Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމީ ދާއިރާ

ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ

މިދާއިރާ ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ގޮވާލުން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 20 ޖެނުއަރީ 2017 | ހުކުރު 00:00
ފިލްމް އެސޯސިއޭޝަންގެ ޗެއަރމަން މުހައްމަދު އަބްދުﷲ

ފިލްމް އެސޯސިއޭޝަންގެ ޗެއަރމަން މުހައްމަދު އަބްދުﷲ

ދިވެހި ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް ފިލްމް އެސޯސިއޭޝަންގެ ޗެއަރޕާސަން މުހައްމަދު އަބްދުﷲ (މުހައްމާ) ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރާއްޖެ ޓީވީގެ "ކުލަ ސްކްރީން" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހައްމާ ވިދާޅުވީ 2016 ވަނަ އަހަރު ފިލްމް އެސޯސިއޭޝަން ނެޝާނަލް ވުމާއިއެކު އެއްލައްކަ ރުފިޔާގެ ބަޖެޓެއް ލިބިގެން ދިޔަ ކަމަށާއި ނަމަވެސް ފިލްމީ ދާއިރާ ކުރިއަރުވަން އެ ބަޖެޓް ބޮޑުކުރަންޖޭހޭ ކަމަށެވެ.

މުހައްމާ ވިދާޅުވީ ފިލްމް އެސޯސިއޭޝަން ބާރަށް ހިނގައިގަތުމަށް ރަނގަޅު ބަޖެޓެއް ބޭނުންވާ ކަމަށާއި އުއްމީދަކީ ވޭތިވެ ދިޔަ އަހަރު ލިބުނު ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް މިއަހަރު ލިބިގެން ދިއުން ކަމަށެވެ.

ފިލްމް އެސޯސިއޭޝަންގައި މަސައްކަތް ކުރައްވާ ބެފުޅުން މަސައްކަތް ކުރައްވަނީ އަމިއްލަ ޖީބުން ޚަރަދު ކޮށްގެން ކަން ފާހަގަ ކުރައްވާ މިހައްމާ ވިދާޅުވީ ރަނގަޅު ބަޖެޓެއް ލިބި ބޯޑުގައި ތިއްބަވާ ބޭފުޅުންނަށްވެސް ކޮންމެވެސް ވަރެއްގެ އުޖޫރައެއް ލިބިގެން މެނުވީ މަސައްކަތްތައް ނުކުރެވޭނެ ކަމަށެވެ.

މުހައްމާ ވިދާޅުވީ ވިޔަފާރި ކުރިއެރުވުމަށާއި އެކި ތަފާތު ލޯނުތައް މި ސަރކާރުގެ ތެރެއިން އުފައްދަމުންދާއިރު ފިލްމީ ދާއިރާއަށްވެސް ލޯނު ހަމަޖެހޭނެ ގޮތެއް ހައްދަވާދެއްވައިފި ނަމަ އެބޭފުޅުންނަށް ހިތަހަމަޖެހުމާއި އެކު ފިލްމްތައް ހެދި ފިލްމް އުފެއްދޭ މިނަވަރު އިތުރުވެގެން ދާނެ ކަމަށެވެ.

އަހަރެއްގެ ތެރޭގައި ނެރެވެނީ ގިނަވެގެން ހަތަރެއް ނުވަތަ ފަސް ފިލްމް ކަން ފާހަގަ ކުރައްވާ މުހައްމާ ވިދާޅުވީ ގިނަ ފިލްމް ތަކެއް މާކެޓަށް ނެރެގެން މެނުވީ ފިލްމީ ދާއިރާގެ މަސައްކަތް ކުރިއަށް ގޮސް ރައްޔިތުންނަށް މަސައްކތް ފެނިގެން ނުދާނެ ކަމަށެވެ.

ޕްރޮޑިއުސަރުންގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ ބަޖެޓުގެ ދަތިކަން ކަމަށާއި އެއް ފިލްމް ފްލޮޕް ވެއްޖެ ނަމަ ދެވަނަ ފިލްމެއް ހަދާނެ ވަރުގެ ހިތްވަރެއްވެސް ޕްރިޑިއުސަރުންގެ ނެތް ކަމަށް މުހައްމާ ވިދާޅުވިއެވެ.

މިދާއިރާގެ މަސައްކަތް ފެންނަންވާ ސްޕީޑްގައި ފެންނަންވާ ކޮލިޓީގައި ފެނިގެން ނުދަނީ ބަޖެޓުގެ ދަތިކަން އޮތުމުން ކަން ފާހަގަކޮށް

މިދާއިރާ ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް މިހައްމާ ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2017

ކުރީގެ ފިލްމީތަރި ޝަޝީ ކަޕޫރު މަރުވެއްޖެ

04 ޑިސެމްބަރު 2017
ކުރީގެ ފިލްމީތަރި ޝަޝީ ކަޕޫރު މަރުވެއްޖެ
29 ނޮވެމްބަރު 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން

29 ނޮވެމްބަރު 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން
20 ނޮވެމްބަރު 2017

ފައްތާހު ފިލްމީ ދާއިރާއިން ދެން ނުފެންނާނެ

20 ނޮވެމްބަރު 2017
ފައްތާހު ފިލްމީ ދާއިރާއިން ދެން ނުފެންނާނެ
15 ނޮވެމްބަރު 2017

އިއްފީގައި އަމީތާބަށް އަހަރުގެ ފިލްމީ ތަރީގެ އެވޯޑް ދޭން ނިންމައިފި

15 ނޮވެމްބަރު 2017
އިއްފީގައި އަމީތާބަށް އަހަރުގެ ފިލްމީ ތަރީގެ އެވޯޑް ދޭން ނިންމައިފި
25 އޮކްޓޯބަރު 2017

ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް

25 އޮކްޓޯބަރު 2017
 ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު