Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ އާއްމު އިންތިޚާބު

ޕާކިސްތާނުގެ އާއްމު އިންތިޚާބު: ކުރީގައި އުޅުއްވަނީ އިމްރާން ޚާން

ނޭޝަނަލް އެސެމްބްލީގެ 105 ގޮނޑި އިމްރާންގެ ޕާޓީންވަނީ ކާމިޔާބުކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 ޖުލައި 2018 | ބުދަ 20:40
ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން،

ކުރީގެ ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން،

ޕާކިސްތާނުގައި ބުދަ ދުވަހު ކުރިޔަށް ގެންދިޔަ އާއްމު އިންތިޚާބުގެ ވޯޓްގުނުން ކުރިޔަށްދާއިރު މިހާތަނަށް ގުނިފައިވާ ވޯޓުގެ ނަތީޖާ ދައްކާގޮތުން އެ ގައުމުގެ ނޭޝަނަލް އެސެމްބްލީގެ 105 ގޮނޑިއާއިއެކު އިމްރާން ޚާންގެ ތަހްރީކޭ އިންސާފު ޕާޓީ ކުރި ހޯދައިފިއެވެ.

އެ ޕާޓީގެ ފަހަތުން 71 ގޮނޑިއާއިއެކު ދެވަނައިގައި އޮތީ ކޮރަޕްޝަނުގެ ކުށުގައި ޖަލަށްލާފައިވާ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް ނަވާޒް ޕާޓީއެވެ.

މައި ވެރިކަމުގެ ތެރޭގައި ހިމެނޭ ނޭޝަނަލް އެސެމްބްލީ އަށް ހޮވަނީ 272 މެމްބަރުންނެވެ. ވަކި ޕާޓީއަކަށް އަމިއްލަ އަށް މައި ސަރުކާރެއް އެކުލަވާލެވޭނީ އެއް ޕާޓީއަކަށް މީގެ ތެރެއިން 137 ގޮނޑި ކާމިޔާބު ކުރެވިގެންނެވެ.

މިހާރު ފެންނަން އޮތް ނަތީޖާއާއިއެކު ތަހްރީކޭ އިންސާފު ޕާޓީން އުފާ ފާޅުކުރަން ފަށާފައިވާއިރު ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ އިންތިޚާބުގައި ވޯޓް އޮޅުވާލާފައިވާކަމަށް ތުހުމަތުކުރައްވައި އިންތިޚާބު ބަލައިނުގަންނާނެކަން އިއުލާނުކުރައްވާފައެވެ.

ބަލޮޗިސްތާނުގައި ހިނގާދިޔަ ހާދިސާ ފިޔަވައި ހުރިހާ ހިސާބެއްގައިވެސް ވޯޓްލުން ދިޔައީ ޖުމްލަކޮށް ސުލްހަވެރިކަމާއިއެކުކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ކޮމިޝަނުންވަނީ 2013 ވަނަ އަހަރުގެ އިންތިޚާބަށްވުރެ މި އިންތިޚާބުގެ ތައްޔާރީތައް ރަނގަޅުކަމަށް ބުނެފައެވެ.

އަށެއް ޖެހިއިރު ވޯޓްލުން ފަށާފައި ވާއިރު 7 ޖެހުމުގެ ކުރިން ގިނަ ސްޓޭޝަންތަކުގެ ކައިރީގައި ކިއު ހަދާފައިވެއެވެ.

އިންތިޚާބުގައި ވޯޓު ލުމަށް 85،000 މަރުކަޒު ކަނޑައަޅާފައިވެއެވެ. އިންތިޚާބުގައި، ނޭޝަނަލް އެސެމްބްލީގެ ގޮނޑިތަކަށް 3،765 ކެންޑިޑޭޓުން ވާދަ ކުރިއެވެ.

ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން މިހަފްތާގައި ބުނެފައިވާ ގޮތުގައި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 800،000 މީހުން މަސައްކަތް ކޮށްފައިވެއެވެ. އޭގެ ތެރޭގައި 370،000 ސިފައިން ވެސް ހިމެނެއެވެ.

މި އިންތިޚާބުގައި ވޯޓްލުމަށް 105.95 މިލިއަން މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

ވޯޓްލުމުގެ ހައްގު ލިބިފައިވާ 59 މިލިއަން ފިރެހެނުން ތިބިއިރު ވޯޓްލުމުގެ ހައްގު ލިބިފައިވާ އަންހެނުންގެ އަދަދަކީ 47 މިލިއަނެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު