Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް - ޕޮލެންޑް

ނަތަންޔާހޫގެ ވާހަކަތަކާއި ގުޅިގެން އިޒްރޭލުގައި އޮތް ސަމިޓަށް ޕޮލެންޑުގެ ބޮޑުވަޒީރު ނުދާން ނިންމައިފި

މޮރަވީކީ ސަމިޓަށް ދާން އުޒުުރުވެރިވީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީން މެރުމުގައި ޕޮލެންޑުން ވެސް ބައިވެރިވީ ކަމަށް ބުނުމުން

އަމަން ހަލީމް
އަމަން ހަލީމް | 18 ފެބުރުއަރީ 2019 | ހޯމަ 04:06
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އަދި ޕޮލެންޑުގެ ބޮޑުވަޒީރު މަތެއުސް މޮރަވީކީ (ވ)

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އަދި ޕޮލެންޑުގެ ބޮޑުވަޒީރު މަތެއުސް މޮރަވީކީ (ވ)

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތަކާއި ގުޅިގެން، އެ ގައުމުގައި ބާއްވަން އޮތް އިރުމަތީ އަދި މެދުތެރޭ ޔޫރަޕުގެ ގައުމުތަކުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާނެ ކަމަށް ޕޮލެންޑްގެ ބޮޑު ވަޒީރު މަތެއުޒް މޮރަވީކީ ވިދާޅުވެއްޖެއެވެ.

މޮރަވީކީ އިޒްރޭލަށް ނުދާން ނިންމީ، ނަތަންޔާހޫ މި ފަހުން ޕޮލެންޑަށް ކުރި ޒިޔާރަތެއްގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގިނަ އަދަދެއްގެ ޔަހޫދީން މަރާލި މައްސަލައިގައި ޕޮލެންޑުން ވެސް ބައިވެރިވެފައިވާ ކަމަށް ވިދާޅުވުމުންނެވެ. މޮރަވީކީގެ ބަދަލުގައި އެ ބައްދަލުވުމަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ޕޮލެންޑުގެ ފޮރިން މިނިސްޓަރު ޖަސެކް ކަޕުޓޮވިޗްއެވެ.

މި މައްސަލައާއި ގުޅިގެން އިޒްރޭލުން ޕޮލެންޑަށް ކަނޑައަޅާފައި ހުންނަ ސަފީރު އަނާ އަޒާރީ ވަނީ ހާޒިރު ކޮށްފައެވެ. އަޒާރީ މައުލޫމާތު ދީފައިވާ ގޮތުގައި ނަތަންޔާހޫގެ ވާހަކަތަކުގައި ނިސްބަތްކޮށްފައި ވަނީ ޖަރުމަނުގެ ނާޒީންނަށް އެހީތެރިވެދިން ވަކި ވަކި ޕޮލެންޑުގެ ފަރުދުންނަށް ކަމަށެވެ. އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ވެސް ބުނެފައިވަނީ ނަތަންޔާހޫ އެހެން ނުބުނާ ކަމަށާއި، އެއީ މީޑިއާއިން އޮޅުވާލައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ސިފައިން ޕޮލެންޑުގައި ހިންގި "ޑެތް ކޭމްޕް" ތަކުގައި 3 މިލިއަނާއި ގާތްކުރާ އަދަދަކަށް ވަނީ މީހުން މަރާލާފައެވެ. މީގެ ތެރޭގައި ޔަހޫދީންނާއި ޕޮލެންޑުގެ ނަސާރާ ދީންގެ މީހުން ވެސް ހިމެނެއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު