Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ކޯޓު

ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި

ވަޒީފާއިން ވަކި ކުރީ އަދުލުވެރިކަމާ އެކު ނޫން ކަމަށް ސަރުކާރުން އެއްބަސްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2019 | ބުދަ 13:34
އިބްރާހިމް ސިމާދު: - އަލުން އަނބުރާ އޭނާއަށް ވަޒީފާދޭން ވަނީ އަންގާފައި

އިބްރާހިމް ސިމާދު: - އަލުން އަނބުރާ އޭނާއަށް ވަޒީފާދޭން ވަނީ އަންގާފައި

މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރަށް ފަހު ސިފައިންގެއިން ވަކިކުރި މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް ސިމާދަށް އަނބުރާ ވަޒިފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ސިމާދު ވަޒީފާ އަނބުރާ ދިނުމުގެ އިތުރުން އޭނާ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން މިހާތަނަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 212,210.36 (ދެ ލައްކަ ބާރަހާސް ދުއިސައްތަ ދިހަ ރުފިޔާ ތިރީސް ހަ ލާރި) ދިނުމަށް ވެސް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފައި ވެއެވެ. އެ ފައިސާ ދޭން އަންގާފައި ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކަށް ޖެހޭ ވަރަށް ވުރެ މަދު ނޫން އަދަކަކަށް ދައްކައިގެންނެވެ. އަދި އެހެންމެ ވަޒީފާ އިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމަށް ހުކުމް ކުރި ދުވަހާ ހަމައަށް ފާއިތުވި ދުވަސްތަކަކީ ވެސް ހިދުމަތުގެ މުއްދަތު ކަމަށް ބަލައި އެ މުއްދަތުގެ ތެރޭގައި މަގާމުގެ ކުރިއެރުމެއް ލިބެން ޖެހޭތޯ ބަލައި އެ ކުރިއެރުމެއް ވެސް ދިނުމަށް ކޯޓުން ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

ސިމާދު ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާ އާއި ސިފައިންގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި މާނަކުރުމުގެ ގާނޫނުގެ 21 އަދި 25 މާއްދާ ހިލާފަށް ކަމަށެވެ. އޭނާ ވަޒީފާއިން ވަކި ކުރީ ސިފައިންގެ އާންމު ގަވައިދާއި، ސިފައިންގެ އަހްލާގާއި ސުލޫކާ ހިލާފުވެފައިވާތީ ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމުގެ ގަވައިދާ ހިލާފަށް ކަމަށް ކޯޓަށް ހުށައެޅި މައްސަލައިގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ވެސް އޭނާއާ މެދު އަމަލުކޮށްފައި ވަނީ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އާއި އިންޓަނޭޝަނަލް ކޮވެނެންޓް އޮފް ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް މުއާހަދާގެ ދަށުން އިންސާފުވެރި ނިންމުމެއް ލިބުމުގެ ހައްގާ ގުޅޭ އުސޫލާ ހިލާފަށް ކަން ކޯޓުގައި ބުނެފައި ވެއެވެ. އަދި މަގާމު ދަށްކުރުމުގެ ކުރިން ހުރި ސްޓާފް ސާޖަންޓްގެ މަގާމު އަލުން ދިނުމަށާއި ފާއިތުވި ދުވަސްތަކަށްވާ މުސާރަ އާއި އިނާޔަތްދިނުމަށް ވެސް އެއްބަސްވެފައިވާ ކަމަށް ބުނެފައި ވެއެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ސިމާދުގެ ފަރާތުން ފާހަގަ ކުރި އެ ކަންކަމަށް މައްސަލަ ރައްދުވާ ޑިފެންސް މިނިސްޓްރީން އިއުތިރާފުވެފައިވާ ކަމަށެވެ. އަދި ސިމާދު އަދާކުރަމުންދިޔަ ވަޒީފާ ދަށްކޮށް ވަޒީފާއިން ވަކިކުރުމުގައި މައުޟޫލީ އަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން އެންމެ ފުރިހަމަ ކޮށްފައިނުވާ ކަމަށް ޑިފެންސް މިނިސްޓްރީން ވެސް ކޯޓުގައި ބުނެފައިވާ ކަމަށެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގައި މަސައްކަތް ކުރަމުން ދަނިކޮށް ސިމާދު އިތުރުން އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު ވަޒީފާއިން ވަކިކުރީ ފެބްރުއަރީ 6، 2018 ގައެވެ. އެ ތިން މީހުން ވެސް ވަޒީފާ އަނބުރާ ހޯދުމަށް ސިވިލް ކޯޓަށް ހުށައެޅިއެވެ. ނަމަވެސް ޝާނީޒް އާއި ފައްތާހްގެ މައްސަލައިގައި އަދި ހުކުމެއް ނުކުރެއެވެ.

ސިމާދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީ ގާޑެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. އަދި ވަޒީފާ ގެއްލިފައިވާ ދުވަސްވަރު ސިމާދު އާއި ޝާނީޒް އަދި ފައްތާހް ރިޔާސީ އިންތިހާބުގެ ދުވަސްވަރު މަސައްކަތްކުރީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަމިއްލަ ބޮޑީގާޑުންގެ ގޮތުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު