Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެމްބޯޑިއާ

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރުގެ ނައިބު ފިއްލަވައިފި

އިދިކޮޅު ލީޑަރު ކެމް ސޯކާ ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ވަނީ ޤައުމަށް ޤައްދާރުވުމުގެ ތުޙުމަތު ކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 3 އޮކްޓޯބަރު 2017 | އަންގާރަ 17:28
ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީގެ ރައީސްގެ ނައިބު މޫ ސޯޗުއާ

ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީގެ ރައީސްގެ ނައިބު މޫ ސޯޗުއާ

ހައްޔަރު ކޮށްފައިވާ ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު، ކެމް ސޯކާގެ އިސް ނައިބެއް ކަމުގައިވާ، މޫ ސޯޗުއާ އެޤައުމު ދޫކުރައްވައި ފިއްލަވައިފިއެވެ.

އެކަމަނާ ފިއްލަވާފައި މިވަނީ، ނިމިގެންދިޔަ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީގެ ލީޑަރު ކެމް ސޯކާ ހައްޔަރުކޮށް، އިދިކޮޅު އެހެން ލީޑަރުންނަށްވެސް ބޮޑުވަޒީރު، ހުން ސެންގެ ސަރުކާރުން ގިނަ ފިއްތުންތަކެއް ކުރިމަތިކޮށްފައި ވަނިކޮށެވެ. ކެމް ސޯކާ ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ޤައުމަށް ޤައްދާރުވުމުގެ ތުޙުމަތު ކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، އެފަރާތްތަކަށް ސަރުކާރުން ކުރިމަތި ކުރަމުންދާ ހުރަސްތަކަކީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރާއި އިދިކޮޅު ހުރިހާ ފަރާތްތައް "ހުސްކޮށްލުމަށް" ކުރަމުންދާ ކަންކަން ކަމަށެވެ.

ޤައުމު ދޫކުރެއްވުމަށް ފަހު ރޮއިޓަރޒްއަށް ދެއްވި އިންޓަރވިއުއެއްގައި، އުމުރުފުޅުން މިހާރު 63 އަހަރުފުޅު ވެފައިވާ މޫ ސޯޗުއާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކެއް ނެތި، ޤައުމަށް ބިރުވެރިކަން ފެތުރިފައިވާ ކަމަށާ، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މެދުވެސް މާބޮޑު އުއްމީދެއް ނެތް ކަމަށެވެ.

އެކަމަނާ ވިދާޅުވީ، މިހާރު ޤާއިމް ވެފައިވާ ޑިކްޓޭޓަރޝިޕާއި ދެކޮޅަށް ބަހެއް ބުނުމުގެ ފުރުސަތު އެއްކޮށް ގެއްލިގެންދާ ވަރަށް އެ ޤައުމުގެ ޑިމޮކްރަސީ ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ކެމްބޯޑިއާ ސަރުކާރުގެ ތަރުޖަމާނު، ފޭ ސައިފަން ވިދާޅުވީ، މޫ ސޯޗުއާ ޤައުމު ދޫކުރައްވައި ފިއްލެވުމަކީ އެކަމަނާގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށާ، އެކަމަނާ ހައްޔަރުކުރުމަށް ސަރުކާރުން މަސައްކަތްކުރާކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

ނިމިގެންދިޔަ މަހު މޫ ސޯޗުއާ ހައްޔަރުކުރި ފަހުން، ސަރުކާރުގެ އަނިޔާވެރިކަމަށް ފިއްލެވުމަށް، ކެމްބޯޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ވަނީ ފިއްލަވައިގެން އެ ޤައުމުން ބޭރަށް ވަޑައިގެންފައެވެ.

ކެމްބޯޑިއާ ސަރުކާރުން ހިންގަމުންދާ ކަންކަމާއި ދެކޮޅަށް ހުޅަނގުގެ ބާރުތަކުން ވާހަކަ ދައްކާފައިވާއިރު، ސަރަހައްދީ އެންމެ ބޮޑު އެއް ބާރު ކަމުގައިވާ ޗައިނާއިން ވަނީ ކެމްބޯޑިއާ ސަރުކާރަށް ތާޢިދުކޮށް ވާހަކަ ދައްކާފައެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި

13 ޖޫން 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު 30 ދުވަހަށް ބަންދުގައި ބަހަޓަން ނިންމައިފި
05 މެއި 2017

އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް

05 މެއި 2017
އީރާނު ބައްސާ އެއްބަސްވުމެއް ބޭނުމެއް ނޫން: ސީރިއާގެ އިދިކޮޅުފަރާތްތައް
21 އެޕްރީލު 2017

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2017
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
09 އެޕްރީލު 2017

ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް

09 އެޕްރީލު 2017
ވެނުޒުއޭލާގެ އިދިކޮޅު ފަރާތްތައް މަގުމައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު