Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއމިލިއާނޯ ސަލާ

އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ދުއްވަން އިން ޕައިލެޓްގެ ލައިސެންސާ ބެހޭ މައުލޫމާތު ހާމަކޮށްފި

26 ފެބުރުއަރީ 2019 | އަންގާރަ 15:56

ޑޭވިޑް އިބޮޓްސަންގެ ލައިސެންސްއަކީ "ކޯސްޓް ޝެއަރިން ބޭސިސް" ލައިސެންސެއް

މިއުނާ ހަސަން
މިއުނާ ހަސަން | 26 ފެބުރުއަރީ 2019 | އަންގާރަ 15:56
އެމިލިއާނޯ ސަލާ އާއި ޕައިލެޓް އިބޮޓްސަން

އެމިލިއާނޯ ސަލާ އާއި ޕައިލެޓް އިބޮޓްސަން

އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ދުއްވަން އިން ޕައިލެޓް ޑޭވިޑް އިބޮޓްސަންގެ ލައިސެންސްއަކީ "ކޯސްޓް ޝެއަރިން ބޭސިސް" ނުވަތަ ހަރަދު ދެ ފަރާތަށް ބަހާލެވިގެން ދަތުރު ކުރުން ހުއްދަ ލައިސެންސެއް ކަމަށް ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިބޮޓްސަން އަތުގައި އޮތީ ޕްރައިވެޓް ލައިސެންސެއް ކަމާއި، އެ ލައިސެންސް ހުއްދަ ކުރަނީ ހަމައެކަނި ޔޫރަޕްގެ އެތެރޭގެ އުދުހުންތަކަށެވެ. އަދި އެ ލައިސެންސް އޮންނަ ޕައިލެޓުން ދަތުރުކުރާނީ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ދަތުރަށް ދާ ހަރަދު ބަހާލައިގެން ކަމަށް ވެސް ވައިގެ އެކްސިޑެންޓްތައް ތަހުގީގުކުރާ އިދާރާ، އެއާ އެކްސިޑެންޓް އިންވެސްޓިގޭޝަން ބްރާންޗް (އޭ.އޭ.އައި.ބީ) އިން ހޯމަ ދުވަހު ވަނީ ބުނެފައެވެ.

އޭ.އޭ.އައި.ބީގެ ރިޕޯރޓް ބުނާ ގޮތުގައި ކާޑިފްސިޓީއަށް ބަދަލުވި ސަލާ އާއި އިބޮޓްސްންގެ މެދުގައި އެއްބަސްވެވުނީ ކިހިނެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ. މި ރިޕޯރޓްގައި އިތުރަށް ބުނެފައި ވަނީ އިބޮޓްސްން މީގެ ކުރިން ވެސް މިފަދަ ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ.

ޑޭވިޑް އިބޮޓްސަންގެ ލައިސެންސާއި، ލޮގްބޮކް މި ހާދިސާގައި ގެއްލިފައިވުމުން އެންމެ ފަހުން އިބޮޓްސަން ޖެޓު ދުއްވާފައިވާ މިންވަރު ބެލުމުގައި ދަތިތަކެއް ހުރި ކަމަށް އޭ.އޭ.އައި.ބީގެ ރިޕޯރޓްގައި ވެއެވެ.

ނިމިގެންދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ގެއްލުނު ޕައިޕާ މަލިބޫ ނަމަކަށް ކިއުނު މި ޖެޓް ފެނިފައި ވަނީ 13 ދުވަސް ފަހުންނެވެ.

މި ޖެޓް ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށްވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. އެހެން ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ޖެޓު ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.

ފްރާންސްގެ ނެންޓެސްއަށް ކުޅެމުން އައި ސަލާ، ލީގުގައި ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ކާޑިފް ރެލިގޭޝަނުން ސަލާމަތް ކުރުމަށް އެޓީމަށް ގެނެސްފައި ވަނީ މިދިޔަ ޖަނަވަރީ މަސްތެރޭގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލައިޓްގައި ކާޑިފް އަށް ސަލާ ދަތުރު ކުރަމުން ދިޔައީ އެ ޓީމާ ގުޅުމަށެވެ.

ޖެޓުން ދަތުރުކުރި އާރޖެންޓީނާގެ ފޯވާޑް އެ މިލިއާނޯސަލާގެ ހަށިގަނޑު ފެނިފައިވާއިރު، ޕައިލެޓު ފެނިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ކޮރަޕްޝަނުގެ ތުހުމަތުގައި ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެއްޖެ

03 އޯގަސްޓު 2017
ކޮރަޕްޝަނުގެ ތުހުމަތުގައި ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެއްޖެ
31 ޖުލައި 2017

އުުތުރު ކޮރެއާ މައްސަލާގައި އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ގޮވާނުލާނެ: އެމެރިކާ

31 ޖުލައި 2017
އުުތުރު ކޮރެއާ މައްސަލާގައި އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ގޮވާނުލާނެ: އެމެރިކާ
22 ޖޫން 2017

ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި

22 ޖޫން 2017
ގަތަަރުގެ މައްސަލާގައި ސައުދީގެ އާ ވަލީއަހުދާއި ރައީސް ޓްރަމްޕް މަޝްވަރާކުރައްވަފި
21 ޖޫން 2017

ޖަލުގާޑެެއްގެ ފުރާނަ ސަލާމަތްކޮށްދޭން އެހީވި ހަ ގައިދީއެއްގެ އަދަބު ލުއިކޮށްދީފި

21 ޖޫން 2017
ޖަލުގާޑެެއްގެ ފުރާނަ ސަލާމަތްކޮށްދޭން އެހީވި ހަ ގައިދީއެއްގެ އަދަބު ލުއިކޮށްދީފި
11 ޖޫން 2017

ކޮންގޯގައި ޖަލެއް ފަޅާލާ 900 މީހުން ސަލާމަތްވިއިރު، 11 މީހުން މަރުވެއްޖެ

11 ޖޫން 2017
ކޮންގޯގައި ޖަލެއް ފަޅާލާ 900 މީހުން ސަލާމަތްވިއިރު، 11 މީހުން މަރުވެއްޖެ
25 އެޕްރީލު 2017

ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް

25 އެޕްރީލު 2017
ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
14 އެޕްރީލު 2017

އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި

14 އެޕްރީލު 2017
އދ.އިން ހެއިޓީގައި ސުލްހަ ބެލެހެއްޓުން ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ފާސްކޮށްފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް