Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

އިދިކޮޅު ފަރާތްތަކާ އެކު، ރައީސް މަޝްވަރާކުރެއްވުން: ތަފާތު ފެނިއްޖެ؟

25 ފެބުރުއަރީ 2019 | ހޯމަ 11:56

ރައީސް ސޯލިހާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދުމާ އެކު ލަސްތަކެއް ނުވެ އެމަނިކުފާނު ވަނީ އެ ފުރުސަތު ދެއްވާފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 25 ފެބުރުއަރީ 2019 | ހޯމަ 11:56
ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ފަހުު ޕީޕީއެމް/ޕީއެންސީގެ ބެފުޅުން

ރައީސް ސޯލިހާ ބައްދަލުކުރެއްވުމަށް ފަހުު ޕީޕީއެމް/ޕީއެންސީގެ ބެފުޅުން

އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ، ރާއްޖޭގެ ތާރީހް ދުށް ސިޔާސީ އެންމެ ހަލަބޮލި ދުވަސްތަކެވެ. މުޒާހަރާތަކާއި، ސިޔާސީ ހިޔާލު ތަފާތުވުން އޮތީ ހައްދުފަހަނަ އަޅާފައެވެ. ސިޔާސީ ލީޑަރުންނާއި، އާންމު ރައްޔިތުން ޖަލަށްލުމާއި، އަނިޔާވެރިކަން އޮތީ ވެސް އޮތީ ކުޑައެއް ކޮށެއް ނޫނެވެ. ބުނެވޭ ބަހަކުން، ލިޔާ ލިޔުމަކުން ވެސް ޖަލުގެ ކުޑަގޮޅި ނޫން ގޮތެއް އޭރަކު ނެތެވެ.

އެ ކަންކަން ހައްލުކުރުމަށް، ހެޔޮ ނިޔަތެއްގައި އެ ސަރުކާރަށް އެޅުނު ފިޔަވަޅެއް ވެސް ނެތެވެ. ނަމެއްގައި މަޝްވަރާތަކެއް ކުރި ނަމަވެސް، އެއިން މަޝްވަރާއަކުން އެއްވެސް ނަތީޖާއެއް ނެރުމަށް އޭރުގެ ސަރުކާރުން އޮތީ ބޭނުން ނުވެފައެވެ. މަޝްވަރާތައް ކުރިއަށް ދިޔަގޮތުން ވެސް އެކަން ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ.

މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިނުގަތުމާއި، ކޮންމެ މަޝްވަރާއަކަށް ވެސް ކޮންމެވެސް ނަމެއްގައި މަންދޫބަކު ކަނޑައެޅުމާއި، އެ މަންދޫބަކު ދައްކާ ވާހަކައިގައި އެއްވެސް ބަރުދަނެ ނެތުން ފަދަ އެތައް އެތައް ކަމަކުން، ސަރުކާރުގެ ކުޑަވެސް ހެޔޮ ނިޔަތެއް، މަޝްވަރާތައް ކުރިއަށްގެންދިއުމުގައިި ނެތްކަން އޮތީ އެނގެންށެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އެތައް ފަހަރެއްގެ މަތިން، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން އެދުނު ނަމަވެސް، އެއިން ކޮންމެ ހުށަހެޅުމަށް ދީފައި ވަނީ ބީރު ކަންފަތެކެވެ. މަޝްވަރާކުރަންޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެ، އޭރުގެ އިދިކޮޅު ފަރާތްތަކަށް ހެއްދެވި ނުހެއްދެވިއަށް ގޮވުން އެއީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅާ ކަންކުރައްވަމުން ގެންދެވިގޮތެވެ.

އަބްދުﷲ ޔާމީންގެ އިތުރުން، އެމަނިކުފާނަށް ވާގިވެރިވަމުންދިޔަ ސިޔާސީ ބޭފުޅުން ވެސް ގެންގުޅުއްވީ އެއް ވިސްނުމެކެވެ. މަޝްވަރާކޮށް، ވާހަކަދެއްކުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ދެކޭ ވިސްނުމެވެ.

ފާހަގަކޮށްލަން މި އުޅެނީ، އެ ވާހަކަތަކެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އާދިއްތަ ދުވަހު އެ ދެއްކެވި ނަމޫނާގެ ވާހަކައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުގައިި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެކު، ޕީޕީއެމް/ޕީއެންސީ ނުވަތަ ޕްރޮގްރެސިވް ކޯލީޝަން ހިތްހަމަނުޖެހިފައިވަނިކޮށް، އެ ޕާޓީތަކުގެ ފަރާތުން އެދުނީ ރައީސް ސޯލިހާ ބައްދަލުކޮށްލެވުމުގެ ފުރުސަތަކަށެވެ. އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްލުމުގެ ފުރުސަތަކަށެވެ.

ބުުރާސްފަތިި ދުވަހު މެންދުރު ފަހު، 2:30 ގައި ރައީސް ސޯލިހާ ބައްދަލުކޮޮށްލެއްވުމަށް އެ ޕޮއިންޓެމްނެޓަކަށް އެ ޕާޓީތަކުން އެދުމާ އެކު، ޖެހުނު ފުރަތަމަ ރަސްމީ ދުވަހު ރައީސް ސޯލިހް ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަބްދުﷲ ޔާމީން ކަންކުރެއްވި ގޮތަށް، ސިޔާސީ ފަރާތްތަކަށް، ހެއްދެވި ނުހެއްދެވިއަށް ލިބިވަޑައިގެންނެވި ކޮންމެ ޕޯޑިއަމެއްގައި ގޮވާފައެއް ނުވެއެވެ. އިސްކުރެއްވީ މަޝްވަރާކުރުމުގެ ރީތި ސިފައެވެ.

އެ ޕާޓީތަކުން އެދިވަޑައިގެންނެވި ގޮތަށް ބައްދަލުކުރެއްވުމަށް ފަހު، އެ ޕާޓީތަކުގެ ހުރި ކަންބޮޑުންވުންތައް ސާފުކޮށް ރައީސް އޮޅުން ފިލުއްވިއެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ދެއްވީ ޕޮޒިޓިވް ޖަވާބުތަކެއް ކަމަށެވެ.

ރައީސް ސޯލިހް ވެސް ބޭނުންފުޅުވި ނަމަ، މަޝްވަރާކުރަންޖެހޭ ކަމެއް ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕާޓީތަކާ ބައްދަލުނުކުރެއްވުމަށް ބަހަނާތަކެއް ދެއްކެވުމުގެ ފުރުސަތު އެމަނިކުފާނަށް ވެސް އެބަ އޮތެވެ. ޕްރޮގްރެސިވް ކޯލީޝަނަކީ ރައީސް ސޯލިހްގެ ހަމުގެ ކުލައަށްދާންދެން އެމަނިކުފާނަށް ފާޑުކިޔައި، އެއްޗެހި ބުނަމުންގެންދާ ބައެކެވެ. އާއިލާގެ މެމްބަރުންނާއި، ތައުލީމީ ފެންވަރާއި، އެހެންގޮސް އޮތިއްޔާ އޮތް އެއްޗެއް އެ ބޭފުޅުން ރައީސް ސޯލިހަށް ގޮވާފައިވެއެވެ. ނަމަވެސް ޒާތީ ކަންކަން އެއް ފަރާތްކުރެއްވުމަށް ފަހު، ރައީސް ސޯލިހް ޤައުމީ މަސްލަހަތު އިސްކުރައްވާ މިންވަރު، އެމަނިކުފާނު އިދިކޮޅު ފަރާތްތަކާ ބައްދަލުކުރެއްވި ކުރެއްވުމުން ވެސް އެނގިގެން ގޮސްފައި ވެއެވެ.

މިގޮތަށް ގޮސް، ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. ބައްދަލުވުމަށް ފަހު ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން ދަސްކުރަންވީ ކަމަކީ މަޝްވަރާކުރުމަކީ ކަންކަން ހައްލުކުރެވޭނެ މަގެއް ކަމެވެ. ރައީސް ސޯލިހަކީ، އަބްދުﷲ ޔާމީން ފަދަ ހުދުމުތާރު އުސޫލުތަކެއް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމެވެ. އެމަނިކުފާނަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް މަޝްވަރާތަކަށް އިސްކަން ދެއްވި ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުގެ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ ވެސް އެމަނިކުފާނެވެ. އެ ތަޖުރިބާގެ ބޭނުންފުޅު މިހާރު ވެސް އެ ގެންދަވަނީ ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް