮޅުން ފިލުވާ ކަމަށާއި އެހެންކަމުން ގޮއިދޫގެ ރައްޔިތުންނަށް ބޭނުންވަނީ ފެނާއި ނަރުދާމާގެ ނިޒާމްގެ ޚިދުމަތް ކަމަށްވާއިރު، އެޖެންޑާ 19 ރައްޔިތުންނަށް މިގެނެސްދެނީ މިފަދަ ޙިދުމަތްތައް ރައްޔިތުންނަށް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ގެސްޓް ހައުސްގެ ވިޔަފާރި ފުޅާވެގެންދާއިރު، ރަށަށް ގިނަ ގުނަ ތަރައްޤީ ލިބިގެންދާނެ ކަމަށާއި މިވިޔަފާރި ފުޅާކުރުމަށް ގޮއިދޫއާއި ހުޅުލެއާއި ދެމެދު ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވެން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގެސްޓް ހައުސްތަކަކީ މެދު އާމްދަނީގެ ތަންތަން ކަމަށްވާއިރު މިތަންތަނަށް ފަތުރުވެރިން އައިސް ފުރާލުމަކީ އެމްޑީޕީގެ ވިސްނުން ކަމަށްވާއިރު ރާއްޖެ މަޑުމަޑުން މިއަންނަނީ ކުރިއަށް ކަމަށް އެޖެންޑާ 19 އަކީ ތަރައްޤީގެ ވަސީލަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެކަނިވެރި މައިންނަށް އެއްޗެއް ދެވުނު. ސްކޫލު ކުދިންނަށް ފޮތް ފަންސުރު ދެވުނު، ބޭސްފަރުވާގެ ޙިދުމަތް ދެވުނު. ކޮންމެވެސް ވަރެއްގެ ބޯހިޔާވަހިކަމެއް ދެވުނު. 2008 ވަނަ އަހަރު ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ދެވުނު. ސަރުކާރުގެ އާމްދަނީއެއް ބޮޑު ބަދަލެއް ގެނައުމުން. މިއީ އެއް ނޫން ރައްޔިތުންނަށް އޮތް މިންވަރަކީ. ތަނަވަސް ރަނގަޅު ދިރިއުޅެއް ހޯދައިދޭން ޖެހޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އެޖެންޑާ 19 އާއި އެކު އެ މަޖިލިސް ވެގެންދާނީ ވަގުން ހިފާ މަޖިލީހަކަށް ކަމަށާއި އެމްޑީޕީގެ އައުލަބިއްޔަތު އެމްޑީޕީއަށް ދޭން ޖެހޭ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު