Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިލްމީ ދާއިރާ

މަޝްހޫރު ފިލްމީ ތަރި މޯރގަން ވުޑްވާރޑް މަރުވެއްޖެ

25 ފެބުރުއަރީ 2019 | ހޯމަ 07:16

ފިލްމީ ދާއިރާގައި ހޭދަކޮށްފައިވާ 40 އަހަރުގެ ތެރޭގައި 250 އަށްވުރެ ގިނަ ފިލްމާއި ޓީވީ ޝޯއިން މޯރގަން ފެނިފައިވޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 ފެބުރުއަރީ 2019 | ހޯމަ 07:16
މޯރގަން ވުޑްވާރޑް

މޯރގަން ވުޑްވާރޑް

މަޝްހޫރު ފިލްމީ ތަރި މޯރގަން ވުޑްވާރޑް މަރުވެއްޖެއެވެ.

"ޑަލާސް" އާއި "ސްޓާ ޓްރެކް" ގެ މަޝްހޫރު ތަރި މޯރގަން ވުޑްވާރޑް، މަރުވެފައި ވަނީ 22 ފެބްރުއަރީ 2019 ވަނަ ދުވަހު ކެލިފޯނިއާގެ ޕޭސޯ ރޯބްލްސް ސިޓީ ގައެވެ. ފިލްމީ ދާއިރާގައި ހޭދަކޮށްފައިވާ 40 އަހަރުގެ ތެރޭގައި 250 އަށް ވުރެ ގިނަ ފިލްމާއި ޓީވީ ޝޯއިން ފެނިފައިވާ މޯރގަން ވުޑްވާރޑް، މިދުނިޔެއާ އަލްވަދާއު ކީއިރު އޭނާގެ އުމުރަކީ 93 އަހަރެވެ. އެގޮތުން 1980 އިން 1987 ވަނަ އަހަރާއި ދެމެދު ޓީވީ ޝޯ "ޑަލާސް" ގެ 55 އެޕިސޯޑެއްގައި" މާވިން ޕަންކް އެންޑަރސަން"ގެ ރޯލުން އޭނާ ފެނިފައިވާއިރު، އޮރިޖިނަލް "ސްޓާ ޓްރެކް" ސީރީޒްގެ ދެ ފިލްމެއްވެސް އޭނާ ވަނީ ކުޅެފައެވެ. މީގެ އިތުރުން، ވުޑްވާޑަކީ "ގަން ސްމޯކް" ޓީވީ ސީރީޒްގެ ވެސް މުހިއްމު ގްސްޓް އެޕެއަރެންސް އެކްޓަރެކެވެ.

އާރލިންގޓަން ގައި އުޅެ ބޮޑުވި ވުޑްވާރޑް އަކީ އެއްބަނޑު އެއްބަފާ ފަސް ބެއިންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ ޕައިލްޓް ކަމުގެ ލައިސަންސް ހޯދުމަށް ފަހު، ކޮރެއާގެ ހަނގުރާމަ އާއި، ދެވަނަ ބޮޑު ހަނގުރާމައިގައި ވައިގެ ސިފައިންގެ ގޮތުގައި ޚިދުމަތް ކޮށްދީފައެވެ. ވުޑްވާރޑްގެ ފިލްމީ ކެރިއަރު ފެށިފައިވަނީ އޭނާ އާރލިންގޓަން ސްޓޭޓް ކޮލެޖުގައި މަތީ ތައުލީމް ހާސިލް ކުރަން އުޅުނު ދުވަސްވަރުގައެވެ. އެހެން ނަމަވެސް އޭނާ ފަހުން 1948 ވަނަ އަހަރުގައި ވަނީ ޔުނިވަރސިޓީ އޮފް ތެކްސަސް އިން ކޯޕަރޭޓް ފައިނޭންސްގެ ޑިގްރީ އެއް ޙާޞިލް ކޮށްފައެވެ.

މިއުޒިކް އިންޑަސްޓްރިގައި އެތަކެއް އަހަރު މަސައްކަތް ކުރުމަށް ފަހު، 1955 ވަނަ އަހަރުގައި ވުޑްވާރޑް ހޮލީވުޑާއި ގުޅިފައި ވީއިރު ފިލްމެއްގައި އޭނާގެ އެންމެ ބޮޑު ރޯލެއް ފެނިފައިވަނީ "ކޯލް ހޭންޑް ލޫކް" ގައެވެ. މީގެ އިތުރުން ހޮލީވުޑް މޯޝަން ޕިކްޗަރސް އާއި ޓެލެވިޜަން ފަންޑުން ދޭ " ގޯލްޑަން ބޫޓް އެވޯޑް" ވެސް 1988 ވަނަ އަހަރުގެ އޯގަސްޓް މަހުގައި އެޑްވާރޑް ވަނީ ކާމިޔާބު ކޮށްފައެވެ. ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށްފަހު ވުޑްވާޑް މިދިޔަ ހުކުރު ދުވަހު މިދުނިޔެ ދޫކޮށްފައިވަނީ އޭނާއަށް ސަޕޯޓް ކުރާ އެތައް ބަޔެއް ރޮއްވާލަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
20 އެޕްރީލު 2017

ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން

20 އެޕްރީލު 2017
ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން
18 އެޕްރީލު 2017

ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ

18 އެޕްރީލު 2017
ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ
17 އެޕްރީލު 2017

ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި

17 އެޕްރީލު 2017
ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި
31 މާރިޗު 2017

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

31 މާރިޗު 2017
މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
23 ޖެނުއަރީ 2017

މަޝްހޫރު ޝާޢިރެއް ކަމަށްވާ ނަޤްޝް ލަޔަލްޕޫރީ ނިޔާވެއްޖެ

23 ޖެނުއަރީ 2017
މަޝްހޫރު ޝާޢިރެއް ކަމަށްވާ ނަޤްޝް ލަޔަލްޕޫރީ ނިޔާވެއްޖެ
20 ޖެނުއަރީ 2017

ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ

20 ޖެނުއަރީ 2017
ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް