Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނު

އިމްރާން ޚާންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ ވެރިންނަށް ދައުވަތު ނުދެއްވަން ނިންމަވައިފި

2 އޯގަސްޓު 2018 | ބުރާސްފަތި 13:15

އިންޑިއާގެ ބޮޑުވަޒީރު ހިމެނޭ ގޮތުން ސާކް ގައުމުތަކުގެ ވެރިންނަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އެރުވުމަށް އިމްރާން ވިސްނެއްވި ކަމަށް އަޑުތައް ފެތުރުނު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 2 އޯގަސްޓު 2018 | ބުރާސްފަތި 13:15
އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން

އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ހޯއްދެވި އިމްރާން ޚާން

ކުރީގެ ޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން އަންނަ އޯގަސްޓް 11 ގައި ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވަން ހަމަޖެހިފައިވާއިރު، ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި އަދި މަޝްހޫރު ތަރިންނަށް ދައުވަތު ނުދެއްވަން އިމްރާން ޚާން ނިންމަވައިފިއެެވެ.

ޕާކިސްތާނުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑޯން" ނޫހުން ރިޕޯޓުކުރާ ގޮތުން ބޭރު ގައުމުތަކުގެ އިއްޒަތްތެރިންނާއި އަދި މަޝްހޫރު ތަރިންނަށް ދައުވަތު ނުދެއްވަން ނިންމެވީ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެހާ ކުލަގަދަކޮށް ކުރައްވަން ބޭނުން ނުވާތީ ކަމަށެވެ. އިމްރާން ޚާން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ކަމަށްވާ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)ގެ ތަރުޖަމާނަކު "ޑޯން" ނޫހަށް ވިދާޅުވީ އިމްރާން ޚާންގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވާނީ އެމަނިކުފާނުގެ ގާތް ރަހްމަތްތެރިން އެކަނި ކަމަށެވެ.

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާންޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އަށް އާއްމު އިންތިޚާބުގައި 116 ގޮނޑި ލިބިފައި ވެއެވެ. އެެހެން ނަމަވެސް މިއީ ސަރުކާރެއް އެކުލަވާލެވޭނެ ވަރެއް ނޫނެވެ. ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތެއް ހޯދައި އެއް ޕާޓީއަކުން ސަރުކާރެއް އެކުލަވާލުމަށްޓަކައި 137 ގޮނޑި ބޭނުންވެއެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުން އިމްރާން ޚާންގެ ޕީޓީއައި އަށް މިހާރު ވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ވަރަށް ގޮނޑިތައް ހަމަވެފައެވެ.

އިމްރާން ޚާންގެ ޕީޓީއައިއާ އެންމެ ގާތުން ވާދަކުރެއްވި، މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ލިބިފައި ވަނީ 66 ގޮނޑިއެވެ. ޕާކިސްތާން ޕީޕަލްސް ޕާޓީ އަށް ލިބިފައި ވަނީ 43 ގޮނޑިއެވެ.

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2017

ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް

14 ނޮވެމްބަރު 2017
ހުވާގެ މަތީގައި ހުރެ ދޮގެއް ނަހަދަން: ޖެފް ސެޝަންސް
25 ޖުލައި 2017

އިންޑިއާގެ އާ ރައީސް ކޯވިންދް މަގާމުގެ ހުވާ ކުރައްވައިފި

25 ޖުލައި 2017
އިންޑިއާގެ އާ ރައީސް ކޯވިންދް މަގާމުގެ ހުވާ ކުރައްވައިފި
10 މެއި 2017

ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި

10 މެއި 2017
ނުކޮރެއާގެ އާ ރައީސް މޫން ޖެއި އިން ރައީސްކަމުގެ ހުވާކުރައްވައިފި
20 އެޕްރީލު 2017

ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން

20 އެޕްރީލު 2017
ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތައް ވެނެޒުއޭލާއިން ފަސް ލައްކަ ޑޮލަރު ދިން
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް