Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ މައްސަލަ

އުުތުރު ކޮރެއާ މައްސަލާގައި އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ގޮވާނުލާނެ: އެމެރިކާ

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 31 ޖުލައި 2017 | ހޯމަ 05:18
އުތުރު ކޮރެއާއިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން

އުތުރު ކޮރެއާއިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން

"އެއްވެސް ނަތީޖާއެއް ނުނިކުންނާތީ" އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭގޮތުން އދ ގެ ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމަކަށް އެމެރިކާ އިން ގޮވާނުލާނެ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އެހެންކަމުން "އެއްވެސް ނަތީޖާއެއް ނުނިކުންނަ" ބައްދަލުވުމަކަށް ގޮވާލާ ނަމަ އުތުރު ކޮރެއާ އަށް ލިބިގެންދާނެ މެސެޖަކީ ބައިނަލްއަގްވާމީ މުޖުތަމައުު އިން އުތުރު ކޮރެއާ ގެ މައްސަލާގައި އުތުރު ކޮރެއާ އާއި ޗެލެންޖް ކުރަން ބޭނުން ނުވާކަން ކަމަށް އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވިއެވެ.

މްބެސެޑަރު ނިކީ ހޭލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އދ ގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އާ ދެކޮޅަށް ގިނަ ގަރާރުތަކެއް ފާސްކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެ ގަރާރުތަކަށް އުތުރު ކޮރެއާ އިން ބޯނުލަނބާ ކަމަށެވެ.

ހުކުރު ދުވަހު އުތުރު ކޮރެއާ އިން ވަނީ ދެވަނަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއް ޓެސްޓްކޮށްފައެވެ. މި މިސައިލް ޓެސްޓް ކުރިއިރު އެގައުމުން ކުރި ފުރަތަމަ އައިސީބީއެމް ޓެސްޓް ކުރީ މީގެ ތިން ހަފްތާއެއްހާ ދުވަސްކުރިންނެވެ.

އުތުރު ކޮރެއާގެ މިސައިލް ޓެސްޓްތަކާއި ބެހޭ ގޮތުން އެގައުމުން ބުނެފައި ވަނީ އެގައުމުން ކުރާ ޓެސްޓްތަކުން އެނގިގެން ދަނީ އެމެރިކާ އާއި ހަމަޔަށް ފޯރާވަރުގެ މިސައިލްތައް އެބަހުރިކަން ކަމަށެވެ. އުތުރު ކޮރެއާގެ އަމަލުތަކާއި ގުޅިގެން އެމެރިކާ އިން ވަނީ އެންޓި-މިސައިލް ސިސްޓަމެއް ޓެސްޓްކޮށްފައެވެ. އަދި ދެކޮރެއާ ސަރަހައްދުގައި ދަނީ އެމެރިކާގެ ބޮންއަޅާ މަތިންދާ ބޯޓުތައް އުދުހެމުންނެވެ.

ދާދިފަހުން އުތުުރު ކޮރެއާ އިން ވަނީ އެމެރިކާ އަށް އިންޒާރެއް ދީފައެވެ. އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކަމުގެ މަގާމުން ކިމް ޖޮން އުން ދުރުކުރަން އެމެރިކާ އިން އުޅޭ ނަމަ އެ ގައުމަށް ވަރުގަދަ ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާ އިން ވަނީ ދީފައެވެ.

މިިކަން ރިޕޯޓުކޮށްފައި ވަނީ އުތުުރު ކޮރެއާގެ ދައުލަތުން ހިންގާ މީޑިއާ ކޭސީއެންއޭ އިން އެވެ. އުތުރު ކޮރެއާ ިއިން މި އިންޒާރު ދިނީ އެމެރިކާގެ ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. އޭނާ ދާދިފަހުން ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރު ނިއުކްލިއާ ހަތިޔާރު ތަރައްގީކޮށް ގިނަ ކުރުމަށް ކުރާ މަަސައްކަތުން އޭނާ ދުރުކުރަން ޖެހޭ ކަމަށާއި އޭނާ މަގާމުން ވެސް ދުރުކުރަން ޖެހޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ނިއުކްލިއާ ހަތިޔާރުން މިހާރު އުތުރު ކޮރެއާ ގައި ތިބި ވެރިން ދުރުކުރަން، މަގެއް ހޯދޭނެ ކަމަށް އުންމީދު އެބައޮތް ކަމަށާއި އުތުރު ކޮރެއާގެ ރައްޔިތުންނަކީ ވަރަށް ރަނގަޅު ބައެއް ކަމަށެވެ. އަދި އެ ރައްޔިތުން އުތުރު ކޮރެއާގެ ލީޑަރު ދާތަން ބަލަން ބޭނުންވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު