Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ބަޢާވާތެއް : އިންތި

އިންތިހާބީ ޤަވާއިދުތަކަށް ކުއްލި ބަދަލު ގެންނަވާތީ ފާޑުކިއުއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ފެބުރުއަރީ 2019 | ބުދަ 06:13
އިމްތިޔާޒު ފަހުމީ

އިމްތިޔާޒު ފަހުމީ

އިންތިހާބާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ބަޢާވާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ، އިންތިހާބުގެ ޤަވާއިދުތަކާއި އުސޫލުތަކަށް ކުއްލި ބަދަލުތައް ގެނައުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަކީ އެމްޑީޕީއަށް ގެއްލުން ދިނުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

"ސުޕްރީމް ކޯޓަކީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ސުމޯޓޯގެ ދަށުން ކިތައް ކަންތައްތައް ކުރެއްވި. ކިތައް ޤާނޫނު ކިތައް ބާބު، ކިތައް ގޮތަށް އަމިއްލައަށް އުފުއްލަވައިގެން ގޮސްފަ ބާތިލުކުރެއްވީ، ހަމަ މި ދެންނެވި ޤާނޫނު މިއޮއް ހުރިހާ ދުވަހެއްގައި އަބްދުﷲ ޔާމީނު އެކަންތައްތައް ހިންގެވިއިރުގަ އެބޭފުޅުންނަށް ވާގިވެރިވެދެއްވުމަށް ސުޕްރީމް ކޯޓު އޮންނަވާފަ މިއަދު އަޅުގަނޑުމެން ވާދަވެރި އިންތިހާބެއް ބާއްވާ ނިންމާލީމަ، އަޅުގަނޑުމެން ޕާޓީއަކީ ހަމައެކަނި ، ހަމައެކަނި މިރާއްޖޭގައި ވާދަވެރި ބޮޑު ނޭޝަން ވައިޑް ، ޤައުމީ ފެންވަރުގައި ޕްރައިމަރީއެއް ބާއްވާ ޕާޓީއަކީ، އަޅުގަނޑުމެން ބޭއްވީމައި އަޅުގަނޑުމެންގެ ޕާޓީއަށް އަމާޒުކޮށް އަޅުގަނޑުމެންގެ ޕާޓީއަށް ގެއްލުން ދިނުމަށްޓަކައި، ދެންހުރި ޕާޓީތަކަށް ވާގިވެރިވެ ދެއްވުމަށްޓަކައި ކޮށްލި ބޮޮޑު ޖަރީމާއެއް، ހިމޭން ބަޢާވާތެއް އެ ކުރެއްވީ، " އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ، އިންތިހާބުގެ ތާރީޚު ގާތްވެފައި ވަނިކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

" އަޅުގަނޑުމެންގެ ބޮޑު ކަންބޮޑުވުމަކީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް، އިންތިހާބު މެދުތެރެއިން އިންތިހާބާ ކުޅެން އުޅުން، އިންތިހާބުގެ ކަންކަމަށް އެގޮތް މިގޮތް ހަދަން އުޅުން، ވާއެއް ނުވާއެއް ނޭނގޭ ގޮތަށް ރައްޔިތުން އަންސާރޓެނިޓީއެއްގައި ބައިތިއްބަން އުޅުން، މިއީ އަޅުގަނޑުމެންގެ ޕާޓީގެ މައްސަލައަކީ، އަޅުގަނޑުމެން ޤަބޫލުކުރާ ހަމައެއް ނޫން އިންތިހާބެއް ބޯމަތިވެފައި ވަނިކޮށް އިންތިހާބުގެ ކަންކަމަށް އިތުރު ކުއްލި ބަދަލުތައް ގެނައުމަކީ، އެޝަކުވާ އަޅުގަނޑުމެން އަބަދު ވެސް ކުރަނީ" އިންތި ވިދާޅުވިއެވެ.

ޕްރައިމަރީގައި ބަލިވާ ފަރާތްތަކުން އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް 2013 ވަނަ އަހަރު ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށް ހޯމަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށާއި، އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރު ކުރައްވާ ކަމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވަނީ ސުޕްރީމް ކޯޓުން އިންތިހާބުތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު