Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފަލަ ސުރުޚީ

އަޅުގަނޑަކީ ސިސްޓަމެއް ނޫން، އަޅުގަނޑު ސިސްޓަމެއް ގާއިމް ކުރާނަން: ޝިދާތާ

27 ފެބުރުއަރީ 2019 | ބުދަ 20:13

ކޮންމެ ދުވަހަކު އަންހެނުން ބާރުވެރިކުރުވުމުގެ އެކި މަސައްކަތްތައް ކުރަން

އަމްނާ އިމާދު
އަމްނާ އިމާދު | 27 ފެބުރުއަރީ 2019 | ބުދަ 20:13
ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

ފަސް އަހަރުގެ ދައުރު ފުރިހަމަ ވެގެންދާއިރު، އަންހެނުން ބާރުވެރިކުރުވުމުގެ ''ސިސްޓަމެއް'' ގާއިމް ކުރާނެ ކަމަށް ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް އަންހެނުން ބާރުވެރިކުރުވުމުގެ އެކި މަސައްކަތްތައް ކުރާ ކަމަށާއި، ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު، މި މަސައްކަތްތަކުގެ ނަތީޖާ ފެންނާނެ ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމުގެ ސިސްޓަމެއް ގާއިމް ކުރާނެ ކަމަށާއި، ފަސް އަހަރުގެ ދައުރު ނިންމުމަށްފަހު ވެސް، އެސިސްޓަމްގެ ތެރެއިން މަސައްކަތް ކުރިއަށްދާ ގޮތް ދެކެން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑެއް ނޫން ސިސްޓަމަކީ. އަޅުގަނޑު ބަލާނަން ސިސްޓަމެއް ގާއިމް ކުރެވޭތޯ. އަޅުގަނޑު ނެތް ދުވަހަކުން ވެސް ދެކެން ބޭނުން އޭރުގަ އަޅުގަނޑު ގެނެސްފަ ހުރި ބަދަލުތައް ނަތީޖާގެ ގޮތުން މިއަދުވެސް މިކަންކަމަކީ ހިނގަހިނގާ ކަންކަން ގޮތުގައި ފެނިގެންދާން." ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އެކިއެކި އޯޑިއަންސްއަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށެވެ.

ޝީދާތާ ވިދާޅުވީ ތައުލީމީ ދާއިރާގެ އިތުރުން މަސައްކަތުގެ ދާއިރާތަކުގައި އަންހެނުން ވަރަށް ޕްރޮގްރެސިވް ކަމަށެވެ. ނަމަވެސް އަދިވެސް އަންހެންނުން ކުރިމަތިވާ ތަފާތު މައްސަލަތަކުގެ ތެރެއިން އަޅާނުލާ ދޫކޮށްލާ ބައެއް މައްސަލަތައް އެބަ ހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ޝިދާތާ ވިދާޅުވީ އެކި ދާއިރާތަކުން އަންހެނުން ކުރިއަރަމުން އަންނައިރު، އަދިވެސް އެތައް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށާއި، ވަރަށް ބޮޑަށް އަންހެނަކަށް ވީތީ ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ.

އެގޮތުން އިގްތިސާދީ ދާއިރާގައި އަންހެނުންނަށް ފިރިހެނުންނާއި، އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރަން އުދަނގޫވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިވެފައިވާ ނިސްބަތަށް ބަލާއިރު، ދިވެހިރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއް. އެކަމަކު ޓޫރިޒަމް ސެކްޓަރތައް ތެރޭގައި އެވިޔަފާރި އޯނާޝިޕް އޮންނާނީ ކިތައް އަންހެނުންތޯ؟ އަޅުގަނޑުމެންގެ ފަޅުރަށްތައް ބެހިފައި އޮންނަނީ. އެފަޅު ރަށްރަތަކުގެ އޯނަރޝިޕް އޮންނަނީ ކިތައް އަންހެނުންތޯ؟އެހެންވީމަ އަޅުގަނޑުމެންގެ ގުދަތުރަތީ ވަސީލަތްތައް ބެހެމުން ގޮސްފައިވާއިރު ވެސް އަޅުގަނޑުމެންނަށް ނުފެނޭ އީކުއަލް ޑިސްޓިބިއުޝަންއެއް." މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިދާތާ ވިދާޅުވީ ސިޔާސީ ގޮތުން ބާރުވެރިވުމާއި އިންތިޚާބުތަކުގަ ވާދަކުރުންފަދަ ކަންކަމަކީ ގުޅިލާމެހިފައި ހުންނަ ކަންކަން ކަމަށާއި، ފިރިހެނުން ގިނައިން މަޖިލިސް ފަދަ އިންތިޚާބީ މަގާމުތަކުގަ ތަމްސީލު ކުރަނީ އިއްތިފާގަކުން ނޫން ކަމަށެވެ. އަދި ގިނަ ފިރިހެނުންނަކީ އިގްތިސާދީ ގޮތުންނާއި، ފައިސާގެ ގޮތުން އެބާރުވެރި ބައެއް ކަމަށާއި، އެފަދަ ބާރުވެރިކަމެއް ގިނަ އަންހެނުންގެ ނެތް ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ މިފަދަ ކަންކަމަކީ ސިޔާސީ މައިދާނުގައި އަންހެނުން ކުރިއަށް ދިއުމަށް އެޅޭ ހުރަސްތައް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އަންހެނުން ފަސް ޕަސެންޓް ލިބުމުން އެތައް ވާހަކައެއް ކިޔައިދޭ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް