Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ

ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ ކަމަށް އުރީދޫ މޯލްޑިވްސް

އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވާނީ 4 އަދި 5 މާރޗުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 ފެބުރުއަރީ 2019 | އާދީއްތަ 12:35
ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގައި ސޮއިކުރުން

ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގައި ސޮއިކުރުން

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ ކަމަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

އުރީދޫ ހެޑްކުއާޓާސްގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، އުރީދޫ މޯލްޑިވްސް އަދި އެމް.އޭ.އެޗް.އާރް.ޕީ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެމް.އޭ.އެޗް.އާރް.ޕީގެ ފަރާތުން ސޮއިކުރެއްވީ އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް ހުސެން އަފީފްއެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އުރީދޫގެ ޑައިރެކްޓަރ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދުއެވެ.

އެޗް.އާރް ޕްރޮފެޝަނަލުންނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓު ކަމުގައިވާ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ގައި، މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި އިތުބާރުހުރި އެޗް.އާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތްތަކާއި، ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި، ރޭވުންތަކާއި، އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ހިއްސާކުރެވިގެންދާނެއެވެ.

އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް، ހުސެން އަފީފް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އިންތިޒާމު ކުރުމުގައި، އުރީދޫ މޯލްޑިވްސް އާއި ބައިވެރިވެވުމަކީ ލިބުނު ޚާއްސަ އުފަލެއް ކަމަށާއި މިކަމަށް އުރީދޫ ހޮވާފައިވަނީ، ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ފުރިހަމަ އެއް ކުންފުނީގެ ގޮތުގައި، އެޗް.އާރްގެ ދާއިރާއިން އައު އުސްމިންތައް ޙާސިލްކޮށްފައިވުމާއިއެކުގައި ކަމަށެވެ.

"މި ޕާޓްނާޝިޕްގެ ސަބަބުން އެމް.އޭ.އެޗް.އާރް.ޕީ އާއި އަޅުގަނޑުމެންގެ މެންބަރުންނަށް ވެސް ފައިދާކުރާނެކަމަށް އަޅުގަނޑު ގަބޫލުކުރަން." ހުސެން އަފީފް ވިދާޅުވިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު އުރީދޫގެ ޑައިރެކްޓަރ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު ވިދާޅުވީ ވިޔަފާރީގެ ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި އެޗް.އާރުގެ ދައުރު ވަނީ އަދުގެ ދުނިޔޭގައި އިތުރަށް މުހިންމުވެފައި ކަމަށާއި މިފަދަ ދަނޑިވަޅެއްގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ހިއުމަން ރިސޯސް ވިއުގަ ބިނާކޮށް، ކުރިއެރުވުމަށްޓަކައި، ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ ފަދަ ހަރަކާތްތައް ވަރަށްވެސް މުހިންމު ކަމަށެވެ.

"ޓައިޓަލް ސްޕޮންސާގެ ގޮތުގައި މި އެކްސްޕޯ އަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ، އުރީދޫ މޯލްޑިވްސް އަށް ލިބޭ ޚާއްސަ އުފަލެއް. އަދި އަޅުގަނޑުމެން އުއްމީދުކުރަނީ، ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގައި ބައިވެރިވާ އެންމެހާ އެޗް.އާރްގެ ފަންނުވެރިންނަށް މިއީ ވަރަށްވެސް ބޭނުންތެރި ތަޖުރިބާއަކަށް ވެގެންދާނެކަމަށް." މުހައްމަދު ޝާހިދު ވިދާޅުވިއެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަންގެ ފުރަތަމަ ހަރަކާތުގެ ތީމް އަކީ "ފިއުޗަރ އޮފް އެޗް.އާރް އަދި ވަރކް" ކަމަށްވެފައި، މައިގަނޑު ހަތަރު ދާއިރާ އަކަށް ސަމާލުކަން ދޭނެއެވެ.

މިއީ، މުވައްޒަފުންގެ ކުރިއެރުވުން އަދި އާދަކާދަ، މުވައްޒަފުންގެ ދުޅަހެޔޮކަން އަދި މަސައްކަތައް ހުންނަ ޝައުގުވެރިކަން، އެޗް.އާރުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމާއި އީޖާދުތައް، އަދި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި އެޗް.އާރުގެ ދައުރާއި މުސްތަޤްބަލުގެ މަސައްކަތްތަށް، މި ހަތަރު ދާއިރާ އެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ބޭއްވުމަށް ހަމަޖެހިފައިވާނީ 4 އަދި 5 މާރޗު 2019 ގައި، ދަރުބާރުގޭގައެވެ.

މި ކޮންވެންޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުން، https://form.jotform.me/90261142208446 މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު