Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިިންޑިއާ - ޕާކިސްތާން

އިންޑިއާ ސިފައިންނަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރަން: އދ. ސެކިއުރިޓީ ކައުންސިލް

ޗައިނާ އިން ވަނީ ގަރާރު ނެރުމަށް ހުރަސް އަޅާފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2019 | ހުކުރު 12:23
އދ. ސެކުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިޔަށް ދަނީ

އދ. ސެކުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިޔަށް ދަނީ

އިންޑިއާގެ ޕެރެމިލިޓަރީ ސިފައިންނަށް އަމާޒުކޮށް މި މަހުގެ 14 ވަނަ ދުވަހު ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތުން ދިން ހަމަލާ އދ.ގެ ސެކިއުރިޓީ ކައުންސިލް އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިންޑިއާގެ ކަޝްމީރުގައި ހަރަކާތްތެރިވާ ސިފައިންނަށް އަމާޒުކޮށް ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޖައެޝް-އީ މުހައްމަދު ކިޔާ ޖަމާއަތަކުން ދިން ހަމަލާގައި އިންޑިއާގެ ސެންޓްރަލް ރިޒާވް ފޯސްގެ 40 ސިފައިން ވަނީ މަރާލާފައެވެ.

އެ ހަމަލާ ކުށްވެރިކޮށް އދ.ގެ ސެކިއުރިޓީ ކައުންސިލުން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ވަނީ, އެކަން ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް ގޮވާލާފައެވެ. އަދި ޓެރިރިޒަމްގެ އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށާއި، ދުނިޔޭގެ ހަމަނުޖެހުމަށް އެންމެ ބޮޑު ބިރަކަށްވެފައި އޮންނަނީ ޓެރަރިޒަމް ކަމަށްވެސް ބަޔާނުގައިވެއެވެ.

ސެކުއިރިޓީ ކައުންސިލުން ބަޔާން ނެރެފައިވާއިރު އެ ކައުންސިލްގެ ދާއިމީ މެމްބަރެއްގެ އިތުރުން ޕާކިސްތާނުގެ އެކުވެރި ޗައިނާ އިން ޕާކިސްތާނާއި ދެކޮޅަށް ބަޔާން ނެރުމަށް ހުރަސް އަޅަން މަސައްކަތް ކޮށްފައިވެއެވެ.

ޖައެޝް–އީ މުހައްމަދު ޖަމާއަތުގެ ލީޑަރު މައުލާނާ މަސްއޫދު އަޒްހަރު

ކައުންސިލްގެ ދާއިމީ މެމްބަރެއްގެ ހައިސިއްޔަތުން ގަރާރުތައް ވީޓޯ ކުރުމުގެ ބާރު ޗައިނާ އަށް ލިބިގެންވެއެވެ.

ޖައެޝް–އީ މުހައްމަދު ޖަމާއަތުގެ ލީޑަރު މައުލާނާ މަސްއޫދު އަޒްހަރު އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައިދެން ޔޫއެން ކައުންސިލްގެ 1267 ކޮމިޓީ އަށް އިންޑިއާއިން މީގެ ކުރިން އެތައް ފަހަރަކު ހުށައަޅާފައިވާއިރު، އެކަން ބޮލްކް ކުރުމަށް ޗައިނާ އިން ވަނީ މަސައްކަތް ކޮށްފައެވެ.

ވަގު އައިޑެންޓިޓީ ކަޑެއް ބޭނުންކޮށްގެން އިންޑިއާގެ ސްރީނަގަރް އަށް ދަތުރު ކުރަމުން ދަނިކޮށް އަޒްހަރު އަތުލައިގެންފައި ވަނީ 1994 ވަނަ އަހަރުއެވެ. އޭގެ ހަތަރު އަހަރު ފަހުން 1999 ވަނަ އަހަރު ޕާކިސްތާނުން އިންޑިއާގެ ފްލައިޓެއް ހައިޖެކްކޮށް އެ ފްލައިޓަ ގައި ތިބި މީހުން ދޫކޮށްލާނީ އަޒްހަރު ދޫކޮށްލުމުން ކަމަށް ޕާކިސްތާނުން ޑިމާންޑް ކުރުމުން، އިންޑިއާއިން ވަނީ އޭނާ ދޫކޮށްލާފައެވެ. ޗައިނާ އިން ޕާކިސްތާނާއި އެއްކޮޅަށް ބަޢިއަތުހިފައި އަޒްހަރު އަކީ ކުށެއް ކޮށްފައި ނުވާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށް އިންޑިއާއިން ދަނީ ތުހުމަތު ކުރަމުންނެވެ.

ޖައޭޝް-އީ ޖަމާއަތުން ދިން ހަމަލާއި ގުޅިގެން ޗައިނާއިން ވެސް ވަނީ އެކަމުގައި ހިތާމަ ފާޅުކޮށް އިންޑިއާގެ ފޮރިން މިނިސްޓަރ ޝުޝްމާ ސްވަރާޖް އަށް މެސެޖެއް ފޮނުވާފައެވެ. އެހެން ނަމަވެސް އެ މެސެޖްގައި އެއްވެސް ވަރަކަށް ޕާކިސްތާން ކުށްވެރި ކޮށްފައި ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

އިންޑިއާގެ ޖުމްހޫރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

26 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު