Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތަމަންނާ

ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން

އެފިލްމުގައި އޭނާ އަދާ ކުރަންޖެހެނީ ބީރު އަދި ވާހަކަ ނުދެއްކޭ އަންހެން ކުއްޖެއްގެ ރޯލު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 އެޕްރީލު 2017 | ބުރާސްފަތި 12:05
ތަމަންނާ

ތަމަންނާ

ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ބާހުބަލީ" އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ތަމަންނާ ބާޓިއާ ހިންދީ ފިލުމަކުން ފެންނާނެ ކަމަށް އޭނާ ބުނެފިއެވެ.

ތަމަންނާ ބުނީ އޭނާ ކުޅޭނީ ވަށު ބަގްނާނީ ޕްރޮޑިއުސް ކުރާ ފިލްމަކުން ކަމަށާއި އެފިލްމުގައި އޭނާ އަދާ ކުރަންޖެހެނީ ބީރު އަދި ވާހަކަ ނުދެއްކޭ އަންހެން ކުއްޖެއްގެ ރޯލު ކަމަށެވެ.

އެސްއެސް ރާޖަމޯލީ ޑައިރެކްޓް ކޮށްފައިވާ "ބާހްބަލީ 2" ސިނަމާތަކަށް އަންނާނީ މިމަހުގެ 28 ގައެވެ. ތެލެގޫ ބަހުން އުފެއްދި މި ފިލްމް ހިންދީ ބަހުގެ އިތުރުން، އިންޑިއާގެ އެހެން ގިނަ ބަސްތަކުން ވެސް ޑަބްކޮށްގެން ރިލީޒްކުރާނެއެވެ. ފުރަތަމަ ބައި ވެސް ރިލީޒްކުރީ އެގޮތަށެވެ.

ރާޖަމޯލީ ވަނީ މީގެ ތިން ވަނަ ބައެއް އުފެއްދުމަށް ވެސް ނިންމފައެވެ. އޭނާ ބުނީ ތިން ވަނަ ބައި ވެގެން ދާނީ އިންޑިއާގެ ސިނަމާ އިން ބެލުންތެރިން މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ފަދަ ކަންތައްތަކެއް ގެނެސް ދޭނެ ފިލްމަކަމަށެވެ.

"ބާހުބަލީ" ދޭއްގެ އެންމެ ފަހުގެ މަސައްކަތް މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ އިރު ތަމަންނާ ބުނި ގޮތުގައި "ބާހުބަލީ" އިން އޭނާ ދައްކުވައިދިން ހުނަރުން އެހެން ރޯލުތަކުގައި ވެސް އޭނާ ފެންނަން އެދޭ ކަމަށް ތަމަންނާ ބުންޏެވެ.

ތަމަންނާއަށް ވަނީ މީގެ ކުރިން އޭނާ ކުޅެފައިވާ ތަމަޅަ ފިލްމަށް އެވޯޑްވެސް ލިބިފައެވެ. އޭގެތެރެއިން އެވޯޑު ލިބިފައިވަނީ އޮގަސްޓު 2016 ގައި ނިކުތް އޭނާގެ ފިލްމު "ދަރްމާ ދުރާއީ" އިންނެވެ. ފިލްމު ދަރްމާ ދުރާއީގައި ތަމަންނާ ފެނިގެން ގޮސްފައިވަނީ އެކްޓަރު ވިޖޭ ސެތުޕަތީ އާއެކު އެވެ.

"ދަރްމާ ދުރާއީ" ޑައިރެކްޓު ކޮށްދީފައި ވަނީ އިންޑިއާގެ ޤައުމީ އެވޯޑް ހާސިލް ކޮށްފައިވާ ހުނަރުވެރި ސީނޫ ރާމަސާމީ އެވެ. ފިލްމާ ބެހޭ ގޮތުން ތަމަންނާ ބުނެފައި ވަނީ ކުޅެން ޖެހުނު ރޯލު ވަރަށް ޗެލެންޖިންގް ކަމަށާއި އެއީ ވަރަށް ތަފާތު ކެރެކްޓާއެއް ކަމަށެވެ. އަދި އޭނާގެ މަސައްކަތް ބަލައިގަނެ މިފަދަ އެވޯޑެއް ދެއްވީތީ އޯޑިއަންސް އަށާއި ފާޑު ކިޔާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2018

އަމީތާބާއި ތާޕްސީ އަނެއްކާވެސް އެކީގައި ފިލްމަކުން

10 އެޕްރީލު 2018
އަމީތާބާއި ތާޕްސީ އަނެއްކާވެސް އެކީގައި ފިލްމަކުން
01 އެޕްރީލު 2018

ނިމާލް އާއި ޖުމަލް ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަނީ

01 އެޕްރީލު 2018
ނިމާލް އާއި ޖުމަލް ފުރަތަމަ ފަހަރަށް ފިލްމަކުން ފެންނަނީ
08 މާރިޗު 2018

ދުވަސް ތަކަކަށް ފަހު އައިޝްވަރިޔާ އާއި އަބީޝެކް އެއް ފިލްމަކުން

08 މާރިޗު 2018
ދުވަސް ތަކަކަށް ފަހު އައިޝްވަރިޔާ އާއި އަބީޝެކް އެއް ފިލްމަކުން
16 ޖެނުއަރީ 2018

ވަނދު ފިލްމަކުން ސައުދީ ގައި 30 އަހަރު ފަހުން އާއްމުންނަށް ފިލްމް ދައްކަން ފަށައިފި

16 ޖެނުއަރީ 2018
ވަނދު ފިލްމަކުން ސައުދީ ގައި 30 އަހަރު ފަހުން އާއްމުންނަށް ފިލްމް ދައްކަން ފަށައިފި
03 ޖެނުއަރީ 2018

ވަރުން ރާއްޖޭގައި އުޅެމުންދަނީ އެހެން ދުނިޔެއެއްގައި

03 ޖެނުއަރީ 2018
ވަރުން ރާއްޖޭގައި އުޅެމުންދަނީ އެހެން ދުނިޔެއެއްގައި
05 ޑިސެމްބަރު 2017

ސޮނާކްޝީ ސިންހަ އަނެއްކާވެސް ކަރަންގެ ފިލްމަކުން

05 ޑިސެމްބަރު 2017
ސޮނާކްޝީ ސިންހަ އަނެއްކާވެސް ކަރަންގެ ފިލްމަކުން
12 ނޮވެމްބަރު 2017

ސާރާ ޚާންއަށް އަނެއްކާ ވެސް ފިލްމަކުން ފުރުސަތު ލިބިއްޖެ

12 ނޮވެމްބަރު 2017
ސާރާ ޚާންއަށް އަނެއްކާ ވެސް ފިލްމަކުން ފުރުސަތު ލިބިއްޖެ
07 ނޮވެމްބަރު 2017

ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން

07 ނޮވެމްބަރު 2017
ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން
24 އެޕްރީލު 2017

"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން

24 އެޕްރީލު 2017
"ޑިއާ ޒިންދަގީ"އަށް ފަހު އާލިއާ އާއި ޝާހް އަނެއްކާ ވެސް އެއް ފިލްމަކުން
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު