Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް އޮތޯރިޓީ

ހެލްމެޓް ބަހާ ޕްރޮގްރާމް އަންނަ ހޮނިހިރުދުވަހު ފަށަނީ

22 ފެބުރުއަރީ 2019 | ހުކުރު 06:28

ހެލްމެޓް ލިބެނީ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 22 ފެބުރުއަރީ 2019 | ހުކުރު 06:28
މި އަހަރުގެ މިހާތަނަށް ސިނަމާލެ ބްރިޖްގައި ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފައި

މި އަހަރުގެ މިހާތަނަށް ސިނަމާލެ ބްރިޖްގައި ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފައި

އަންނަ މަހު 10 ދުވަހުން ފެށިގެން ސިނަމާލެ ބްރިޖް ހުރަސްކުރާ ފަރާތްތަކުން ހެލްމެޓް އަޅަން މަޖްބޫރުކޮށްފައިވާއިރު، އާންމުންނަށް ހެލްމެޓް ބަހާ ޕްރޮގްރާމް އަންނަ ހޮހިރު ދުވަހު ފަށާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފިއެވެ.

ހިލޭ ހެލްމެޓް ލިބެނީ އެއްގަމު އުޅަނދު ދުއްވުމުގައި، މަގުމަތީގެ އަހުލާގާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހު ބާއްވާ، ދެ ގަޑިއިރުގެ ތަމްރީން ސެޝަނެއްގައި ބައިވެރިވެ އެ ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ ސަރަހައްދުތަކުގައެވެ. އެއީ މާލެ، އައްޑޫސިޓީ އަދި ލ. އަތޮޅުގެ ގުޅިފައިވާ ރަށްރަށެވެ. އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ހިލޭ ހެލްމެޓު ލިބޭ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް، އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ނަން ނޯޓްކުރެވޭނެ ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5،000 ހެލްމެޓް ބަހަން ވަނީ ނިންމައިފައިވާއިރު، އެ ގެނެސްދޭނެ ބަޔަކު ހޯދަން 23 ޖެނުއަރީގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް ނާޅައި، ބްރިޖް ހުރަސްކޮށް ދަތުރުކުރާ ނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ބްރިޖް މަތީގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގަމުންދާއިރު، އެ އެކްސިޑެންޓްތަކުގައި ބޮލަށް ލިބޭ އަނިޔާތައް ގިނަކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް