Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާޅުގަނޑު ސަރަހައްދު

ރާޅުގަނޑު ސަރަހައްދު ސާފު ކުރުުމުގެ ހަރަކާތް ފަށައިފި

23 ފެބުރުއަރީ 2019 | ހޮނިހިރު 14:51

ރާޅުގަނޑު ސަރަހައްދުގެ މޫދުގައި ގިނަ އަދަދެއްގެ ދަގަނޑު އެބަހުރި

މިއުނާ ހަސަން
މިއުނާ ހަސަން | 23 ފެބުރުއަރީ 2019 | ހޮނިހިރު 14:51
ރާޅުގަނޑު ސަރަހައްދު ސާފުކުރުމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައް

ރާޅުގަނޑު ސަރަހައްދު ސާފުކުރުމުގައި ހަރަކާތްތެރިވި ބައެއް ފަރާތްތައް

ރާޅުގަނޑު ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު ފެށި މިހަރަކާތަކީ ރާޅާ އެޅުންތެރިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

Advertisement - newsAdvertisement

ބްރިޖު ހެދުމުގެ މަސައްކަތަށްފަހު ރާޅުގަނޑު ސަރަހައްދުގެ މޫދުގައި ގިނަ އަދަދެއްގެ ދަގަނޑު ހުރިއިރު މީގެ ކުރިން ސަރުކާރުން ވަނީ އެސަރަހައްދުގައި ރާޅާއެޅުން ރައްކާތެރި ނޫންކަމަށް ބުނެ އެ ސަރަޙައްދު ބަންދުކޮށްފައެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު އޭރު ބުނެފައިވަނީ އެޕްރޯޗު ބްރިޖުގެ ބައިތައް ނަގަން ނިމިގެންދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން 6 މަސްދުވަސް ކޮންޓްރެކްޓަރަށް ދީފައިވާކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް އެ ބައިތައް ނަގާފައެއް ނުވެއެވެ.

ރާޅުގަނޑު ސަރަހައްދުގެ މޫދުން ނަގާފައިވާ ދަގަނޑުގެ ބައިތަކެއް

މޯލްޑިވްސް ބޮޑީ ބޯރޑިންގް އެސޯސިއޭޝަނުން ވަނީ އެކި ފަހަރުމަތިން ރާޅުގަނޑު ސަރަހައްދު ސާފުކޮށްދިނުމަށް އެދިފައެވެ. އެހެން ނަމަވެސް ކަމާބެހޭ ފަރާތްތަކުން އެދެވޭ އެއްބާރުލުމެއް ނުލިބުމުން ހޮނިހިރު ދުވަހުގެ ސާފުކުރުމުގެ ހަރަކާތް ރާޅާއެޅުންތެރިން އަމިއްލައަށް އިސްނަގައިން ފެށީއެވެ.

ހޮނިހިރު ދުވަހުގެ ހަރަކާތާއި ގުޅޭގޮތުން މީޑިއާއަށް މައުލުންމާތު ދެމުން މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމަށްވާ އަޙުމަދު އަރީފް ބުނީ، ރާޅުގަނޑު ސަރަހައްދު މޫދަށް އަޅާފައިވާ ދަގަނޑުތަށް ނަގައިދިނުމަށް އެދި ކަމާބެހޭ ހުރިހާ ފަރާތްތަކާއިއެކު، އެކިފަހަރުމަތިން މަޝްވަރާ ކުރި ކަމަށާއި، ނަމަވެސް އެކަމަށް މާބޮޑު ތަރުހީބެއް ލިބިފައި ނުވާކަމަށެވެ.

މޫދުގަިއި ހުރި އެޕްރޯޗް ބްރިޖުގެ ބައިތައް

މި ހަރަކާތުގައި ބައިވެރިވި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ފެކަލްޓީ އޮފް މެރިން ސްޓަޑީޒްގެ ޑީން ޝައްމަ ހަމީދު ވިދާޅުވީ ރާޅުގަނޑު ސާފު ކުރުމުގެ ހަރަކާތުގައި ވިލާ ކޮލެޖުން ބައިވެރިވީ ހޭލުންތެރިކަން އިތުރުކުރުމަށާއި އަދި ރާޅާއަޅާ ސަރަހައްދުގައި ރާޅާއަޅާ ކުދިންގެ ފުރާނައަށް ނުރައްކާވާ ފަދަ ދަގަނޑާއި އެޕްރޯޗު ބްރިޖުގެ ބައިތައް ހުރުމުން ކަމަށެވެ.

ޑައިވަރުންނާއި މޫދުގެ ކުޅިވަރުތަކަށް ކުދިން ޓްރެއިން ކުރާ ބައެއްގެ ހައިސިއްޔަތުން އެފަދަ އިވެންޓެއްގައި އެއްބާރުލުން ދިނުން މުހިއްމުކަމަށްވެސް ޝައްމަ ވިދާޅުވިއެވެ.

ޝައްމަ އިތުރަށް ވިދާޅުވީ މިހިސާބުން މިކަން ނިންމާނުލާ މޫދަށް ކުނި ނޭޅުމާއި، ކުރިން އަޅާފައިވާ ގެއްލުން ލިބޭފަދަ ތަކެތި ނެގުން މުހިންމު ކަމަށެވެ.

ވިލާގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސާރވިސްގެ މެރިން ޑިޕާރޓްމަންޓާއި، ކޯސްޓްގާޑު އަދި ޑައިވަރުންގެ އިތުރުން އާންމުން ވަނީ މިހަރަކާތުގައި ބައިވެރިވެފައެެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް