Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

ވޯޓް ކަރުދާހުގައި ކުރަހައިގެން އިންތިޚާބު ކާމިޔާބުކުރަން ނޫޅެން: އެމްޑީޕީ މެމްބަރުން

27 ފެބުރުއަރީ 2019 | ބުދަ 07:58

ޕީިޕީއެމްއިން ބަދަލުކުރި ގާނޫނު އަނެއްކާވެސް އިސްލާހުކުރަން ހަމަ އެ ޕާޓީން ހުށަހެޅުމުން އެމްޑީޕީން އެކަން ސިފަކުރީ ބޮޑު ޖޯކެއްގެ ގޮތުގައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 27 ފެބުރުއަރީ 2019 | ބުދަ 07:58
ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުންތައް

ރައްޔިތުންގެ މަޖިލިސް ޗެމްބަރުގައި މެމްބަރުންތައް

ވޯޓް ކަރުދާހުގައި ކުރަހައިގެން އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރާނެ ކަމެއް ނޫން ކަމުގައި ރައްޔިތުން މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ މެމްބަރުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ ވޯޓް ކަރުދާސްކޮޅުގައި ރަނގަޅު ފާހަގަ ފިޔަވާ އިތުރު ކުރެހުމެއް ނުކުރެހޭ ގޮތަށް އިންތިހާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އިދިކޮޅު ޕީޕީއެމް ހުށަހަޅާފައެވެ. މި އިސްލާހު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެމްބަރު ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޕީޕީއެމްއިން ސަރުކާރުގައި ވަނީ އެ ޕާޓީން އިންތިޚާބާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައެވެ. އޭރު ޕީޕީއެމް އިން ހުށަހެޅުއްވީ ރަނގަޅު ފާހަގަ ފިޔަވާ އިތުރު ފާހަގައެއް ޖެހިޔަސް ވޯޓް ކަރުދާސްކޮޅު ސައްހަވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެއް ގާނޫނެއް ދެ ފަހަރަށް ބަދަލުކުރުމަށް އެއް ޕާޓީއަކުން ހުށަހަޅެއްވުމާއި ގުޅިގެން އެކަން ބޮޑު އަރަތެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއީ ބޮޑު އަރަތެއް ކަމަށެވެ. އީވާ ވިދާޅުވީ ވޯޓް ކަރުދާހުގައި ކުރަހައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރަން އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެމްޑީޕީން ބޭނުންނުވާ ކަމަށެވެ. ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ގިނަ ދުވަސްވަންދެން ދިފާއުކުރައްވަމުން ގެންދަވާ އީވާ ވިދާޅުވީ އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނިކުތީ އެޖެންޑާ 19 ކާމިޔާބު ކުރަން ކަމަށެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ނިކުތީ ސިޔާސަތުތަކެއް އެކުލަވާލައިގެން އެ ސިޔާސަތުތައް ރައްޔިތުންނާއި ކުރިމަތިލައިގެން ރައްޔިތުންނަށް ބުނެދޭން ކަމަށެވެ. ރައްޔިތުންނާއި ގުޅުން ހުރި ސިޔާސަތުތަކަކާއި ގާނޫނުތަކާއި އެކު ނިކުމެ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ. އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ގާނޫނުތައް އެކުލަވާލައިގެން އެ ގާނޫނުތަކާއި އެކު ނިކުތީ ހަމައެކަނި ނިކުތް ސިޔާސީ ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. އެމްޑީޕީ އަކީ އިންތިޚާބާއި ބެހޭ ގާނޫނަށް ބަދަލު ގެނެސްގެން ބިރު ގަންނާނެ ޕާޓީއެއް ނޫންކަން އީވާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ވޯޓާއި ސާބިތުކަމާއެކު ކުރިމަތިލައިގެން ދިވެހިރައްޔިތުންގެ ޕާޓީ އަނެއްކާވެސް ކުރިމަތިލައިގެން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރާނެ. ޕީޕީއެމްއިން ކުރާނެ ކަމަކީ އެއްދުވަހަކު ސުޕްރީމް ކޯޓުން ހުކުމެއް ނެރޭނެ. އަނެއްދުވަހަކު ގާނޫނެއް ބަދަލުކޮށްލާނެ. އެމްޑީޕީން މި އުޅެނީ މި ކަހަލަ ޗަރުކޭސް ކުޅޭކަށް ނޫން " އީވާ ވިދާޅުވިއެވެ.

ވޯޓު ކަރުދާހުގައި އިތުރު ފާހަގަޖެހުމުން ވޯޓް ބާތިލް ކުރަން ޕީޕީއެމް އިން އިންތިޚާބާއި ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު ބޮޑު ޖޯކެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަފުޅު ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާ(ގަޕޯ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް، އިންތިޚާބުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅުމަކީ އެ ޕާޓީން ބިރު ގަންނާނެ ކަމެއް ނޫން ކަމަށެވެ. ޢަފޫރު ވިދާޅުވީ ވޯޓް ކަރުދާހުގައި ކުރަހައިގެން ވޯޓް ކާމިޔާބު ކުރުމަކީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަމެއް އެ ޕާޓީން ނުކުރާނެ ކަމަށެވެ.

އަޅުގަނޑުމެން އޭރުވެސް ބުނީ ވޯޓް ކަރުދާހުގައި ކުރެހިގެން ނުވާނޭ. މިހާރު ވެސް މި ބުނަނީ ވޯޓް ކަރުދާހުގައި ކުރެހިގެން ނުވާނޭ. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން މި ތިބީ ސާތިބުކަމާއެކު. އަޅުގަނޑުމެން ނާންގާނަން ސަރުކާރު މުވައްޒިފުންނަށް، ކުންފުނިތަކުގެ މުވައްޒިފުންނަށް ފާޑުފާޑުގެ އަކަ ކުރަހާ ހަނދު ފަޅި ކުރަހާ ހަދާކަށް " ޢަފޫރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ރޮޒައިނާ އާދަމް ވިދާޅުވީ ގަދަކަމުން ބިރު ދައްކައިގެން ވޯޓް ހޯދަން މަސައްކަތް ކުރުމަކީ އެ ޕާޓީން ދުވަހަކު ވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ.

އަޅުގަނޑުމެންނެއް ނޫޅެން ވޯޓް ކަރުދާސް ކޮޅުގައި ފާހަގަޖައްސައިގެން ވޯޓް ވަގަށް ނަގާކަށް. އަޅުގަނޑުމެން އަބަދު ވެސް ދައްކަމުން މިދާ ވާހަކައަކީ ވޯޓަކީ ރައްޔިތުން ހިތުން ރުހުމުންދޭ އެއްޗެކޭ. ވޯޓެއް ގަދަކަމަކުން ނުހޯދޭނެ" ރޮޒައިނާ ވިދާޅުވިއެވެ. ވޯޓު ކަރުދާހުގައި އިތުރު ފާހަގަ ނުވަތަ ކުރެހުމެއް ކުރަހައިފިނަމަ ވޯޓު ކަރުދާސް ބާތިލްވާނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަަކީ ރަނގަޅު ކަމެއްގެ ގޮތުގައި މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އިންތިހާބު ބޯމަތީގައި އޮތްވައި، އިންތިހާބުތަކާބެހޭ ގާނޫނުތަކަށް އިސްލާހުތައް ގެނައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް

08 ފެބުރުއަރީ 2017
އެމްޑީޕީގެ ސައިޒު ދައްކާލަން ވޯޓްލާން ނުކުންނަންޖެހޭ:ހަސަން ލަތީފް
06 ފެބުރުއަރީ 2017

އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ

06 ފެބުރުއަރީ 2017
އިންތިޚާބު ފަސްކުރާކަށް އިތުރު ފުރުސަތެއް ނުދޭނަން: ޑރ ޑީޑީ
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް