Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ގަލީ ބޯއީ 100 ކްރޯޑް ކުލަބަށް!

23 ފެބުރުއަރީ 2019 | ހޮނިހިރު 13:19

މި ފިލްމް ވެގެން ގޮސްފައިވަނީ އާލިއާ ބަޓް ކުޅުން ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 23 ފެބުރުއަރީ 2019 | ހޮނިހިރު 13:19
އާލިއާ ބަޓް އާއި ރަންވީރު ސިންގް

އާލިއާ ބަޓް އާއި ރަންވީރު ސިންގް

ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ގަލީ ބޯއީ" ވަނީ ފިލްމް ރިލީޒް ކުރިތާ އަށް ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި 100 ކްރޯޑް ކްލަބަށް ވަދެފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވާގޮތުން "ގަލީ ބޯއީ" ރިލީޒް ކުރި ބުރާސްފަތި ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 19.40 ކްރޯޑް ރުޕީސްއެވެ. އަދި ހުކުރު ދުވަހު 13.10 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހޮނިހިރު ދުވަހު ލިބިފައި ވަނީ 18.65 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު މި ފިލްމަށް ލިބިފައި ވަނީ 21.30 ކްރޯޑް ރުޕީސްއެވެ. ހޯމަދުވަހު 8.65 ކްރޯޑް ރުޕީސް ލިބިފައިވާއިރު އަންގާރާދުވަހު ލިބިފައި ވަނީ 8.05 ކްރޯޑް ރުޕީސް، ބުދަ ދުވަހު 6.05 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި އަށް ވަނަ ދުވަހު ލިބުނު އާމްދަނީ އާއި އެކު 99 ކްރޯޑަށް އަރާފއިވާއިރު ނުވަ ވަނަ ދުވަހު ވަނީ 3.75 ކްރޯޑް ރުޕީސް ލިބިފައެވެ.

އެހެން ކަމުން މިފިލްމަށް ޖުމްލަ ލިބުނު އާމްދަނީ މިހާރު ވަނީ ސަތޭކަ ކްރޯޑަށް އަރާފައެވެ.

ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ "ގަލީ ބޯއީ"ގައި ދައްކުވައިދެނީ އިންޑިއާގެ ރަށްފުށުގެ ފަގީރު އާއިލާއެއްގެ ޒުވާނަކު ކާމިޔާބު ރެޕާއަކަށް ބަދަލުވެގެންދާގޮތެވެ. ބާލިން ފިލްމު ފެސްޓިވަލްގައި މި މަހުގެ 9 ވަނަ ދުވަހު ޕްރިމިއާކޮށްގެން ގިނަ ބައެއްގެ ތައުރީފު ވެސް އޮހުނު "ގަލީ ބޯއި"އަކީ އިންޑިއާގެ މަގުމަތިން އުފަންވި ކާމިޔާބު ދެ ރެޕުން ކަމަށްވާ ނައޭޒީ އާއި ޑިވައިންގެ ވާހަކައިން އިންސްޕަޔާވެގެން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމް ވެގެން ގޮސްފައިވަނީ އާލިއާ ބަޓް ކުޅުން ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2018

ސީކްރެޓް ސުޕަސްޓާއަށް ޗައިނާއިން 100 މިލިއަން ޑޮލަރު

11 ފެބުރުއަރީ 2018
ސީކްރެޓް ސުޕަސްޓާއަށް ޗައިނާއިން 100 މިލިއަން ޑޮލަރު
29 ޖެނުއަރީ 2018

ޕަދްމާވަތަށް 100 ކުރޯޑް އިންޑިއަން ރުޕީސް

29 ޖެނުއަރީ 2018
ޕަދްމާވަތަށް 100 ކުރޯޑް އިންޑިއަން ރުޕީސް
09 އޯގަސްޓު 2017

ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް

09 އޯގަސްޓު 2017
ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް
08 މެއި 2017

"ޓިއުބް ލައިޓް" އަކީ "ލިޓިލް ބޯއީ" ގެ ކޮޕީއެއް!

08 މެއި 2017
"ޓިއުބް ލައިޓް" އަކީ "ލިޓިލް ބޯއީ" ގެ ކޮޕީއެއް!
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
02 ފެބުރުއަރީ 2017

ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ

02 ފެބުރުއަރީ 2017
ހަފްތާއެއްގެ ތެރޭގައި "ރައީސް" އަށް 215 ކްރޯޑް ރުޕީސް ލިބިއްޖެ
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
17 ޖެނުއަރީ 2017

ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

17 ޖެނުއަރީ 2017
ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް