Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައްދާމް ހުސެއިން

ސައްދާމް މަރުގެ އަދަބުން ސަލާމަތް ކުރުމަށް ޤައްޒާފީ އުޅުއްވި: ފަނޑިޔާރެއް

ގައްޒާފީ އުޅުއްވީ ރިޝްވަތުދީގެން އެކަންކުރައްވަން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 25 އެޕްރީލު 2017 | އަންގާރަ 11:52
ސައްދާމްގެ ޝަރީއަތް ކުރިއަށް ގެންދެވި އިސްފަނޑިޔާރު މުނީރު ހައްދާދު (ވ)

ސައްދާމްގެ ޝަރީއަތް ކުރިއަށް ގެންދެވި އިސްފަނޑިޔާރު މުނީރު ހައްދާދު (ވ)

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއަށް އިވުނު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ކުރިން އޭނާ އެކަމުން ސަލާމަތްކުރުމަށް ލީބިއާގެ ލީޑަރު މުއައްމަރުލް ގައްޒާފީ މަސައްކަތް ކުރެއްވި ކަމަށް ސައްދާމްގެ ޝަރީއަތް ކުރިއަށް ގެންދެވި ފަނޑިޔާރަކު ވިދާޅުވެއްޖެއެވެ.

ދަންޖައްސާ އަވަހާރާކޮށްލެވުނު އިރާޤުގެ ރައީސް ސައްދާމް ހުސެއިންގެ މައްޗަށް ހިންގި ޝަރީއަތުގައި އިންނެވި އިސްފަނޑިޔާރު ކަމަށްވާ މުނީރު ހައްދާދު އަލް އަރަބިއާ ނޫހާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ސައްދާމް އިއްވި މަރުގެ ހުކުމް ތަންފީޒް ކުރުމުގެ ކުރިން އޭނާ ސަލާމަތް ކުރެއްވުމަށް ގައްޒާފީ މަސައްކަތްކުރެއްވީ ސައްދާމްގެ ސެކިއުރިޓީ ބެލެހެއްޓެވި އެމެރިކާގެ އޮފިސަރުންނަށް ރިޝްވަތު ދީގެން ކަމަށެވެ.

ސައްދާމްއަށް އިއްވި މަރު ހުކުމް ތަންފިޒް ކުރަން ހަމަޖެހިފައިވާ ދުވަހަށްވުރެ ކުރިން އެ ހުކުމް އިރާޤުގެ ކަމާއިބެހޭ ފަރާތްތަކުން އަވަސް ކުރިއެވެ. ސައްދާމްގެ ހުކުމް ތަންފީޒްކޮށްފައިވަނީވެސް މަރުގެ އަދަބު ދިނުމަށް އިރާގުގެ ގާނޫނުތައް މަނާ ކުރާ ދުވަހެއްގައެވެ.

އިރާގުގެ ގާނޫނުތައް ބުޏާ ގޮތުން އެއްވެސް ޢީދު ދުވަހެއްގައި މަރުގެ ހުކުމެއް ތަންފީޒް ކުރުމަކީ ހުއްދަކަމެއް ނޫނެވެ.

ސައްދާމް ދަން ޖެއްސީ ދެހާސް ހަވަނަ އަހަރުގެ ޑިސެމްބަރު ތިރީސްވަނަ ދުވަހުއެވެ. އެދުވަހަކީ އިރާގުގައި އަޟުހާ އީދު ފާހަގަ ކުރަން ފެށި ދުވަހެވެ.

މުނީރު ހައްދާދު ވިދާޅުވީ ސައްދާމްގެ މައްޗަށް އިއްވުނު ހުކުމް ތަންފީޒް ކުރުން އަވަސްކުރީ ސައްދާމް ފިއްލަވާފާނެ ކަމުގެ ބިރު އޮތުމުންނާއި، ގައްޒާފީ ސައްދާމް ގެންދަވަން މަސައްކަތްކުރައްވާކަން އެނގުނު ހިސާބުންނެވެ.

އަނެއްކޮޅުން ސައްދާމަށް ކުރި ހުކުމުގެ އަދަބު ތަންފީޒު ކުރުން އެމެރިކާ އިން ލަސްކުރަމުން ދިޔުމަކީވެސް އެކަން އަވަސް ކުރަންޖެހުނު ސަބަބެއް ކަމަށް މުނީރު ހައްދާދު ވިދާޅުވިއެވެ.

މުނީރު ވިދާޅުވީ ސައްދާމުގެ ހުކުމް ތަންފީޒް ކުރުމުގެ ހުއްދަ އިރާގުގެ ކުރީގެ ރައީސް ޖަލާލް ތަލަބާނީ ދެއްވައިފައި އޮތުމުން ސައްދާމް ވަގަށް ނަގައިގެން ގެންގޮސްފާނެތީ އެކަން އަވަސް ކުރަންޖެހުނު ކަމަށެވެ.

ހައްދާދަކީ ސައްދާމުގެ ޝަރީއަތް ކުރިއަށް ގެންދިޔަ ސްޕެޝަލް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރެވެ. ސައްދާމުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ މިނިވަންކޮށް ކަމަށް ހައްދާދު ވިދާޅުވެއެވެ.

އެއްވެސް ސުންނީ ލީޑަރެއް ނެތި ސައްދާމްގެ ހުކުމް ތަންފީޒް ކުރެވުނު އިރު، އެންމެ ފަހުގެ ވަސިއްޔަތަކީ ކޮބައިތޯ އެހުމުން " ފަނޑިޔާރަށް ފުރިހަމަ ސިއްހަތަކަށް އެދެން" ކަމަށް ސައްދާމް ވިދާޅުވި ކަމަށް ހައްދާދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
20 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން

20 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް "މުހިންމު މީހަކު" ބޭނުންވޭ: މެލޭޝިއާ ފުލުހުން
13 މާރިޗު 2017

ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް

13 މާރިޗު 2017
ކިމް ޖޮން ނަމްގެ މަރުގެ ތަހުގީގަށް، ޖަޕާނުން އެހީ ފޯރުކޮށްދީފައިވޭ: ރިޕޯޓުތައް
08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު