Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ - ޕާކިސްތާން

ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓެއް ވައްޓާލައިފި:އަސްކަރިއްޔާ

27 ފެބުރުއަރީ 2019 | ބުދަ 07:36

ޕާކިސްތާނުންވަނީ އިންޑިއާގެ ޕައިލެޓެއްވެސް ހައްޔަރުކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 ފެބުރުއަރީ 2019 | ބުދަ 07:36
އިންޑިއާއިން ބޭނުންކުރާ އަސްކަރީ މަތިންދާ ބޯޓް

އިންޑިއާއިން ބޭނުންކުރާ އަސްކަރީ މަތިންދާ ބޯޓް

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ޕާކިސްތާނުން ބުދަ ދުވަހު ވައިގެމަގުން ހަމަލާތަކެއްދީ އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި ޕައިލެޓަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާނުން ކަށަވަރު ކޮށްދީފިއެވެ.

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދީ އިން ވަކިކޮށްދޭ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދަށްވަދެ އަންގާރަ ދުވަހު އިންޑިއާއިންވަނީ އެ ސަރަހައްދުގައި ހަމަލާތަކެއް ދީފައެވެ.

"މިއަދު ޕާކިސްތާނުގެ ވައިގެ ސިފައިންވަނީ ލައިން އޮފް ކޮންޓްރޯލްގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ތެރޭގައި ވައިގެ މަގުން ހަމަލާތަކެއްދީފައި" ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުދަދުވަހު ނެރެފައިވާ ބަޔާނެއްގައިވެއެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ގަފޫރު އޭގެ ކުރިންވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ހަނގުރާމަތީ ދެ މަ ތިންދާބޯޓް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވައްޓާލައި ޕައިލެޓް ހައްޔަރު ކޮށްފައިވާކަމަށް ބުނެފައެވެ.

ޕާކިސްތާނުން އިންޑިއާގެ ބޯޓްތަކެއް ވައްޓާލިކަމުގެ ޚަބަރު އައިސްފައި މިވަނީ ޕާކިސްތާނުގެ ހަނގުރާމަތީ މަތިންދާބޯޓްތަކެއް ކަޝްމީރުގެ އިންޑިއާ ފަޅީގެ ވައިގެ ސަރަހައްދަށް ބުދަ ދުވަހު ވަނުމުން އިންޑިއާގެ ބޯޓުތަކުން އެ ބޯޓްތައް ހުއްޓުވާފައިވާ ކަމަށް އިންޑިއާއިން ބުނެފައި ވަނިކޮށެވެ.

އިންޑިއާއިން އަންގާރަ ދުވަހު ޕާކިސްތާނަށް ދިން ހަމަލާތަކަށް ފަހު ޕާކިސްތާނުން ރައްދު ހަމަލާދޭނެ ކަމަށް އިއުލާނުކުރުމާއެކު އިންޑިއާއިންވަނީ އެ ގައުމުގެ ހަތަރު އެއަރޕޯޓެއް މުއްދަތެއް ނެތްގޮތެއްގައި ބުދަދުވަހު ބަންދުކޮށްފައެވެ.

ބަންދު ކުރި އެއަރޕޯޓްތަކުގެ ތެރޭގައި ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ އެއަރޕޯޓް ހިމެނެއެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ ދެ މަތިންދާ ބޯޓެއް ކަޝްމީރަށް ވެއްޓި ދެ ޕައިލެޓުންނާއި އާއްމުންގެ ބަޔަކު މަރުވެފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ނަމަވެސް އިތުުރު ތަފްސީލެއް ނުލިބެއެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ހަށި ގޮއްވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާ ދިން ޖައީޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތް ދޭ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 މެއި 2017

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި
10 މެއި 2017

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ
09 މެއި 2017

މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ

09 މެއި 2017
މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ
02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
26 ޖެނުއަރީ 2017

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް