Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ - ޕާކިސްތާން

އަހަރެންގެ ގައުމާއި ނުބެހޭތި: އިމްރާން ޚާން

20 ފެބުރުއަރީ 2019 | ބުދަ 13:25

އިންޑިއާ އިން ހަމަލާތައް ދޭން ފަށައިފި ނަމަ ރައްދު ދޭނެ ކަމަށް އިމްރާން ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 20 ފެބުރުއަރީ 2019 | ބުދަ 13:25
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޙާން

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޙާން

ޕާކިސްތާނުގެ ހާރިޖީ ކަންތައްތަކަށް އިންޑިއާއިން ނުވަނުމަށް ވިދާޅުވެ، ބޮޑު ވަޒީރު އިމްރާން ޚާން އިންޑިއާ އަށް އިންޒާރުދެއްވައިފިއެވެ.

އިމްރާން ޙާން މިހެން ވިދާޅުވީ، އެމަނިކުފާނުގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި އަންގާރަ ދުވަހު ކުރި ޕޯސްޓެއްގައެވެ. ފޭސްބުކް ގައި ފޮޓޯއެއް އަޕްލޯޑް ކުރުމަށް ފަހު ލިޔުއްވީ މެސެޖްގައި ވަނީ ، އިންޑިއާ ދެކޮޅަށް ހަނގުރާމަ ފަށަން ފަސޭހާ ވާނެ ކަމަށާއި، ނަމަވެސް ހަނގުރާމަ ހުއްޓާލަން އުނދަގޫ ވާނެ ކަމަށް ވިދާޅުވެފައެވެ.

އިމްރާން ޙާން ލިޔުއްވާފައިވާ މެސެޖް

އަދި މީގެ އިތުރުން ޕާކިސްތާނާ ދެކޮޅަށް އިންޑިއާ އިން ހަމަލާތައް ދޭން ފަށައިފިނަމަ ޕާކިސްތަނުން ދެވަނަ ވިސްނުމަކަށް ނުގޮސް ބަދަލުގައި ހަމަލާތައް ބަދަލު ކުރަން ފަށާނެ ކަމަށް ވެސް އިމްރާން ހާންގެ މެސެޖްގައި ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުން ހީނަރުވެފައި މިވަނީ އިންޑިއާގެ ޕެރެމިލިޓަރީ ފުލުހުންނަށް އަމާޒު ކޮށް ދިން ހަމަލާއި ގުޅިގެންނެވެ. އެ ހަމަލާގައި ފުލުހުންގެ 42 މީހަކު ވަނީ މަރާލާފައެވެ. ހަމަލާގެ ޒިންމާ ނަގާފައި ވަނީ ޕާކިސްތާނުގެ ޖައޭޝް-އީ-މުހައްމަދު ކިޔާ ހަނގުރާމަވެރި ޖަމާއަތުންނެވެ.

މި ޖަމާއަތުން ވަނީ މީގެ ކުރިން ޕާކިސްތާނުގެ އިތުރުން އިންޑިއާގެ އެކި ސަރަހައްދު ތަކަށް ހަމަލާތަކެއްދީފައެވެ.

ޖައޭޝް-އީ މުހައްމަދު ޖަމާއަތަކީ ޕާކިސްތާން ، ރަޝިއާ، އޮސްޓްރޭލިއާ، ކެނެޑާ، އިންޑިއާ، ކެނެޑާ، ޔޫއޭޢީގެ އިތުރުން އިނގިރޭސިވިލާތުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ.

އިމްރާން ހާން މިހެން ވިދާޅުވެފައިވާއިރު، ޕާކިސްތާނާއެކު އިތުރަށް މަޝްވަރާ ކުރަން ނުޖެހޭނެ ކަމަށާއި، ޕާކިސްތާނާއި ދެކޮޅަށް ދުނިޔެއިން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީދު ނަރެންދުރަ މޯދީ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ފޮރިން ސެކެރެޓަރީ ތެހްމީނާ ޖަންޖުއާ ވަނީ ޕުލްވަމާއި ހަމަލާއި ގުޅިގެން އެކަމާއި ބެހޭ މައުލޫމާތު ފްރާންސްގެ ސަފީރުގެ އިތުރުން ޖަރުމަނުގެ ސަފީރު އައި ހިއްސާކޮށްފައެވެ.

އެންމެ ފަހުން ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޮސް ވެފައިވަނީ، އިންޑިއާގެ ޕަންޖާބް ސްޓޭޓް ގެ ޕަތަންކޮޓް އެއާފޯސް ސްޓޭޝަނަށް 2016 ވަނަ އަހަރު ދިން ދިން ހަމަލާއި ގުޅިގެންނެވެ. އެ ހަމާލާވެސް ދީފައި ވަނީ އިންޑިއާގެ ސިފައިންގެ ޔުނީފޯމް އަޅައިގެން ތިބި ޖައެޝް-އީ ޖަމާއަތުގެ ހަނގުރާމަވެރިންނެވެ.

އެކަމާއި ގުޅޭ ގޮތުން ދެ ގައުމުގެ ދޭތެރޭގައި މަޝްވަރާ ތަކެއް ކުރެވުނު ނަމަވެސް އެ މަޝްވަރާތައް ވެސް ނިމިގެން ދިޔައީ އެއްވެސް ކުރިއެރުމެއް ނުލިބިއެވެ.

އިތުރަށް ކިޔާލަން

04 އޯގަސްޓު 2018

ނަހަމަ ގޮތުގައި ހެލިކޮޕްޓަރ ބޭނުން ކުރެއްވުމުގެ ތުހުމަތުގައި އިމްރާން ޚާން އެކައުންޓަބިލިޓީ ބިއުރޯއަށް

04 އޯގަސްޓު 2018
ނަހަމަ ގޮތުގައި ހެލިކޮޕްޓަރ ބޭނުން ކުރެއްވުމުގެ ތުހުމަތުގައި އިމްރާން ޚާން އެކައުންޓަބިލިޓީ ބިއުރޯއަށް
02 އޯގަސްޓު 2018

އިމްރާން ޚާންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނަށް ދައުވަތު ނުދެއްވަން ނިންމަވައިފި

02 އޯގަސްޓު 2018
އިމްރާން ޚާންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނަށް ދައުވަތު ނުދެއްވަން ނިންމަވައިފި
01 އޯގަސްޓު 2018

ބޭރުގެ ގައުމުތަކުގެ ވެރިން އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަން އަދި ހަމަޖެހިފައެއް ނުވޭ: ޕީޓީއައި

01 އޯގަސްޓު 2018
ބޭރުގެ ގައުމުތަކުގެ ވެރިން އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަން އަދި ހަމަޖެހިފައެއް ނުވޭ: ޕީޓީއައި
31 ޖުލައި 2018

އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށް ވިސްނަނީ

31 ޖުލައި 2018
އިންޑިއާގެ ބޮޑު ވަޒީރު މޯދީ ހިމެނޭގޮތުން ސާކް ގައުމުތަކުގެ ލީޑަރުންނަށް އިމްރާން ޚާން ގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށް ވިސްނަނީ
30 ޖުލައި 2018

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ޚާން އޯގަސްޓް 11 ގައި ކުރައްވަނީ

30 ޖުލައި 2018
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ޚާން އޯގަސްޓް 11 ގައި ކުރައްވަނީ
30 ޖުލައި 2018

އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި ހޮނިހިރު ދުވަހު ޕާޓީތަކާ މަޝްވަރާ ކުރަނީ

30 ޖުލައި 2018
އިމްރާން ޚާން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްޓަކައި ހޮނިހިރު ދުވަހު ޕާޓީތަކާ މަޝްވަރާ ކުރަނީ
26 ޖުލައި 2018

ޕާކިސްތާނުގެ އާއްމު އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

26 ޖުލައި 2018
ޕާކިސްތާނުގެ އާއްމު އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި
25 ޖުލައި 2018

ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުރީގައި އުޅުއްވަނީ އިމްރާން ޚާން

25 ޖުލައި 2018
ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުރީގައި އުޅުއްވަނީ އިމްރާން ޚާން
25 ޖުލައި 2018

އިމްރާން ޚާން އަކީ ކާކު؟

25 ޖުލައި 2018
އިމްރާން ޚާން އަކީ ކާކު؟
14 އޮކްޓޯބަރު 2017

ތާލިބާނުން އަހަރެންގެ ދަރިފުޅު މަރާލައި އަންހެނުން ރޭޕް ކުރި: މިނިވަންވި ރަހީނެއް

14 އޮކްޓޯބަރު 2017
ތާލިބާނުން އަހަރެންގެ ދަރިފުޅު މަރާލައި އަންހެނުން ރޭޕް ކުރި: މިނިވަންވި ރަހީނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް