Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މާދަރީ ބަހުގެ ދުވަސް

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

މާދަރީ ބަސް ފާހަގަކުރަން ފަށާފައިވަނީ 1999 ވަނަ އަހަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2019 | ބުރާސްފަތި 19:13
މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން

މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން

މީގެ ހަފްތާއެއް ކުރީގެ ދުވަހެއްގައި ދިމާވި ކަމެކެވެ. އާއިލާ މީހަކު ގުޅާފައި މާލެއިން ރަށަށްދާ ދޯނިން ވަރަށް އަވަހަށް އެއްޗެއް ފޮނުވައިދެވޭނެތޯ އެހިއެވެ. ކޮން އެއްޗެއްތޯ އަހާލުމުން ބުނީ ގްރޭޑް 4 ގައި ކިޔަވާ އަންހެން ކުއްޖަކަށް ރީތި ދިވެހި ލިބާހެއް ބޭނުންވާ ކަމަށާއި، ފިރިހެން ކުއްޖަކަށް ހެއުވަރު ރީތި މުންޑެއް ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. ބުރާސްފަތި ދުވަހު ސުކޫލަށް ދިއުމުގެ ކުރިން ކޮންމެހެންވެސް ބޭނުންވާ ކަމަށްވެސް ބުންޏެވެ.

ވެގެންއުޅޭ ގޮތް ސާފުވެއްޖެއެވެ. މިއަދަކީ 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހެވެ. ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ. ބައެއް ސުކޫލުތަކުގެ ކުދިން މިއަދު ސުކޫލަށް ދިޔައީ ރީތި ދިވެހި ހެދުމުގައެވެ. ސުކޫލުތަކުން ފެންނަނީ ސަގާފީ ދިވެހި ލިބާހާއި، ދިގު ހެދުމުގައި ތިބޭ ކުދިންނެވެ. ބައެއް ސުކޫލުތަކުގައި ޅެން ކިއުމާއި، ވާހަކަދެއްކުމުގެ މުބާރާތްތަކާއި އެކި އެކި އަދަބީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. ބައެއް ސުކޫލުތަކުން މާދަރީ ބަހުގެ ދުވަހަށް ޚާއްސަކޮށް އަދަބީ ހަރަކާތްތައް ހިމަނައިގެން ޚާއްސަ ރަސްމިއްޔާތުުތަކެއް ބާއްވަން ވެސް ހަމަޖެހިފައިވާ ކަމަށްވެއެވެ.

ބައެއް ސުކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން

ސުކޫލުތަކުން މިފަދަ ބޮޑެތި ތައްޔާރީތައް ވަމުންދާއިރު، އުފެދޭ ސުވާލަކީ މާދަރީ ބަސް ފާހަގަކުރަނީ ކީއްވެގެންތޯއެވެ؟ މާދަރީބަސް ފާހަގަކުރަންފެށި ސަބަބު އެނގެނީ ކިތައް ކުދިންނަށްތޯ؟ ނުވަތަ މާދަރީ ބަސް ފާހަގަކުރަން ސަގާފީީ ދިވެހި ހެނދުން ލައިގެން އެއް ދުވަހަށް ދެމިގެންދާ ގޮޮތަށް އަދަބީ ޚަރަކާތްތަކެއް ކުރިއަށް ގެންދިއުމުން ފުދޭތޯއެވެ ؟

މާދަރީ ބަހުގެ ހަރަކާތްތައް ބައެއް ސުކޫލުތަކުގައި ކުރިއަށްގެންދިއުން

މާދަރީ ބަސް ފާހަގަކުރަން ފެށުނީ ކިހިނެއް ؟

އެންމެ ފުރަތަމަ މާދަރީ ބަސް ބައިނަލްއަޤުވާމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ 1999 ވަނަ އަހަރުގައެވެ. އެއީ ޕާކިސްތާނުގެ ޤައުމީ ބަސް ކަނޑައެޅުމުގެ ތެރޭގައި 21 ފެބުރުވަރީ 1952 ގައި ހިނގާ ދިޔަ ހާދިސާއެއްގެ ސަަބަބުންނެވެ. އެއީ މިހާރުގެ ބަނގްލަދޭޝް ނުވަތަ ބަންގާޅެވެ. ބަންގާޅުގެ ދަރިވަރުންތަކެއް އެ ދުވަހު ވަނީ އެމީހުންގެ މާދަރީ ބަހަށްޓަކައި ގުރުބާން ވެފައެވެ. ގައުމީ ބަސް ކަނޑައެޅުމާ ބެހޭ ގޮތުން އެ ޤައުމުގައި ފެށުނު އެއްވުންތައް މުޒާހަރާއަކަށް ބަދަލުވެ، ބޮޑެތި ލޭއޮހޮރުވުން ތަކަކަށް ބަދަލުވެގެން ދިޔައެވެ. އެގޮތުން ގިިނަ ދަރިވަރުންތަކަކާއި ޒުވާނުންތަކެއް އެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔެ ދޫކޮށް ދާންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން، ޕާކިސްތާނުގައި އޭރު ޤައުމީ ބަހުގެ ގޮތުގައި ކަނޑައަޅާފައިވާ އުރުދޫ ބަހާ އެއްގޮތަށް ބަންގާޅު ބަހަކީ ވެސް މާދަރީ ބަހެއްގެ ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.

އެހާދިސާތަކާ ގުޅިގެން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަސް މާދަރީ ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ޔުނެސްކޯއިން ނިންމާފައިވަނީ 1999 ވަނަ އަހަރުގައެވެ.

ރާއްޖޭގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން

ރާއްޖޭގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރާ ގޮތާ ގުޅޭގޮތުން ދިވެހި ބަހުގެ އެކަޑަމީގެ މެމްބަރު މުހައްމަދު އާމިރު (ފަރެސް އާމިރު) ވިދާޅުވީ، ރާއްޖޭގައި މިހާރު މާދަރީ ބަހުގެ ދުވަސް ފާހަގަކުރާ ގޮތުން ސަގާފަތް ރައްކާތެރި ކުރެވުމުގެ މަޤްސަދު ކޮންމެވެސް ވަރަކަށް ހާސިލުވާ ކަމަށާއި ނަމަވެސް މާދަރީ ބަސް ރައްކާތެރި ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.

" އަޅުގަނޑުމެން ގޮތްގޮތަށް ހެނދުންއަޅާ ނަށާ ހެދީމާ އެއްކަލަ މިދެންނެވި ބޮޑު މަޤްސަދުގެ ތެރެއިން ވަރަށް ކުޑަ އެތިކޮޅެއް އެ ނެގެނީ. އެހެން ނޫންތޯ ؟ އެދަނީ ސަޤާފަތުގެ ބައެއް އެކަނި. އެހެންވީމާ، ބަހުގެ އަސްލު މި އަންނަނީ، އާޚިރު ނަތީޖާ މި އަންނަނީ ވިސްނުމަށް. ވިސްނަން ދަސްކޮށްދޭ، ވިސްނުން ފުޅާކޮށްދޭ ، ވިސްނުން ލިބިގަނެވި މިކަންކަމުގެ ތެރެއަށް މިދަނީ. އެހެންވީމާ އެ މަޤްސަދަށް ފަހިނުވާ ކަމަށް ވާނަމަ އެ ކުރެވެނީކީ އަޅުގަނޑުމެން ކުރަން އޮންނަ ކަންތަކެއް ނޫން. " އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، ސަޤާފަތް ރައްކާތެރި ކުރުމުގެ އިތުރުން މާދަރީ ބަސް ފާހަގަކުުރާ ސަބަބާއި، މާދަރީ ބަސް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭނެ ކަންކަމަށް ވިސްނުން މާ މުހިއްމު ކަމަށެވެ.

މާދަރީ ބަސް ފާހަގަކުރާތާ 19 އަހަރުވެފައިވާއިރު، ރާއްޖޭގެ މާދަރީ ބަސް ކަމަށްވާ ދިވެހި ބަހަށް ސުކޫލު ކުދިން އަހުލުވެރި މިންވަރާއި، ދިވެހި ބަސް ހިމާޔަތް ކުރެވިފައިވަނީ ކިހާ ވަރަކަށްކަމާ މެދު މިވަނީ ސުވާލު އުފެދިފައެވެ. ބަނގްލަދޭޝް މީހުން ސެކަންޑަރީ ބަހެއްގެ ގޮތުގައި އެމީހުންގެ މާދަރީ ބަސް ނުބޭއްވުމަށް ކުރި މަސައްކަތްތަކަށް ފަހު މާދަރީ ބަސް ފާހަގަކުރާއިރު، ދިވެހި ބަސްވެސް ސެކަންޑަރީ ބަހަކަށް ވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަމިއްލަ ދިވެހި ބަހަށްވުރެ ވާހަކަ ދައްކާލުމަށާއި، ޝުއޫރުތައް ފާޅުކުރުމަށް އެހެން ބަސްބަސް ދިވެހިންނަށް މާ ކަމުދާން ފަށައިފިހެން ހީވެއެވެ. ދިވެހިންނަށް އަސަރާއި ފޮނިކަން ދިވެހި ބަހަށްވުރެ އެހެން ބަސްތަކުން މާ ބޮޑަށް ފެންނަހެންވެސް ހީވެއެވެ. މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރާއިރު މިކަންކަމާ ވިސްނާލުން މުހިއްމު ނޫންބާއެވެ ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު