Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާން

ސޫދާނުގެ ނައިބު ރައީސްކަމަށް އެ ޤައުމުގެ ދިފާއީ ވަޒީރު އައްޔަންކޮށްފި

24 ފެބުރުއަރީ 2019 | އާދީއްތަ 01:30

ސޫދާނުގައި ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 24 ފެބުރުއަރީ 2019 | އާދީއްތަ 01:30
ސޫދާނުގެ ދިފާއީ ވަޒީރު އަވާދު މުޙައްމަދު އަޙުމަދު އިބްނު އައުފް (ވ)، މިޞްރުގެ ދިފާއީ ވަޒީރު މުޙައްމަދު އަޙުމަދު ޒަކީ އާއި އެކު

ސޫދާނުގެ ދިފާއީ ވަޒީރު އަވާދު މުޙައްމަދު އަޙުމަދު އިބްނު އައުފް (ވ)، މިޞްރުގެ ދިފާއީ ވަޒީރު މުޙައްމަދު އަޙުމަދު ޒަކީ އާއި އެކު

ސޫދާނުގެ ނައިބު ރައީސް ކަމަށް އެ ޤައުމުގެ ދިފާއީ ވަޒީރު، އަވާދު މުޙައްމަދު އަޙުމަދު އިބްނު އައުފް އައްޔަންކޮށްފިއެވެ.

ސޫދާނުގެ ރިޔާސަތުން ހާމަކޮށްފައިވާ ގޮތުގައި އެޤައުމުގެ ނައިބު ރައީސްކަމަށް އަވާދު އައްޔަނުކޮށްފައިވަނީ ދިފާއީ ވަޒީރުގެ މަޤާމުވެސް ފުރުއްވާ ގޮތަށެވެ.

މިއީ ސޫދާނުގައި ނައިބު ރައީސްކަމަށް ބޭފުޅަކު އައްޔަނު ކުރި ފުރަތަމަ ފަހަރެވެ.

ސޫދާނުގެ ނައިބު ރައީސްގެ މަޤާމަށް އަވާދު އައްޔަނުކޮށްފައި މިވަނީ ހުކުރު ދުވަހު އެ ޤައުމުގެ މައި ސަރުކާރާއި ސަރަޙައްދީ ސަރުކާރުތައް އުވާލައްވައި، އެ ޤައުމުގެ ރައީސް އުމަރް އަލް ބަޝީރު އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ޤައުމުގައި ކުއްލި ހާލަތު އިއުލާނު ކުރައްވާފައި ވަނިކޮށެވެ.

ކުއްލި ހާލަތު އިއުލާނުކުރައްވައި މައި ސަރުކާރާއި ސަރަޙައްދީ ސަރުކާރުތައް އުވާލެއްވި ނަމަވެސް، ރައީސް ބަޝީރު ވަނީ އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރާއި، ފޮރިން މިނިސްޓަރު އަދި ޖަސްޓިސް މިނިސްޓަރުގެ މަޤާމު ދަމަހައްޓަވާފައެވެ.

ސަރުކާރު އުވާލައްވައި، ރައީސް ބަޝީރު ކުއްލި ހާލަތު އިޢުލާނު ކުރެއްވިއިރު، ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް ސޫދާނުގައި ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

ހުކުރު ދުވަހު ކުއްލި ހާލަތު އިއުލާނު ކުރުމާއި ހަމައަށްވެސް މުޒާހަރާތައް ކުރިއަށް ގޮސްފައިވާއިރު، ހުކުރު ނަމާދަށްފަހު ސޫދާނުގެ ވެރިރަށް ޚަރްތޫމްގައި ކުރިއަށްދިޔަ ބޮޑު މުޒާހަރާތައް ރޫލާލާފައިވަނީ ކަރުނަގޭސް ބޭނުންކޮށްގެންނެވެ.

ޑިސެމްބަރު މަހުން ފެށިގެން މިހާތަނަށް މި މުޒާހަރާތަކުގައި 60 މީހުން މަރުވެފައިވާ ކަމަށް އެކްޓިވިސްޓުން ބުނާއިރު، ސޫދާނު ސަރުކާރުން ބުނެފައިވަނީ މުޒާހަރާތަކުގައި މަރުވެފައިވަނީ 31 މީހުން ކަމަށެވެ. މީގެ އިތުރުން ބޮޑެތި ބާރުތަކެއް ދީފައިވާ ނޭޝަނަލް އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ސަރވިސް (އެންއައިއެސްއެސް) އިން ވަނީ އެތައް ސަތޭކަ މުޒާހިރީންނާއި، އިދިކޮޅު ލީޑަރުންނާއި، އެކްޓިވިސްޓުން އަދި ނޫސްވެރިން ހައްޔަރުކޮށް ޖަލަށް ލާފައެވެ.

ކުއްލި ހާލަތު އިއުލާނު ކުރުމާއިއެކު ސޫދާނުގެ ފުލުހުންނާއި، ސަލާމަތީ ބާރުތަކާއި އަސްކަރިއްޔާއަށް ހިފެހެއްޓުމެއް ނެތް ބާރުތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ވޮރަންޓަކާއި ނުލައި ބޭނުން މީހެއް ނުވަތަ ތަނެއް ބަލައި ފާސްކުރުމާއި، ތަންތަން ރެއިޑް ކުރުމާއި، ސަބަބެއް ބަޔާން ނުކޮށް މީހުން ހައްޔަރުކުރުން ހިމެނެއެވެ. ސަލާމަތީ ބާރުތަކަށް މި ބާރުތައް ލިބިގެން ދިއުމާއިއެކު، ރައީސް ބަޝީރާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކަށް ވަރަށް ބޮޑަށް ބުރޫ އަރައި، މުޒާހަރާތައް ހުއްޓުމުގެ ފުރުޞަތުވެސް އެބަ އޮތް ކަމަށް މުރާސިލުން ބުނެއެވެ.

ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގުރީރެއްގައި ކުއްލި ހާލަތު އިއުލާނުކުރެއްވުމަށްފަހު، ވޭތުވެދިޔަ މަސްތަކުގައި ރައީސް ބަޝީރުގެ ސަރުކާރަށް ބޮޑު ލޮޅުންތަކެއް ގެނައި މުޒާހަރާތަކަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުން އެދޭ އެދުމަކީ އެމަނިކުފާނު ބަލައިގަންނަ އެދުމެއް ކަމަށެވެ. ހުރިހާ ސިޔާސީ ޕާޓީތައް މަޝްވަރާގެ މޭޒަށް ޖަމާވުމަށް އެމަނިކުފާނު ގޮވާލައްވަމުން ގެންދަވާ ގޮވާލެއްވުން ތަކުރާރުކުރައްވާ ރައީސް ބަޝީރު ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ ސޫދާނުގެ ކުރިމަގު ކަމުގައިވާ ޒުވާނުންނާއިއެކު ކަމަށެވެ.

އަސްކަރީ ބަގާވާތަކުން 1989 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އޭގެ ފަހުންއޮޅުވާލާފައިވާ އިންތިޚާބުތަކަކުން ރައީސްކަމަށް އިންތިޚާބު ވެވަޑައިގެން ހުންނެވި ރައީސް ބަޝީރަކީ ދާރްފޫރްގައި ހިންގި ގަތުލުއާންމުގެ ކުށުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރުމަށް އަމުރުވެސް ނެރެފައިވާ ފަރާތެކެވެ. އެމެރިކާއިން ރައީސް ބަޝީރުގެ ސަރުކާރަކީ ޓެރަރިސްޓް ސަރުކާރެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން އެ ޤައުމަށް ލިބޭ އެތައް އެހީތަކެއް ހުއްޓި ސޫދާނުގެ އިޤުތިޞާދު އަޑިއަޅާލާފައިވާއިރު، އެ ޤައުމުގެ ރައްޔިތުން ދަނީ ފަޤީރު ކަމާއި ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2017

ޒިމްބާބްވޭގެ ޖަސްޓިސް މިނިސްޓަރު ކަމުން ނައިބު ރައީސް ވަކިކުރައްވައިފި

10 އޮކްޓޯބަރު 2017
ޒިމްބާބްވޭގެ ޖަސްޓިސް މިނިސްޓަރު ކަމުން ނައިބު ރައީސް ވަކިކުރައްވައިފި
03 އޮކްޓޯބަރު 2017

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރުގެ ނައިބު ފިއްލަވައިފި

03 އޮކްޓޯބަރު 2017
ކެމްބޯޑިއާގެ އިދިކޮޅު ލީޑަރުގެ ނައިބު ފިއްލަވައިފި
14 އޯގަސްޓު 2017

ވެނެޒުއޭލާއާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އަށް ނައިބު ރައީސް ޕެންސް ތާއިދު ކުރައްވައިފި

14 އޯގަސްޓު 2017
ވެނެޒުއޭލާއާ ބެހޭ ގޮތުން ރައީސް ޓްރަމްޕް އަށް ނައިބު ރައީސް ޕެންސް ތާއިދު ކުރައްވައިފި
11 އޯގަސްޓު 2017

ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި

11 އޯގަސްޓު 2017
ކެންޔާގެ ރިޔާސީ އިންތިޚާބު އެ ޤައުމުގެ މިހާރުގެ ރައީސް ކާމިޔާބު ކުރައްވައިފި
07 އޯގަސްޓު 2017

އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި

07 އޯގަސްޓު 2017
އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
22 ފެބުރުއަރީ 2017

އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި

22 ފެބުރުއަރީ 2017
އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް