Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން

މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުން ރިޝްވަތުގެ ކުށެއް ނުކުރުމަށް އިލްތިމާސްކޮށްފި

26 ފެބުރުއަރީ 2019 | އަންގާރަ 17:54

އިންތިޚާބުތަކާބެހޭ އާންމު ގާނޫނުއަށް އަމަލުކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ފެބުރުއަރީ 2019 | އަންގާރަ 17:54
އެންޓި ކޮރަޕްޝަން ކޮމިޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އިންތިޚާބަށް ކެންޕޭން ކުރަމުންދާ ފަރާތްތައް ރިޝްވަތުގެ ކުށެއް ނުވަތަ އެނޫން ވެސް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ހަ އޭޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ މަންދޫބުން އަދި ކެންޑިޑޭޓުންނަށް ތާއީދުކޮށް ކެންޕޭން ކުރަމުންދާ ފަރާތްތަކުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނުއަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.

Advertisement - newsAdvertisement

އޭސީސީން ބުނީ އިންތިޚާބާ ގުޅިގެން ހަރަދު ކުރެވޭނެ އެންމެ މަތީ މިންވަރަކީ އިންތިޚާބީ ދާއިރާއެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000 ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ އަދަދު ކަނޑައެޅި ބަޔާންވެފައިވީ ނަމަވެސް މި ފައިސާއަކީ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހަރަދު ކުރުމަށް ހުއްދަދީފައިވާ ފައިސާ ކަމާއި، އަދި އެ ފައިސާ ބޭނުން ކުރަންވާނީ އިންތިޚާބީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް ކަމަށެވެ. އަދި ގާނޫނު ހުއްދަ ނުކުރާ މިނޫން ބޭނުންތަކާއި، ވޯޓު ގަތުމަށާއި، ރިޝްވަތު ދިނުން ފަދަ ކަންކަމަށް ފައިސާ ބޭނުން ކުރުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 74 ވަނަ މާއްދާގެ (މ)ގެ ދަށުން އިންތިޚާބުތަކާ ގުޅިގެން ހުށަހެޅޭ ރިޝްވަތާ ގުޅޭ މައްސަލަތައް ބަލައި ތަހުގީގު ކުރުން އެ ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށާއި، އެފަދަ ކެންޑިޑޭޓުންނާއި ކެމްޕެއިންގައި އުޅޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އޭސީސީން ބުންޏެވެ.

މީގެ އިތުރުން އޭސީސީން ބުނީ 74 ވަނަ މާއްދާގެ (ހ)ގެ (11) ގައި އެއްވެސް އިންތިޚާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީވެ އެއްވެސް އެއްޗެއްގެ ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް ދިނުން އަދި މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށެވެ.

އަދި 74 ވަނަ މާއްދާގެ (ހ)ގެ (12) ގައި އިންތިޚާބަށް އިއުލާން ކުރާ ތާރީހުން ފެށިގެން އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާތާ 30 ދުވަހުގެ ނިޔަލަށް، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ނުވަތަ މި ނޫން ވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ މި އިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން ނުވަތަ މިފަދައިން އަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީ ވެސް ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭންއުޅުން ކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މިދުވަސްވަރަކީ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ދުވަސްވަރުކަން ފާހަގަ ކުރައްވައި އޭސީސީންގެ ބަޔާނުގައި ބުނެފައި ވަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެންޕޭންކުރަމުންދާ ފަރާތްތަކުން ނުވަތަ އެނޫން ފަރާތްތަކުން ވެސް އިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ނުވަތަ ނާޖާއިޒު ފައިދާ ހޯދުން ނުވަތަ ހޯދައިދިނުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުން، އަމިއްލަ ފައިދާ ލިބޭ ގޮތަށް ދައުލަތުގެ ތަކެތި ބޭނުން ކުރުން ހިންގުމަކީ ފިޔަވަޅު އެޅޭނެ ކަމެއް ކަމަށެވެ.

އެހެންކަމުން އިންތިޚާބުތަކާ ގުޅިގެން އިންތިޚާބުތަކާބެހޭ އާންމު ގާނޫނުއަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދި 12 ނަންބަރުގައި ބަޔާންކުރާފަދަ ރިޝްވަތުގެ ކުށެއް ނުވަތަ އެނޫން ވެސް ކޮރަޕްޝަންގެ އަމަލުތައް ނުހިންގުމަށް އިންތިޚާބުގައި ވާދަކުރާ ކުރާ ކެންޑިޑޭޓުންނަށްށާއި، އިންތިޚާބަށް ކެންޕޭން ކުރަމުންދާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް