Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ޓެރަރިޒަމް

ޓެރަރިޒަމާއި ދެކޮޅު މަސައްކަތް ވަރުގަދަކޮށް، ބޮން ހޯދުމަށް ޚާއްސަ ކުއްތާ ރާއްޖެއަށް ގެންނަނީ

22 ފެބުރުއަރީ 2019 | ހުކުރު 00:01

ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގައި ތިބި ފަރާތްތަކަށް ޒަމާނީ ތަމްރީނު ދޭނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 ފެބުރުއަރީ 2019 | ހުކުރު 00:01
ގޮވާ ތަކެތި ހޯދުމަށް ތަމްރީނުކޮށްފައިވާ ކުއްތާއެއް މަތންދާ ބޯޓެއް ބަލައި ފާސްކުރަނީ

ގޮވާ ތަކެތި ހޯދުމަށް ތަމްރީނުކޮށްފައިވާ ކުއްތާއެއް މަތންދާ ބޯޓެއް ބަލައި ފާސްކުރަނީ

ރާއްޖޭގައި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކޮށް، ގޮވާތަކެތި ހޯދުމަށް ތަމްރީނުކޮށްފައިވާ ކުއްތާ ރާއްޖެއަށް ގެނައުމަށް އެއްބަސްވެ، އެމެރިކާ އާއި އެކު ދިވެހިރާއްޖެއިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއިއެކު ސޮއިކުރައްވާފައިވަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން އިތުރު ކުރުމާއި ގުޅޭ ފަހުމުނާމާއެއްގައެވެ.

Advertisement - newsAdvertisement

މި ފަހުމުނާމާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޝާހިދެވެ. އެމެރިކާގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ޑެޕިއުޓީ ކޯޑިނޭޓަރ އޮން ކައުންޓަރ ޓެރަރިޒަމް، އެލީނާ ރާމަނޯވްސްކީއެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ، ޓެރަރިޒަމް އަކީ މުޅި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، ހުރިހާ ޤައުމަކުން ގުޅިގެން މިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި އެމެރިކާގެ އިސްނެގުމަށް ޝުކުރު އަދާކުރައްވައި، ޝާހިދު ވިދާޅުވީ، މި ދާއިރާއިން އިތުރު އެއްބސްވުންތައްވެސް އެމެރިކާ އާއި އެކު ޤާއިމް ކުރާނެ ކަމަށެވެ.

އެމެރިކާގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވި އެލީނާ ވިދާޅުވީ، މިފަދަ އެއްބަސްވުންތަކުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ކުރެވޭ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

ދިވެހިރާއްޖެ އާއި އެމެރިކާއާއި ދެމެދު ޤާއިމް ކުރެވުނު މި ފަހުމުނާމާގެ ދަށުން، ރާއްޖޭގައި ހުރި މި ދާއިރާގެ އެކި މުއައްސަސާތައް އިތުރަށް ހަރުދަނާކޮށް، އެތަންތަނުގައި ތިބި މުވައްޒަފުންނަށް ޒަމާނާއި ގުޅޭ ތަމްރީނުތައް ދެވޭނެއެވެ. އަދި އެފަދަ މުއައްސަސާތަކަށް ޓެރަރިޒަމް ހުއްޓުވުމަށް ޞޭނުންކުރާނެ އެކި ވަސީލަތްތައްވެސް މި ފަހުމުނާމާގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގޮވާތަކެތި ހޯދުމަށް ޚާއްސަ، އެކަމަށް ތަމްރީނުކޮށްފައިވާ ކުއްތާ ދިވެހިރާއްޖޭގައި ބޭނުންކުރަން ފަށާނެއެވެ. އަދި ހަމަ މިއާއިއެކު މި ފަހުމުނާމާގެ ދަށުން ރާއްޖޭގެ އެއާޕޯޓްތަކުގައި ސެކިއުރިޓީ އެޑްވައިޒަރުން ބޭތިއްބުމަށްވެސް ވަނީ އެއްބަސްވެފައެވެ.

އެމެރިކާއަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް މިނިސްޓަރ ޝާހިދު އެމެރިކާއިން ފުރާވަޑައިގެންނެވީ ބުރާސްފަތި ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް