ރައީސް ސޯލިހު ގއ. ވިލިނގިލި، ކޫއްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
20 ފެބުރުއަރީ 2019 | ބުދަ 23:40މިއީ މަސްދޯނި އެކައުންޓް އިފްތިތާޙްކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެއް

އަމްނާ އިމާދު | 20 ފެބުރުއަރީ 2019 | ބުދަ 23:40

ރައީސް ސޯލިހު ކޫއްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށާއި ކޫއްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހު މާލެ ވަޑައިގެންނެވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ކޫއްޑުގައި ބޭއްވި "މަސްދޯނި އެކައުންޓް" އިފްތިތާޙްކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާއި، ވިލިނގިލި ކައުންސިލާއި، ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވިއެވެ.









