Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްލައިމެޓްޗޭންޖް ވޯރކްޝޮޕް

ދަރިންނަށްޓަކައި މިގައުމު ސަލާމަތްކުރެވޭނީ ދުނިޔޭގެ އެވަރޭޖް ޓެމްޕަރޭޗަރ 1.5 ޑިގްރީއަށް ވުރެ އިތުރުވިޔަނުދީ ހިފަހައްޓައިގެން : އެންވައިރަމެންޓް މިނިސްޓަރ

18 ފެބުރުއަރީ 2019 | ހޯމަ 03:26

2030 އަންނައިރު ދުނިޔޭގެ އެވެރޭޖް ޓެމްޕަރޭޗަރ މަތި ވުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 18 ފެބުރުއަރީ 2019 | ހޯމަ 03:26
އެންވައިރަމެންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

އެންވައިރަމެންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން

ދަރިންނަށްޓަކައި މިގައުމު ސަލާމަތްކުރެވޭނީ ދުނިޔޭގެ އެވަރޭޖް ޓެމްޕަރޭޗަރ 1.5 ޑިގްރީއަށް ވުރެ އިތުރުވިޔަނުދީ ހިފަހައްޓައިގެން ކަމަށާއި އެހެން ނޫނީ އަންނަން އޮތް ޖީލްތަކުން އެކަމުގެ ޝަކުވާކުރާނެ ކަމަށް އެންވައިރަމެންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ބ އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓުގައި ކުރިޔަށްދާ ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންޓަގަވަރންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ 5 ވަނަ އެސެސްމެންޓް ރިޕޯޓުން ދުނިޔެ ސިއްސުވާލި ކަމަށާއި ދުނިޔޭގެ މީހުން އެކަމަށް ހާއްސަ ސަމާލުކަމެއް ނުދީފިނަމަ ދުނިޔޭގެ އެވަރެޖް ޓެމްޕަރޭޗަރ 1850 ވަނަ އަހަރާއި އަޅާބަލާއިރު ދޭއް ނުވަތަ ތިން ޑިގްރީ ހޫނުވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތައް ނެތި ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި ރާއްޖޭގެ ރީތި ފަރުތައް 60 އިންސައްތަ ނޫނީ 90 އިންސައްތަ ހަލާކުވެގެންދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް މިނިސްޓަރ ހުސަން ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

މުރަކަ ނެތި ޖަޒީރާ ރަށްތަކެއް ނޯންނާނެކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ކަނޑަށް ކުނި ނޭޅުމަށާއި ނަޖިސް ބޭރުނުކުރުމަށް އިލްތިމާސްކުރަނީ މިކަމުގެ ސަބަބުން ކަމަށާއި ހިތާމައަކީ ފަރުދުންނާއި ރިސޯޓުތަކުންވެސް ކުނި އަޅާތީކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބަކީ ފަތުރުވެރިކަން ކަމަށް ވާއިރު ، މުރަކައާއި ޖަޒީރާތަކުގެ ރީތިކަން ހޯދުމަށް އަންނަ ފަތުރުވެރިންނަށް ރައްޔިތުންގެ އިހުމާލުން މިކަންކަން ގެއްލި ރާއްޖޭގެ ރީތިކަން ނެތި ދިޔުމަކީ ވެދާނެކަމެއް ކަމަށާއި މިއީ ގައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އަސްލު ފެށެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގައުމުތަކުގެ މީހުން ކޯލް އަންދައިގެން ހަކަތަ އުފެއްދުމުން ، އެ ހަކަތައިން ޖައްވަށް ފޮނުވާ ވިހަ ގޭހުގެ ސަބަބުން ކަަމަށާއި ކުދި ޖަޒީރާތަކުގެ ވެއްޓަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާކަމަށެވެ.

" ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އަސްލު ފެށެނީ ދުނިޔޭގެ މާދުރުގައިވާ މީހުން ކޯލް އަންދައިގެން ހަކަތަ އުފައްދާތީ ، ހަކަތައިން ޖައްވަށް ފޮނުވާ ވިހަ ގޭހުގެ ސަބަބުން އަޅުގަނޑުމެންގެ ވެއްޓަށް ނޭދެވޭ އަސަރުކުރަމުން ދަނީ ، ކުދި ގައުމުތަކުގެ ލިސްޓުގައި ހިމެނޭ 48 ގައުމުން 1 އިންސައްތައިގެ ވިހަ ގޭހެއް ޖައްވަށް ނުފޮނުވާ ، އެހެން ވެ އިންސާފަށް ނިކުމެ ފުދިއްޖޭ ބުނަންޖެހެނީ " މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ވޯކްޝޮޕުގެ މަގްސަދަކީ ދުނިޔޭގެ ޖައްވު ހޫނުވުމާއި ގުޅިގެން ކުރެވިދާނެކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުންކަމަށެވެ. ބައިނަލްއަގްވާމީ މަޝްރަހުގައި ބާއްވާ ކްލައިމޭޓް އެކި ފޯރަމްތަކުގައި ބައިވެރިވަނީ އިންސާފު ހޯދުމުގެ އިތުރުން ޖަޒީރާ ގައުމެއްގެ ގޮތުގައި ދެމިތިބުމަށް ކަމަށެވެ. 2030 އަންނައިރު ދުނިޔޭގެ އެވެރޭޖް ޓެމްޕަރޭޗަރ މަތި ވުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށާއި ބޮޑެތި ގައުމުތަކުން ކުރާ ކަންތައް ހުއްޓުވައި ރާއްޖެ ސަލާމަތްކުރުމަށް އޮތީ އެންމެ 12 އަހަރު ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކްލައިމެޓް ޑިޕްލޮމެސީ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެ ހާސިލް ކުރަން ބޭނުންވާ ކަންކަން ކުރަން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އިންސާނިއްޔަތައްޓަކައި މިއީ ރާއްޖެއިން ކުރަންޖެހޭ ކަމެއްކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2017

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރެވޭނީ ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން: މިނިސްޓަރު ތޯރިގް

16 ނޮވެމްބަރު 2017
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރެވޭނީ ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން: މިނިސްޓަރު ތޯރިގް
17 އޮކްޓޯބަރު 2017

ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު

17 އޮކްޓޯބަރު 2017
ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ދަނީ ބާކީވަމުން: ރައީސް ނަޝީދު
09 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް

09 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންގެ މުސްތަގުބަލު އޮތީ ބައިނަލްއަގްވާމީ ދުނިޔޭގެ އަތްމަތީގައި: ރޮހިންޖާ ރައްޔިތެއް
26 ޖޫން 2017

ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް

26 ޖޫން 2017
ދުނިޔޭގެ މައްސަލަތަކަށް ހައްލު ހޯދުމަށް، ގުޅިގެން މަސައްކަތް ކުރުމަކީ ރާއްޖެއިން އަބަދުވެސް ތާއީދުކުރާ ކަމެއް: އާސިމް
23 މެއި 2017

ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ

23 މެއި 2017
ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ އަށް ދަރިވަރަކު ހިމެނިއްޖެ
27 އެޕްރީލު 2017

ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ

27 އެޕްރީލު 2017
ރައީސް ނަޝީދަކީ ދުނިޔޭގެ ފެންވަރުގެ ހީރޯއަކަށް ވާތީ، ރައީސް ޔާމީން ޖޭ ވަނީ: ރޮޒެއިނާ
10 މާރިޗު 2017

ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި

10 މާރިޗު 2017
ގްލުކޯމާ އަށް ހޭލުންތެރިކުރުމަށް ދުނިޔޭގެ ފުރަތަމަ "ގްލުކޯމާ ޑައިވް" ކޮށްފި
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް