Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ ހުވާ އިމްރާން ޚާން އޯގަސްޓް 11 ގައި ކުރައްވަނީ

އިމްރާން ޚާން ގެންދަވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށްޓަކައި ކުޑަ ޕާޓީތަކާ މަޝްވަރާ ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ކަަމަށް ރިޕޯޓުތައް ބުނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 30 ޖުލައި 2018 | ހޯމަ 17:19
މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން

ޕާކިސްތާނުގައި ދާދިފަހުން ބޭއްވި އާއްމު އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދެވި އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް 116 ގޮނޑި ދާދިފަހުން ބޭއްވި އާއްމު އިންތިޚާބުގައި ލިބިފައިވާއިރު މިއީ އިމްރާންޚާންގެ ޕާޓީ އަށް އެކަނި ސަރުކާރެއް އެކުލަވާލެވޭނެ މިންވަރެއް ނޫނެެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. ރިޕޯޓުތައް ބުނާގޮތުން އިމްރާން ޚާން ގެންދަވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށްޓަކައި ކުޑަ ޕާޓީތަކާ މަޝްވަރާ ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުން ކަަމަށް ރިޕޯޓުތައް ބުނެއެވެ.

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އާއްމު އިންތިޚާބުގައި ލިބިފައި ވަނީ 66 ގޮނޑި ކަމަށްވާއިރު، ޕީޕީޕީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ.

ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓު އޮޅުވާލުމުގެ ކަންކަން ހިނގާފައިވާ ކަމަށެވެ. އެހެން ނަމަވެސް ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އިން ބުނެފައި ވަނީ އެކުލަވާލާގާނޫނު ހަދާ އާ މަޖިލިސް އެމަނިކުފާނު ގަބޫލުފުޅުކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާއާ މެދު ރިޒަވޭޝަންތަކެއް އެބަހުރި ކަމަށެވެ. ގައުމުގެ ޑިމޮކްރަސީއަށްޓަކައި އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލުކުރާނެ ކަަމަށް ޕީއެމްއެލް-އެން ޕާޓީ އިން ބުނެއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފައި ވަނީ އާއްމު އިންތިޚާބުގެ ކުރިން، އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ސިޔާސީ ހަރަކާތް ހިންގުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ ފާޑުކިޔާފައެވެ. އެމެރިކާ އިން ވެސް ވަނީ ހަމަ މިމޭރުމުން ފާޑުކިޔާފައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު