Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ އަސްކަރީ މަރުކަޒުތައް

އޮކިނާވާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅުހަދައިފި

25 ފެބުރުއަރީ 2019 | ހޯމަ 07:42

މެރިންސް ފުޓެންމާ އެއަރބޭސް އެހެން ތަނަކަށް ބަދަލުކުރުމާއި ދެކޮޅަށް 72 އިންސައްތަ ވޯޓު ލިބިފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 25 ފެބުރުއަރީ 2019 | ހޯމަ 07:42
އަސްކަރީ މަރުކަޒު ގާއިމް ކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރަނީ

އަސްކަރީ މަރުކަޒު ގާއިމް ކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ކުރަނީ

ޖަޕާނުގެ އޮކިނާވާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް އެ ރަށުގެ ރައްޔިތުން ވޯޓު ދީފިއެވެ.

އޮކިނާވާގައި ހުންނަ މެރިންސް ފުޓެންމާ އެއަރބޭސް އެހެން ތަނަކަށް ބަދަލުކުރުމާއި ދެކޮޅަށް 72 އިންސައްތަ ވޯޓި ލިބިފައިވާ އިރު، އެއްކޮޅަށް ލިބުނީ އެންމެ 19 އިންސައްތަ ވޯޓެވެ. ވޯޓަށް ފަހު މީޑިއާއަށް މައުލޫމާތު ދެމުން އޮކިނާވާގެ ގަވަރުނަރު ޑެނީ ޓަމާކީ ވަނީ ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ބާރު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވަގުތުން ވަގުތަށް އަސްކަރީ މަރުކަޒުގެ މަސައްކަތް ހުއްޓާލަން ވެސް ޖަޕާނުގެ ސަރުކާރަށް ޓަމާކީ ގޮވާލެއްވިއެވެ.

Advertisement - worldAdvertisement

ނަމަވެސް ޖަޕާނުގެ ސަރުކާރުން ބުނެފައި ވަނީ އަސްކަރީ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރަން ކުރިން ނިންމާފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށެވެ. އެ ގައުމުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ ހޯމަ ދުވަހު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މަރުކަޒު ބަދަލުކުރަން އެމެރިކާއާއި އެކު އެއްބަސްވެފައިވާތާ 23 އަހަރު ވެފައިވާ ކަމަށާއި، އެހެން ކަމުން މަސައްކަތް ކުރާނީ އެ ސަރަހައްދުގެ މީހުންގެ ރުހުން ހޯދަންކަމަށް އާބޭ ވިދާޅުވިއެވެ.

އާބޭގެ ސަރުކާރުން ވަނީ ތަކުރާރުކޮށް އަސްކަރީ މަރުކަޒު ބަދަލުކުރަން ޖެހޭ ކަމަށް ވަކާލާތު ކޮށްފައެވެ. އަދި އެ މަރުކަޒު އެހެން ތަނަކަށް ބަދަލުކުރުމުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތައް ފިލައިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެ ސަރަހައްދުގެ ރައްޔިތުން ބޭނުންވަނީ މި މަރުކަޒު ޖަޕާނުގެ އެހެން ރަށަކަށް ބަދަލުކުރާށެވެ.

ގިނަ މީހުންތަކެއް އާބާދުވެފައިވާ ސަރަހައްދެއްގައި ހުރި އަސްކަރީ މަރުކަޒު ބަދަލުކުރުމަށް މަސައްކަތް ކުރަމުން ދަނީ އޮކިނާވާގެ އައްސޭރި ފަށުގެ ހިސާބަކަށެވެ. އެމެރިކާގެ އަސްކަރީ މަރުކަޒު ބަދަލުކުރަން ޖަޕާނާއި އެކު އެއްބަސްވީ 1996ގައެވެ. އޭރު އަސްކަރީ މަރުކަޒު ބަދަލުކުރަން ނިންމީ އެމެރިކާ ސިފައިންތަކެއް ވެގެން ޖަޕާނު އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން، އެމެރިކާ ސިފައިންނަށް ރައްދުވި ރުޅިވެރިކަން މައިތިރި ކުރުމުގެ ގޮތުންނެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް