Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕްރޮފައިލް

އިމްރާން ޚާން އަކީ ކާކު؟

ޕާކިސްތާނުގައި އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ

ރާއްޖެ އެމްވީ | 25 ޖުލައި 2018 | ބުދަ 17:17
ޕާކިސްތާން ތެހްރީކް އޭ އިންސާފް ގެ ޗެއަރަމަން އިމްރާން ޚާން

ޕާކިސްތާން ތެހްރީކް އޭ އިންސާފް ގެ ޗެއަރަމަން އިމްރާން ޚާން

އުމުރުން 65 އަހަރުގެ އިމްރާން ޚާން އުފަންވެފައި ވަނީ ޕާކިސްތާނުގެ ލާހޯރުގެ އިރުމަތީ ސިޓީއެއް ކަމަށްވާ ޕަންޖާބް އަށެވެ.

ޅަފަތުގައި ތައުލީމް ޙާސިލް ކުރީ މަތީ ފެންވަރު ރަނގަޅު ކޮލެޖެއްގެ ގޮތުގައި ޕާކިސްތާނުގައި މަޝްހޫރު އެއިޓްޗިސަން ކޮލެޖުންނެވެ. އޭގެ ފަހުން އޮކްސްފޯޑް ޔުނިވަސިޓީ 1975 ވަނަ އަހަރު ފިލޯސަފީ، ޕޮލިޓިކްސް އަދި އިކޮނޮމިކްސްގެ ދާއިރާއިން ޑިގުރީ ހާސިލް ކުރިއެވެ.

އިމްރާން ޚާން އަކީ މޮޅު ކްރިކެޓް ކުޅުންތެރިއެކެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ޕާކިސްތާނުގައި އެއީ އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާއެވެ. 1992 ވަނަ އަހަރު ދުނިޔޭގެ ކްރިކެޓް ޗެމްޕިއަންކަން ޕާކިސްތާނަށް ހޯދައިދިނީ އިމްރާން ޚާންގެ ކެޕްޓަން ކަމުގެ ދަށުންނެވެ.

ކުޅިވަރުގެ ދާއިރާއިން ދުރުވުމަށްފަހު އިމްރާން ފެނިގެން ދިޔައީ، އިޖްތިމާއީ އާއްމު ޚިދުމަތުގެ ދާއިރާ އިންނެވެ. އިމްރާންގެ މަންމަގެ ނަމުގައި ކެންސަރަށް ޚާއްސަ ސެންޓަރެއް އިމްރާން އުފެއްދިއެވެ. 1996 ވަނަ އަހަރު ޝައުކަތު ޚާނަމް މެމޯރިއަލް ކެންސަރ ސެންޓަރ ގެ ނަމުގައި ހުޅުވި މި މަރުކަޒަކީ ޕާކިސްތާނުގައި ހުރި ކެންސަރަށް ފަރުވާދޭ އެންމެ ރަނގަޅު އެއް މަރުކަޒެވެ. އިމްރާންގެ މަންމަ ދުނިޔެ ދޫކުރީ ކެންސަރުގެ ބައްޔާ ހަނގުރާމަ ކުރުމަށްފަހުގައެވެ.

2008 ވަނަ އަހަރު ޓެކްނިކަލް ކޮލެޖެއް ޕަންޖާބުގެ ރަށްފުށު ހިސާބެއް ކަމުގައިވާ މިއަންވާލީ ޑިސްޓްރިކްޓްގައި ނަމާލް ކޮލެޖްގެ ނަމުގައި އުފެއްދިއެވެ.

އިމްރާން ސިޔާސީ މައިދާނަށް ނުކުތީ، ޕާކިސްތާނުގެ ވެރިކަމުގެ ތެރޭގައި އަށަގަނެފައިވާ ކަރަޕްޝަން އާ ދެކޮޅަށް ހަރުކޮށް އަޑުއުފުލާ ފަރާތެއްގެ ގޮތުގައެވެ. 1996 ވަނަ އަހަރު އިމްރާންގެ ސިޔާސީ ޕާޓީ، ޕާކިސްތާން ތެހްރީކް އޭ އިންސާފް (ޕީޓީއައި) އުފެއްދިއެވެ. ޕާޓީ އުފެއްދީ އެންމެންނަށް އިންސާފު ހޯދައިދޭނެ ކަމުގެ ވައުދާ އެކުގައެވެ. އިމްރާން ބުނެފައިވަނީ ޕާކިސްތާނުގެ ސިޔާސީ މައިދާނުން ކަރަޕްޓް ޕޮލިޓީޝަނުން ދުރުކޮށް ސާފު އައު ޖީލެއްގެ ސިޔާސީ ލީޑަރުން ނެރޭނެ ކަމަށެވެ.

ޕާޓީގެ ޗެއަރމަންގެ މަގާމުގައި ހުރި އިމްރާން ފުރަތަމަ ސިޔާސީ އިމްތިހާނަކާ ކުރިމަތިލީ 2002 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައެވެ. އިންތިޚާބުގައި ޕަންޖާބުގެ މިއަންވާލީ ޑިސްޓްރިކްޓްގެ ގޮނޑި ކާމިޔާބު ކުރިއެވެ. 2002 ވަނަ އަހަރު އެ ޕާޓީއަށް ކާމިޔާބު ކުރެވުނު ހަމައެކަނި ގޮނޑިއަކީ ވެސް އެއީއެވެ.

ކަރަޕްޝަންއާ ދެކޮޅަށް ކުރި އިހްތިޖާޖެއްގެ ގޮތުގައި 2008 ވަނަ އަހަރުގެ އިންތިޚާބް އިމްރާންގެ ޕާޓީން ބޮއިކޮޓް ކުރިއެވެ. އަދި އޭގެ ފަހުން ކަރަޕްޝަން އާ ދެކޮޅަށް އިމްރާން ކުރަމުން ދިޔަ ހަނގުރާމަ އިތުރަށް ވަރުގަދަ ކުރިއެވެ. 2011 ވަނަ އަހަރުގެ ފަހުކޮޅު އިމްރާން ވަނީ ކަރަޕްޝަން އާ ދެކޮޅަށް އަޑު އުފުލުމަށް އެތައް ސަތޭކަ ހާސް ބަޔަކު ލާހޯރާއި ކަރާޗީގެ މަގުތަކަށް ނެރެފައެވެ.

2013 ވަނަ އަހަރުގެ އިންތިޚާބުގައި އިމްރާންގެ ޕާޓީން ޚައިބަރ ޕަޚްތުންޚުވާ ޕްރޮވިންސް ކާމިޔާބު ކޮށް، އެ ޕްރޮވިންސްގެ ވެރިކަން އެ ޕާޓީން ފަސް އަހަރު ކުރިއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސިޔާސީ މައިދާނުގައި އިމްރާން ތަމްސީލް ވެގެން ދިޔައީ، ގޮތުގައި ހުންނަ، ގޮތް ދޫނުކުރާ، އަދި ދައުލަތުގެ މުއައްސަސާ ތަކަށް ފާޑުކިޔާ، ގޮންޖަހާ ފަރާތެއްގެ ގޮތުގައެވެ. މި ގޮތުން ގާނޫނު ހަދާ މަޖިލިހަށް އިމްރާން އިންތިޚާބު ވެފައި ހުރި ނަމަވެސް، އެތަނުގެ ކަންކަން ހިނގާ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ މަދު ޖަލްސާއަކަށް ނޫނީ އިމްރާން ހާޒިރުވެފައެއް ނުވެއެވެ.

އިމްރާން ޚާން އަކީ، ކަރަޕްޝަންގެ މައްސަލައެއް ސާބިތުވެ މިހާރު ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ފަރާތެކެވެ. ނަވާޒް ޝަރީފްގެ ސިޔާސީ ހަޔާތަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފެނިގެން ދިޔައީ އިމްރާން ޚާން އެވެ.

2014 ވަނަ އަހަރު ނަވާޒް ޝަރީފްގެ ސަރުކާރުގެ އިސްތިއުފާ އަށް ގޮވާލާ އިމްރާން އިސްވެ ހުރެ ބޮޑެތި މުޒާހަރާތަކެއް ޕާކިސްތާނުގައި ކުރިއަށް ގެންދިޔައެވެ. މުޒާހަރާތަކުގައި ގޮވަމުން ދިޔައީ ނަވާޒްގެ ޕާޓީން އިންތިޚާބު ކާމިޔާބު ކުރީ ވޯޓު އޮޅުވާލައިގެން ކަމަށެވެ.

މަޝްހޫރު "ޕެނަމާ ޕޭޕާޒް" ލީކުވި ހިސާބުން ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރު ގިޔަރެއްގައި އިމްރާން ކުރިއަށް ގެންދިޔައެވެ. ޕާކިސްތާނުގެ ސްޕްރީމް ކޯޓަށް ނަވާޒްގެ ކަރަޕްޝަން މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގައި އިސްވެ ހުރީ އިމްރާން ޚާން އެވެ. އެންމެ ފަހުން ނަވާޒްގެ މައްޗަށް މައްސަލަ ސާބިތުވެ މަގާމުން ޑިސްކޮލިފައި ކުރެވި، އަދި ސިޔާސީ މައިދާނުގައި ވެސް ނަވާޒް އަށް ހަރަކާތްތެރިވެ ވަޑައިނުގެންނެވޭ ގޮތައް މައްސަލަ ނިމިގެން ދިޔައެވެ.

2018 ވަނަ އަހަރުގެ އިންތިޚާބުގައި އިމްރާންގެ ސްލޯގަން އަކީ، "އައު ޕާކިސްތާން" އެވެ. އިމްރާން ވައުދު ވެފައިވަނީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ ކަރަޕްޝަން ޕާކިސްތާނުން ފުހެލާނެ ކަމަށާއި، ސަރުކާރުގެ އިދާރީ ހިންގުން އިސްލާހް ކުރާނެ ކަމަށެވެ. އިމްރާންގެ ވައުދުތަކުގެ ތެރޭގައި، 10 މިލިއަން ވަޒީފާ އުފެއްދުމާއި، އަގު ހެޔޮ ފަސް މިލިއަން ހައުސިންގ ޔުނިޓް ފަސް އަހަރުގެ ތެރޭގައި އެޅުންވެސް އޭނާގެ މެނިފެސްޓޯގައި ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރިސް އެގްރީމެންޓަށް އަމަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: އެމެރިކާ

ޕެރިސް އެގްރީމެންޓަށް އަމަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް: އެމެރިކާ

18 ސެޕްޓެމްބަރު 2017
ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް

ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް

28 ޖޫން 2017
ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު