Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ މަސައްކަތް ނިމިއްޖެ

ބާކީ ހުރި މަސައްކަތް ހަލުވިކަމާ އެކު ދަނީ ކުރިއަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 ފެބުރުއަރީ 2019 | ބުދަ 08:55
ކަަޅުވަކަރު މިސްކިތް

ކަަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތުގެ ހިރިގަލުގެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން ބުނެފިއެވެ.

އެ މިނިސްޓްރީން ކަޅުވަކަރު މިސްކިތުގެ މަސައްކަތް ފަށާފައި ވަނީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ. އޭރު ކުރަމުންދިޔަ މަސައްކަތަކީ މިސްކިތުގެ ލަކުޑީގެ ބައިތަކަށް ދޭންޖެހޭ ފަރުވާ ދިނުމާ މަރާމާތު ކުރަންޖެހޭ ބައިތައް މަރާމާތު ކުރަމެވެ. މިސްކިތުގެ ހިރިގަލުގެ މަސައްކަތް ނިމިފައިވާއިރު ބާކީ ހުރި މަސައްކަތް ހަލުވިކަމާ އެކު ދަނީ ކުރިއަށެވެ.

Advertisement - newsAdvertisement

މިސްކިތުގެ މަސައްކަތާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން އޮފިސަރ ހަސަން މުހައްމަދު ވިދާޅުވީ މިސްކިތުގެ ލަކުނޑިއާއި ގަލުގެ ބައިތައް މިސްކިތް ބަހައްޓާ ސަރަހައްދަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު މިސްކިތުގެ ފުރާޅުގެ މަސައްކަތާއި އެހެން ލަކުޑީގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކަޅުވަކަރު މިސްކިތުގެ ބައިތައް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރަށްރަށުގައި ހުރި ތަރިކަ އާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތަކެތި ހިމާޔަތް ކުރުމަށް ހަރުދަނާ އުސޫލުތަކެއް ބައްޓަން ކުރައްވާނެ ކަމަށް ވައުދުވެޑައިގެންފައެވެ. އެ ވައުދުތަކުގެ ތެރޭގައި ކަޅުވަކަރު މިސްކިތް އަލުން އަނބުރާ ބިނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކަޅުވަކަރު މިސްކިތް ރޫޅާލީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި 8 ވަނަ ދުވަހުއެވެ. އެ އަށް ފަހު މިސްކިތް ހުރި ސަރަހައްދުގައި ވަނީ ވިންޓަރ ތީމް ޕާކެއް ހަދާފައެވެ.

ކުޑަ މިސްކިތެއް ނަމަވެސް ކަޅުވަކަރު މިސްކިތަކީ ރީތި އަޖައިބުކުރުވަނިވި ކަންތައްތަކެއް ހުރި މިސްކިތެކެވެ. ކަޅުވަކަރު މިސްކިތުގައި އެތައް ކަވި މަސައްކަތްތަކެއް ކޮށްފައިވާއިރު ކަޅުވަކަރު މިސްކިތުގައި ކަޅުވަކަރު ބޭނުންކޮށްފައި ހުރުމާއި ހިރިގަލުން މިސްކިތް ބިނާ ކުރެވިފައި ހުރުން ހިމެނެއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު