Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ އާއްމު އިންތިޚާބު އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

26 ޖުލައި 2018 | ބުރާސްފަތި 14:54

ވޯޓުގެ 49 އިން ސައްތަ ގުނާ ނިމިފައިވާއިރު، އިމްރާން ޚާން ގެ ޕާޓީ އިން ގާނޫނު ހަދާ މަޖިލީހުގެ 120 ގޮނޑި ހޯދައިފައިވާ ކަމަށް ބެލެވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 26 ޖުލައި 2018 | ބުރާސްފަތި 14:54
ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) 1996 ވަނަ އަހަރު އުފެއްދި އިމްރާން ޚާން

ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) 1996 ވަނަ އަހަރު އުފެއްދި އިމްރާން ޚާން

ޕާކިސްތާނުގައި ބުދަ ދުވަހު ބޭއްވުނު އާއްމު އިންތިޚާބު ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ޕާޓީއިން ކާމިޔާބު ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް އޭނާ ވިދާޅުވީ "އަޅުގަނޑުމެންނަށް ކާމިޔާބު ލިބިއްޖެ ކަމަށާއި އަދި މޭންޑޭޓެއް ލިބިފައިވާ ކަމަށެވެ."

އިމްރާން ޚާންގެ ޕާޓީ، "ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް މުޅި ޖުމްލަ މެޖޯރިޓީއެއް ނުލިބޭނެ ކަމަށް ބެލެވޭއިރު އެ ޕާޓީ ޖެހޭނީ ކޯލިޝަނެއް ހަދަން ކަމަށް ބެލެވެއެވެ.

ވޯޓު ލުމުގެ ކުރިން ވެސް ހަމަނުޖެހުމާއި، ހިޔާނާތުގެ ސަބަބުން ކެމްޕެއިނަށް ހިޔަނި އެޅިފައިވާއިރު، ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް "ފާޅުކަން ބޮޑު ގޮތެއްގައި" މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށާއި އަދި ހަތަރު ޕްރޮވިންޝަލް ގާނޫނު ހަދާ މަޖިލީހަކަށް މެމްބަރުން ހޮވުމަށް ބުދަ ދުވަހު އާއްމު އިންތިޚާބު ބޭއްވިއިރު، ބުދަ ދުވަހު ބޮމެއް ގޮއްވާލާ 31 މީހަކު މަރުވިއެވެ.

ރިޕޯޓުތައް ބުނާގޮތުން ވޯޓުގެ ރަސްމީ ނަތީޖާ އާ ބެހޭގޮތުން ބަހެއް، ޕާކިސްތާނުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ރޭގަނޑު ހާމަކުރައްވާނެއެވެ.

އިމްރާން ހާންގެ ޕާޓީ އާ އެންމެ ވާދަ ކުރާ ޕާޓީ އަކީ މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އެވެ. ނަވާޒް ޝަރީފް ގެ ޕާޓީ އާއި އަދިވެސް އެހެނިހެން ކުޑަ ޕާޓީތައް ބުނަމުން ދަނީ ބުދަ ދުވަހު ބޭއްވުނު އިންތިޚާބަކީ ވޯޓު އޮޅުވާލުމުގެ ތެރެއިން ބޭއްވުނު އިންތިޚާބެއް ކަމަށެވެ.

ހުރިހާ ވޯޓެއް ގުނާ ނިމޭއިރު ތިން ވަނަ އަށް އަންނާނެ ކަަމަށް ބެލެވެނީ އަވާހަރަކޮށްލެވިފައިވާ ކުރީގެ ބޮޑު ވަޒީރު، ބޭނަޒީރް ބުއްޓޫގެ ޕީޕީީޕީ އެވެ.

އުމުރުން 65 އަހަރުގެ އިމްރާން ޚާން އުފަންވެފައި ވަނީ ޕާކިސްތާނުގެ ލާހޯރުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޕަންޖާބް އަށެވެ. މްރާން ޚާން އަކީ މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ޕާކިސްތާނުގައި އެއީ އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާއެވެ. 1992 ވަނަ އަހަރު ދުނިޔޭގެ ކްރިކެޓް ޗެމްޕިއަންކަން ޕާކިސްތާނަށް ހޯދައިދިނީ އިމްރާން ޚާންގެ ކެޕްޓަން ކަމުގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް